Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑްގެ ހާލަތުން އަރައިގަތުން

ކޮވިޑްގެ ހާލަތަށް ރައީސް ދެއްވި އިޖާބައިގެ ފުރިހަމަކަމުގެ ވާހަކަ މަބްރޫކްގެ ދުލުން

މަބްރޫކް ވަނީ ރައީސް ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޖެނުއަރީ 2023 | ހޮނިހިރު 13:07
ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މަބްރޫކް އަޒީޒް އާއްމުންނަށް ފާހަގަވި މޫނަކަށްވީ ކޮވިޑް-19 ގައި ސަރުކާރުގެ މޫނުބަލާ ލޯގަނޑުގެ ގޮތުގައި އާއްމުންނާއި ކުރިމަތިލެއްވި ހިސާބުންނެވެ. ކޮންމެ ރެއަކު އާއްމުންނާއި ކޮވިޑްގެ އަޕްޑޭޓްތަކާއި އެކު ބައްދަލުކުރެއްވި މަބްރޫކް އަކީ އެންމެ ކައިރިން ރާއްޖޭގެ ކޮވިޑްގެ ހާލަތު ދެކިލެއްވި އެއް ބޭފުޅަކަށް ވާނެއެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވި ރައީސް ޞާލިހު ގެ ކެމްޕެއިން ޖަލްސާގައި މަބްރޫކް ވަނީ ކޮވިޑްގެ ދުވަސްވަރު ރައީސް ދެއްކެވި ހިއްވަރާއި ހިންގުންތެރިކަމަށް ތައުރީފްކުރައްވާފައެވެ.

މުޅި ދުނިޔެ ގަޑުބަޑުކޮށްލި ކޮވިޑްގެ ބަލިމަޑުކަމާއި ކުރިމަތިލެއްވުމުގައި ގައުމު ފުރަބަންދުކުރުން ފަދަ ދަތި އުނދަނގޫ ނިންމެވުންތައް ރައީސް ނިންމެވީ އުނދަނގުލާއި އެކު ވެސް އާއްމުންގެ ކުރިމަގު އިސްކުރައްވައިގެންކަން މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ. ކޮވިޑް-19ގެ ކަންތަކުން އިރާދަކުރެއްވިއްޔާ އަރައިގަނެވި  މިއަދާ ހަމައަށް އައުމުގައި ރައީސް އެ ދުވަހު ނިންމެވި ހައްސާސް ނިންމުންތައް އަދާކުރާ މުހިންމު ދައުރު އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ދުވަހު ޤައުމު ފުރަބަންދު ނުކުރި ނަމަ ރާއްޖޭގެ އަވަށްޓެރި އެހެން ޤައުމުތައް ފަދައިން މިއަދު އޮންނަން ޖެހޭނީ އިގްތިސާދީ ހީނަރުކަމެއްގެ ތެރޭގައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން އަވަށްޓެރި ގައުމުތައް އޮތް ހާލަށް ބަލާއިރު، ރާއްޖެ ކަހަލަ ގައުމަކަށް ކޮވިޑުން އަރައިގަނެވިފައިވަނީ އިއްތިފާގަކުން ނޫންކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

ކޮންމެ ރެއަކު ކެބިނެޓްގެ ބޭފުޅުންނާއި ކޮވިޑްގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ބޭފުޅުންނާއި ސިލްސިލާކޮށްބޭއްވި ބައްދަލުވުންތަކުން ރައީސް ދެއްކެވީ ހިއްވަރާއި ކެތްތެރިކަން ކަަމަށް މަބްރޫކްގެ ވާހަކަތަކުން ފާހަގަވިއެވެ. ކޮންމެ ރެއަކުމެ ވަރުބަލިކަމެއް ނެތި އެ އަޑުތައް އެއްސެވީ ރައްޔިތުންގެ ކުރިމަގު އިސްކުރައްވާ ގައުމު އާރާސްތުކުރެއްވުމުގައި ވަރުބަލިކަމެއް ނެތި ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް ވެސް މަބްރޫކްގެ ވާހަކަތަކުން އެނގުނެވެ. އެ ހާލަތުގައި ރައީސް ދެއްކެވި ހިއްވަރު ސިފަކުރައްވާ މަބްރޫކް ވިދާޅުވީ " ރައީސަކީ ޓީމް ކެޕްޓަނެއް" ކަމަށެވެ. އެކުގައި މަސައްކަތް ކުރާ މީހުންގެ އަޑު އެެއްސެވުމާއި ހިއްވަރުދިނުމުގައި އެމަނިކުފާނު ދައްކަވާ ނަމޫނާ މަބްރޫކް ފާހަގަކުރެއްވީ ފަޚުރުވެރިކަމާއި އެކުގައެވެ.

މީގެ އިތުރުން މަބްރޫކް ވަނީ މަޝްވަރާކުރުމުގެ ރިވެތި ސިފަ އަކީ ރައީސްގެ އެންމެ ކަމުދާ ސިފަކަމަށް ފާހަގަކުރައްވާފައެެވެ. އަދި ރައީސް އަށް ތާއީދުކުރައްވަން ނިންމެވީ އެމަނިކުފާނަކީ އެންމެންނާއި އެކުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި ބޭފުޅަކަށްވުމުން ކަަމަށް ވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ ކަމުދާ ސިފަޔަކީ ޚިޔާލު ތަފާތުވިޔަސް ވާ އަހުދުތައް ފުއްދާދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވަނީ ރައީސް ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ރައީސް އަކީ ބަހުގެ އިތުބާރު ހިފޭ ބޭފުޅެއް ކަމަށާއި ވައުދެއް ވެއްޖެ ނަމަ އެކަން ރައީސް ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރައީސް އަކީ އަޑު އައްސަވާ ކެތްތެރި ބޭފުޅެއް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޞާލިހުގެ އެންމެ ކަމުދާ އަނެއް ސިފަޔަކީ އެމަނިކުފާނަކީ ޓީމް ލީޑަރެއް ކަަމަށް ވުން ކަމަށާއި އެމަނިކުފާނަކީ ޓީމް ކެޕްޓަން ކަމަށް މަބްރޫކް ވަނީ ސިފަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު