Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުން

ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގެ ޓޫރިޒަމްގެ މުޅިން އައު އިންގިލާބީ ބާބެއް: މައުސޫމް

ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫއަކީ ތިލަދުންމަތީގެ އިތުރުން މާލޭގެ އުތުރުގެ ހުރިހާ ހިސާބަކަށް ވެސް ހިނިތުންވުން ގެނުވާނެ ޕްރޮޖެކްޓެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖެނުއަރީ 2023 | ހޯމަ 02:06
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ހަނިމާދޫ އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އައު އިންގިލާބީ ބާބެއްގެ ފެށުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫއަކީ ތިލަދުންމަތީގެ އިތުރުން މާލޭގެ އުތުރުގެ ހުރިހާ ހިސާބަކަށް ވެސް ހިނިތުންވުން ގެނުވާނެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ދަތުރުތައް ފެށުމުން ވަރަށް ގިނަ އެއަރލައިންތަކުން އެ ސަރަހައްދަށް ދަތުރު ފަށާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މައުސޫމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކަންކަން ކުރައްވަނީ ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ. އެކަން މިހާރު ރައްޔިތުންވެސް ގަބޫލު ކުރާ ކަމަށާއި ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށްދަނީ ވަރަށް ރޭވުންތެރިކަމާއި ތަރުތީބުކަމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ހަނިމާދޫ އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގެ އަދަދުތައް އިތުރު ކުރުމަށް ތިލަދުންމަތީގައި ޓޫރިސްޓް އެނދު އިތުރު ކުރުން މުހިންމެވެ. އެގޮތުން، 8000 އެނދު ތަރައްގީ ކުރަން ޖެހޭނެ ކަމަށާއި މިހާރު ރާވާފައިވަނީ އޭގެ ތެރެއިން 4000 އެނދު ރިސޯޓަކުން ހޯދަން ކަމަށެވެ. އަދި ބާކީ 4000 އެނދު ގެސްޓު ހައުސްތަކާއި ހޮޓަލާއި ކްރޫޒްލައިނާތަކުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އަންނަނީ މިހާރު ވެސް ރާއްޖޭގެ އެންމެ އުތުރަށް ކްރޫޒް ޓޫރިޒަމް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހަނިމާދޫ އެއަރޕޯޓަކީ ރާއްޖޭގެ ޓޫރިޒަމްގެ އައު ބާބެއްކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ މާލެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވެގެންދިޔަ ގޮތް ހަނިމާދޫ އެއަރޕޯޓާއެކު ނަކަލުވެގެން ދާނެ ކަމަށެވެ. އެއާއެެކު އެ ސަރަހައްދުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ފައިދާ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ ރާއްޖޭގައި މާލެއިން ބޭރުގައި މިހާތަނަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު