Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނީ ބަހުގެ ޚިދުމަތް

މިއަދުން ފެށިގެން ރޭގަނޑު 12ގެ ފަހުން ފެރީ އޮންނަ ގަޑިއަށް ވިލިމާލޭގައި ބަހުގެ ޚިދުމަތް ލިބޭނެ: އާޒިމް

ބަހުގެ ޚިދުމަތަށް ރައްޔިތުންގެ ތަރުހީބު ބޮޑު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޖެނުއަރީ 2023 | އާދީއްތަ 07:10
ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުން

ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުން

އާދިއްތަ ދުވަހުން ފެށިގެން ރޭގަނޑު 12ގެ ފަހުން ފެރީ އޮންނަ ގަޑިއަށް ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ 00:00 ފެށިގެން ފަތިހު 05:30އާ ހަމައަށް ކޮންމެ ގަޑިއިރަކު ބަހުގެ ޚިދުމަތް ދޭން ނިންމީ ވިލިމާލޭގެ ވަރަށް ގިނަ ރައްޔިތުން އެކަމަށް އެދުމުންދާތީ ކަމަށެވެ.

ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ހުކުރު ދުވަހު ފަށާފައިވާއިރު ފުރަތަމަ ދުވަހު 460 މީހުން ދަތުރުކުރި ކަމަށާއި ދެވަނަ ދުވަހު 1700 މީހުން ދަތުރުކުރި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ބަހުގެ ޚިދުމަތަށް ރައްޔިތުންގެ ތަރުހީބު ބޮޑުކަމަށް ވިދާޅުވިއެވެ.  

ވިލިމާލޭގައި މިހާރު ޓްރަޔަލް ދަތުރުތައް ކުރިއަށްދާއިރު ރޫޓްތައް ރަނގަޅުތޯ އާއި ވަގުތު ރަނގަޅުތޯ ވެސް ބައްލަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ބަހުގެ ޚިދުމަތާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާދިއްތަ ދުވަހު ސަރވޭ ފޯމްތައް ބަހާނެކަން ފާހަގަކުރައްވާ އާޒިމް ވަނީ ވީހާ ވެސް ގިނަ ރައްޔިތުން އެ ފޯމްތައް ފުރުމަށް އެދިވަޑައިގެންފައެވެ.  

ވިލިމާލޭގައި ފަށާ ބަހުގެ ޚިދުމަތަށް ފުރަތަމަ ދެހަފުތާގައި އަގު ނުނަގާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ޚިދުމަތް ފަށާފައި ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރް.ޓީ.އެލްގެ ބަހުގެ ޚިދުމަތް މާލެ ސިޓީއަށް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ވިލިމާލޭގައި އެ ކުންފުނިން ބަހުގެ ޚިދުމަތުގައި ބޭނުންކުރަނީ ތިމާވަށްޓާއި ރައްޓެހި 6 އިލެކްޓްރޮނިކް ވެހިކަލް ނުވަތަ އީވީ ބަހެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މީގެ އިތުރުން 4 މީހުން ނަށް ކޮޅަށްތިބެވޭ ނެ ޖާގަވެސް އޮންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެހެންކަމުން ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެކަން އެމްޓީސީސީ އިން ފާހަގަކުރެއެއެވެ.

ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކޮށްފައިވާއިރު ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ޚިދުމަތެއް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރާކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެމް.ޓީ.ސީ.ސީއިން މި ބަސްތައް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް އެމްޓީސީސީން ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ. އެކުންފުނިން ވަނީ 4 ހަފުތާ ވަންދެން މާލޭގައި ހިލޭ މި ޚިދުމަތް ފޯރުކޮށްދީފައެވެ. މި ޚިދުމަތް ވެފައިވަނީ އާންމުން ވަރަށް ބޮޑަށް ބަލައިގަތް ޚިދުމަތަކަށެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތުގައި ޖުމްލަ 18 ބަހެއް އެމްޓީސީސީން ދަނީ ބޭނުން ކުރަމުންނެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
01 މެއި 2017

ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

01 މެއި 2017
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް
01 މެއި 2017

އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި

01 މެއި 2017
އެއާރޕޯޓް ފެރީގެ ޓިކެޓްގެ އަގު ބޮޑު ކޮށްފި
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު