Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާޓެޓާ ޤަބޫލު ކުރާ ގޮތުގައި ލީގު ކާމިޔާބު ކުރާނެ ފޭވަރިޓުންނަކީ ސިޓީ

24 ޖެނުއަރީ 2023 | އަންގާރަ 02:20

އާޓެޓާ ބުނީ އާސެނަލް މިހާރު އޮތް ހިސާބުގައި އެ ޓީމު އޮތީ ކީއްވެގެންކަން ވެސް އިނގޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖެނުއަރީ 2023 | އަންގާރަ 02:20
ޕްރިމިއާ ލީގުގައި އާސެނަލް އިން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އާޓެޓާ

ޕްރިމިއާ ލީގުގައި އާސެނަލް އިން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އާޓެޓާ

އަދިވެސް ޤަބޫލު ކުރަނީ މި ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބުކުރާނެ ފޭވަރިޓުންނަކީ މެންޗެސްޓަރ ސިޓީ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެއް ވަނައިގައި އާސެނަލް އިން ލީޑު ހިފެހެއްޓި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މި ސީޒަންގައި އާސެނަލްގެ ފަރާތުން ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މިފަހަރުގެ ލީގު ކާމިޔާބުކުރާނީ އާސެނަލް އިންނެވެ. ނަމަވެސް އާޓެޓާ ޤަބޫލު ކުރަނީ ސިޓީ އަކީ ފޭވަރިޓުން ކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އޭނާ އަށް އާސެނަލް ޓީމު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ޓީމު މިހާރު އޮތީ ކޮން ހިސާބެއްގައިކަން ވެސް އެނގޭ ކަމަށެވެ. މީގެއިތުރުން އާސެނަލް މިހާރު އޮތް ހިސާބުގައި އެ ޓީމު އޮތީ ކީއްވެގެންކަން ވެސް އެނގޭ ކަމަށާއި، އާސެނަލް އޮންނަން ބޭނުންވާ ހިސާބު ވެސް އެނގޭ ކަމަށެވެ. އަދި އެހާ ހިސާބަށް ދިޔުމަށް އަދި އޮތީ ދުރު ރާސްތާއެއް ކަމަށެވެ. އިތުރަށް އޭނާ ބުނީ ޕްރިމިއާ ލީގުގައި ވާދަކުރާ އެހެން ޓީމުތަކުގެ ފެންވަރު ވެސް އޭނާ އަށް އެނގޭ ކަމަށެވެ. ޚާއްސަކޮށް ފާއިތުވި ފަސް އަހަރު ނުވަތަ ހަ އަހަރު ލީގު ކާމިޔާބުކޮށްފައިވާ ޓީމުތަކުގެ ފެންވަރު އެނގޭ ކަމަށެވެ.

އާޓެޓާ ބުނީ އޭނާ އުންމީދު ކުރަނީ އާސެނަލްގެ ކުޅުންތެރިން އެމީހުންނަކީ ޗެމްޕިއަނުންގެ ގޮތުގައި ނުދެކުން ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިންނަކީ ވަރަށް ރަނގަޅު ކުޅުންތެރިން ތަކެއް ކަމަށާއި، ޚާއްސަކޮށް ބޮޑެތި ޓީމުތަކާ ދެކޮޅަށް ވެސް ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ އެކަމުގެ ވާހަކަތައް ކުޅުންތެރިންނާ ފާއިތުވި ތިން ވަރަކަށް ދުވަހުގެ ތެރޭގައި ދައްކާފައިވާނެ ކަމަށާއި، އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން އެނގޭ ކަމަށެވެ. އެގޮތުން އާސެނަލް މިހާރު އޮތް މަގާމަށް އާދެވުނީ ކިހިނެއްކަން އެނގޭ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.

ލީގުގައި އާސެނަލަށް ދެން އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން މި މަހުގެ 28 ދުވަހު އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އެ ޓީމު ނުކުންނާނީ ވާދަވެރި ސިޓީއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް