Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާތީ، މުއްދަތެއް ނެތް ގޮތަށް ފީފާއިން ސްރީލަންކާ ސަސްޕެންޑްކޮށްފި

ފީފާގެ ގަވާއިދުގެ 16 ވަނަ އާޓިކަލްގެ ދަށުން، ހޮނިހިރު ދުވަހުން ފެށިގެން އެ ފެޑެރޭޝަން ވަނީ ސަސްޕެންޑްކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2023 | އާދީއްތަ 13:15
ފީފާގެ ރައީސް އިންފަންޓީނޯއާއި ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް

ފީފާގެ ރައީސް އިންފަންޓީނޯއާއި ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން އަވައްޓެރި ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) ސަސްޕެންޑްކޮށްފިއެވެ.

ފީފާއިން ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފައި ވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެއެވެ. ފީފާގެ ސެކްރެޓަރީ ޖެނެރަލް ފާތިމާ ސަމޫރާ ސޮއި ކުރައްވައި ފޮނުވި ސިޓީގައި ވަނީ، އެ ފެޑެރޭޝަން ސަސްޕެންޑްކޮށްފައި ވާކަމަށެވެ. މީގެ އިތުރުން އެ ސިޓީގައި ވިދާޅުވީ، ފީފާގެ މެމްބަރަކަށް ވުމަށް ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެފައި ނުވާކަމަށެވެ. އެކަން ފީފާ ކައުންސިލަށް ސާބިތުވެފައިވާ ކަމަށާއި، ފީފާގެ ގަވާއިދުގެ 16 ވަނަ އާޓިކަލްގެ ދަށުން، ހޮނިހިރު ދުވަހުން ފެށިގެން އެ ފެޑެރޭޝަން ސަސްޕެންޑުކޮށްފައި ވާކަމަށެވެ. މީގެ އިތުރުން އެ ސިޓީގައި ވިދާޅުވީ، ސަސްޕެންޝަނުގެ ސަބަބުން ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި އެ ގައުމަށް ވާދަނުކުރެވޭނެ ކަމަށާއި، އެހެނިހެން އިތުރު ހަރަކާތްތަކެއްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ފީފާއިން ވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވުމުން، ދާދި ފަހުން އަވައްޓެރި އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަންވެސް ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމުން، އެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
19 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު