Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ މަސްރަހު

ރައީސް ޔާމީނާ މައްސަލައެއް ނެތް، ސިޔާސީ މަސައްކަތްކުރަނީ އެމްޑީޕީއާއެކު: ރައީސް ނަޝީދު

22 ޖެނުއަރީ 2023 | އާދީއްތަ 13:30

ނަޝީދު ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި ހުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫންކަަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖެނުއަރީ 2023 | އާދީއްތަ 13:30
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެންފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެންފައި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ މައްސަލަ އެއް ނެތްކަމަށާއި، ނަމަވެސް ސިޔާސީ މަސައްކަތްކުރައްވާނީ އެމްޑީޕީއާ އެކުގައިކަަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް މީހަކު ޖަލުގައި ހުރުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަަމަށެވެ. އަދި ރައީސް ޔާމީނާ އެމަނިފާނާ ހުރިހާ ކަމެއް އެއްގޮތްކަމަށް ވިދާޅުވެފައި ނުވާނެ ކަމަަށްވެސް ވިދާޅުވިއެވެ. ހަމައެހެންމެ ޔާމީނުގެ ވެރިކަމުގައި ހިންގާފައިހުރި "އަންޑިމޮކްރެޓިކް" ކަންކަމަކީ ވަރަށް ދެރަކަންކަން ކަން ފާހަގަކުރައްވައި، އެކަންކަން ބަލައިނުގަންނަވާ ކަަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަބަދުވެސް ސިޔާސީ މަސައްކަތް ކުރައްވާނީ ހަމައެކަނި އެމްޑީޕީއާ އެކުގައި ކަމަށާއި، އެ ނޫން ގޮތަކަށް ވިސްނުން ނުގެންގުޅުއްވާ ކަަަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެެ.

Advertisement - newsAdvertisement

ރައީސް ނަޝީދު އެފަދައިން ވިދާޅުވިނަމަވެސް ރައީސް ޔާމީނާއެކު ކޯލިޝަން ހަދާފާނަންތޯ ނޫސްވެރިން ކުރި ސުވާލުގެ ސީދާ ޖަވާބުދެއްވާފައެއް ނުވެއެވެ. ބައެއް ސިޔާސީ ބޭފުޅުންނާއެކު އެމަނިކުފާނު އަބަދުވެސް މަޝްވަރާކުރެއްވުމަކީ އަބަދުވެސް ކުރައްވާ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ، އެމްޑީޕީއާއި ޕީޕީއެމްގެ މެނިފެސްޓޯގައި ބައެއް ތަފާތުތައް ހުރިކަން ފާހަގަކުރައްވާފައެވެ. އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީ، ކަންކަން މާނަކުރާ ގޮތްވެސް ތަފާތު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ގައުމިއްޔަތު ސިފަކުރުން ފަދަ ކަންކަމުގައި ދެ ޕާޓީގެ ޚިޔާލު ތަފާތުކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ، އިންޑިއާއާމެދު އިދިކޮޅު ޕީޕީއެމްއިން ދެކޭ ގޮތާއި އަމަލުތައް ބަހައްޓާ ގޮތަކީ، އެމަނިކުފާނާ އެ ޕާޓީއާ ދެމެދު އޮތް ހަމައެކަނި ހިތްހަމަނުޖެހުން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީނަކީ ގާބިލް ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީނަކީ ވިޝަނަރީ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާތީ، ރައީސް ޔާމީނާއި ޕީޕީއެމްއާއެކު ކޯލިޝަނެއް ހައްދަވާފާނެ ކަމުގެ ބިރު ހީވާކަމަށް ޑިފެންސް މިނިސްޓަރާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ހުކުރު ދުވަހު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް