Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފަހު މިނެޓުގެ ލަނޑުން މޮޅުވެ އާސެނަލް ލީޑް އަނބުރާ ހޯދައިފި

އާސެނަލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާއެކު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 ޖެނުއަރީ 2023 | ހޯމަ 02:24
މެޗަށްފަހު ގަބްރިއެލް އަދި އެދީ އެންކެޓިއާ

މެޗަށްފަހު ގަބްރިއެލް އަދި އެދީ އެންކެޓިއާ

2-2 ން މެޗު އެއްވަރުވާން ދަނިކޮށް, މެޗުގެ އެންމެ ފަހު މިނެޓުގައި ލަނޑު ޖަހާ އާސެނަލްއިން އެއް ވަނައިގައި އަލުން ބޮޑު ލީޑެއް ދަމަހައްޓައިފިއެވެ.

އާސެނަލްގެ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދީ 3-2 ނެވެ. މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. އެއީ މާކަސް ރަޝްފޯޑްގެ ލަނޑުންނެވެ. އެކަމަކު އެ ލީޑު ދެމިއޮތީ އެންމެ ހަ މިނެޓެވެ. އެޑްވާޑް އެންކެޓިއާ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަދި ދެ ވަނަ ހާފް ފަށައިގެން އަށް ވަނަ މިނެޓުގައި ބުކާޔޯ ސަކާ ލަނޑުޖަހާ އާސެނަލްއަށް ކުރި ހޯދައިދިނެވެ. ލިސަންޑްރޯ މާޓިނޭޒްގެ ލަނޑުން މެންޗެސްޓަރ ޔުނައިޓެޑް ނަތީޖާ ހަމަހަމަކުރުމުން މެޗު އެއްވަރުވާނެކަމަށް ވަރަށްބޮޑަށް ބެލެވުނެވެ. އެކަމަކު މިސީޒަންގައި ތަފާތު ރޫހެއްގައި ކުޅެމުން އަންނަ އާސެނަލްއިން ވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަތީޖާ އަނބުރާލާފައެވެ. 90 ވަނަ މިނެޓުގައި ޓީމް މޮޅުކޮށްދިނީވެސް ފުރަތަމަ ލަނޑު ޖެހި އެޑްވާޑް އެންކެޓިއާއެވެ.

މި މޮޅާއެކު އާސެނަލް ވަނީ އެއް ވަނައިގައި އެ ޓީމް އަތުގައި އޮތް ފަސް ޕޮއިންޓުގެ ލީޑް ގެއްލުނަ ނުދީ ހިފަހައްޓާފައެވެ. މެންޗެސްތަރ ޔުނައިޓެޑް ބަލިވުމުން ދެ ވަނައިގައި އޮތް ސިޓީއާ ދެމެދުގެ ފަރަގު ވަނީ ހަ ޕޮއިންޓަށް ފުޅާވެފައެވެ. އަދި މިހާރު ވަނީ ހަތަރު ވަނައަށް ސޮއްސާލާފައެވެ. އެއީ ތިން ވަނައިގައި އޮތް ނިއުކާސަލްއާ އެއް އަދަދަކަށް ޕޮއިންޓު ލިބި, ގޯލްގެ ތަފާތުންނެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު