Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޑޮންބަސްގެ ބޭރުން އެހެން ސަރަހައްދުތަކަށް ރަޝިއާއިންދޭ ހަމަލާތައް އިތުރުކޮށްފި

ޔޫކްރެއިންގެ އިރުއުތުރުން ރަޝިއާއާ ބޯޑަރު ހިއްސާކުރާ އެގައުމުގެ ސުމީ ރީޖަނަށް ރަޝިއާއިން ދެމުންދާ ހަމަލާތައްވެސް ވަނީ އިތުރުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 ޖެނުއަރީ 2023 | އާދީއްތަ 08:34
ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގެ ބޭރުން އިތުރު އެހެން ސަރަހައްދުތަކަށްދޭ ހަމަލާތައް އިތުރުކޮށްފި

ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގެ ބޭރުން އިތުރު އެހެން ސަރަހައްދުތަކަށްދޭ ހަމަލާތައް އިތުރުކޮށްފި

ރަޝިއާއިން ޔޫކްރެއިންގެ އިރުމަތީ ޑޮންބަސްގެ ބޭރުން އިތުރު އެހެން ސަރަހައްދުތަކަށްދޭ ހަމަލާތައް އިތުރުކޮށްފައިވާކަމަށް ޔޫކްރެއިންގެ އޮފިޝަލުން މައުލޫމާތުދީފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ މިފަހުން އެގައުމުން ދިން ހަމަލާތަކަށްފަހު ޒެޕޮރީޒިއާގައި އެގައުމުގެ އަސްކަރިއްޔާއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ބުނެފައެވެ. ނަމަވެސް ޔޫކްރެއިނުން ބުނަނީ އެސަރަހައްދުގައި ރަޝިއާއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ހަނގުރާމަ ބޮޑަށް ހޫނުވެގެންދިޔައީ އިރުމަތީ ޔޫކްރެއިންގެ ޑޮންބަސް ސަރަހައްދުގައެވެ. މިއީ ލުހާންސްކް އަދި ޑޮނެސްކް ހިމެނޭ ސަރަހައްދެވެ. މިދެސަރަހައްދުގެ ކޮންޓްރޯލް ނަގައި މި ދެސަރަހައްދަކީ ރަޝިއާގެ ބެލުމުގެ ދަށުގައި އޮތް މިނިވަން ދެ ސަރަހައްދުކަމަށް ރަޝިއާއިން ދަނީ ބުނަމުންނެވެ.

ފެބްރުއަރީ 24، 2022 ގައި ފެށުނު ހަނގުރާމާގައި ޑޮންބަސް ހިފުމަށްފަހު އިރުމަތީ ޔޫކްރެއިންގެ އިތުރު ސަރަހައްދުތައް ހިފުމުގެ މަސައްކަތް ރަޝިއާއިން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެގައުމުގެ އެހެން ސަރަހައްދެއް ރަޝިއާއަށް ހިފިފައެ ނުވެއެވެ.

ރަޝިއާއިން ޔޫކްރެއިންގެ އެހެން ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެފައި މިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިއާއިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރަން ރާވާފައިވާކަމަށް ޔޫކްރެއިން ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޔޫކްރެއިންގެ އޮފިޝަލުންނާ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާގޮތުގައި ރަޝިއާގެ ހަމަލާތައް މިހާރު ހުރީ ޔޫކްރެއިންގެ ދިފާއަށް ކެތްނުވާވަރަށް ހަމަލާތައްދީ އެގައުމުން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް އަނބުރާ ހޯދުމުގެ ފުރުސަތު ޔޫކްރެއިނަށް ނުދިނުމެވެ.

ޒެޕޮރީޒިއާގެ ގަވަރުނަރު، އޮލެކްސެންޑްރް ސްޓަރުޚް ވަނީ ރަޝިއާއިން ވަނީ ޔޫކްރެއިންގެ ދިފާއު ފޫއަޅުވާލުމަށް ވައިގެ ހަމަލާތައް ދިނުން އިތުރުކޮށްފައިކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަޝިއާއިން އެއްދުވަހުގެ މަތިން އެސަރަހައްދަށް 166 ހަމަލާ ދީފައިވާކަމަށާއި އޭގެ ތެރެއިން 113 ހަމަލާއެއް އަމާޒުވެފައި ވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް ރަޝިއާއިން ދަނީ އެގައުމުގެ އަސްކަރިއްޔާއިން އާންމުންނަށް އަމާޒުކޮށް ހަމަލާނުދޭ ކަމަށް ބުނަމުންނެވެ.

ޒެޕޮރީޒިއާގައި ހަރަކާތްތެރިވާ އަސްކަރިއްޔާގެ އޮފިޝަލް ވިދާޅުވީ ރަޝިއާއިން އެސަރަހައްދަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވީ ނަމަވެސް އެސަރަހައްދުގެ އެއްވެސް ބަޔަކަށް ރަޝިއާއަށް އަރައިނުގަނެވޭކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ އޮފިޝަލުން ފާހަގަކުރާގޮތުގައި ރަޝިއާއިން ޒެޕޮރީޒިއާއަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ހޮނިހިރު ދުވަހު އެކަނިވެސް ދިން ވައިގެ ހަމަލާތަކުގައި އާންމުން ދިރިއުޅޭ 25 ސަރަހައްދަކަށް ވަނީ ގެއްލުންވެފައެވެ.

ޔޫކްރެއިންގެ އިރުއުތުރުން ރަޝިއާއާ ބޯޑަރު ހިއްސާކުރާ އެގައުމުގެ ސުމީ ރީޖަނަށް ރަޝިއާއިން ދެމުންދާ ހަމަލާތައްވެސް އިތުރުވެފައިވާކަން ޔޫކްރެއިންގެ އޮފިޝަލުން ފާހަގަކުރެއެވެ. ސުމީގެ ގަވަރުނަރި ޑްމިޓްރޯ ޒިވިޓްސްކީ ވަނީ ރަޝިއާއިން އެސަރަހައްދަށް 115 ހަމަލާ ފޮނުވާލާފައިވާކަމަށް މައުލޫމާތުދީފައެވެ. މިހަަމަލާތަކުގައި އެސަރަހައްދުގެ އާންމުން ދިރިއުޅޭ ގެތަކާއި އުމްރާނީ އިމަރާތްތަކަަށް ވަނީ ގެއްލުން ލިބިފައެވެ.

އިތުރަށް ކިޔާލަން

18 އޯގަސްޓު 2018

ކެރެލާގައި ފެންބޮޑުވި ސަރަހައްދުތަކަށް ބޮޑުވަޒީރު މޯދީ ވަޑައިގެންފި

18 އޯގަސްޓު 2018
ކެރެލާގައި ފެންބޮޑުވި ސަރަހައްދުތަކަށް ބޮޑުވަޒީރު މޯދީ ވަޑައިގެންފި
24 މާރިޗު 2018

އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!

24 މާރިޗު 2018
އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!
11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
16 ނޮވެމްބަރު 2017

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
14 ނޮވެމްބަރު 2017

އެހެން ޕާޓީތަކަށް ތާޢީދުކުރާނަމަ ފިޔަވަޅު އަޅާނަން: ފްރީޑަމް ޕާޓީ

14 ނޮވެމްބަރު 2017
އެހެން ޕާޓީތަކަށް ތާޢީދުކުރާނަމަ ފިޔަވަޅު އަޅާނަން: ފްރީޑަމް ޕާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު