Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލްގެ ޤައުމީ ޓީމު

ހުސްވެފައިވާ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވުމަށް އެންރީކޭއާ ވާހަކަ ދައްކަނީ

ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރީގޭސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޔޫރަޕަށް ދަތުރުކުރައްވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2023 | އާދީއްތަ 02:45
ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ

ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ

ހުސްވެފައިވާ ބްރެޒިލް ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ލުއިސް އެންރީކޭއާ ވާހަކަ ދައްކައި، މަޝްވަރާކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 52 އަހަރުގެ އެންރީކޭ އެންމެ ފަހުން ހުރީ ސްޕެއިން ޤައުމީ ޓީމުގެ ކޯޗުކަމުގެ މަޤާމުގަ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އިން ސްޕެއިން ކެޓުމާއެކު އެންރީކޭ ވަނީ މަގާމުން ވަކިވެފަ އެވެ. ވޯލްޑް ކަޕަށްފަހު އެންރީކޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް އޭރު މީޑިއާ ރިޕޯޓުތައް ބުންޏެވެ. ނަމަވެސް މިހާތަަނަށް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ ކޯޗުކަމުގެ މަޤާމު ވެސް ހުސްވީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން އެ ޓީމު ކެޓުމާއެކު އެވެ. އެ ނަތީޖާއާއެކު ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދިންއިރު، ވޯލްޑް ކަޕްގެ ކުރިން ވެސް އޭނާ ވަނީ މުބާރާތަށްފަހު މަޤާމުން ވަކިވާނެ ކަމަށް ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރީގޭސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޔޫރަޕަށް ދަތުރުކުރައްވާނެ އެވެ. އެ ދަތުރުގައި އެ ފެޑެރޭޝަނުން ބްރެޒިލްގެ ކޯޗުކަމަށް ގެންނަން ބޭނުންވާ ފަރާތްތަކާ މަޝްވަރާކޮށް، ވާހަކަ ދައްކާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ކުރިން ބާސެލޯނާ އަށް ވެސް ކޯޗުކަން ކޮށްދިން އެންރީކޭ އަކީ އެ ފެޑެރޭޝަންގެ ލިސްޓުގައި ހިމެނޭ އެއް ފަރާތެވެ. އެންރީކޭގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދެމުން އަންނަ ކާލޯ އަންޗެލޮޓީ އަކީ ވެސް ބްރެޒިލް ފެޑެރޭޝަންގެ ލިސްޓުގައި ހިމެނޭ ފަރާތެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އަންޗެލޮޓީ ވަނީ ރެއާލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވަންދެން އެ ކުލަބުގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ.

ހަމައެއާއެކު ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން އަންނަނީ އެ ޤައުމުގެ ޤައުމީ ޓީމަށް ކޯޗަކު ހަމަޖައްސައި ކުރިއަށް އޮތް ކޮޕާ އެމެރިކާ މުބާރާތަށް ތާއްޔާރުވުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މީޑިއާތަކުގައި ބުނެފައިވެ އެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ބްރެޒިލްގެ އައު ރޮނާލްޑޯ އަކީ ގެބްރިއެލް ޖީސަސް: އަލްވޭސް

14 ނޮވެމްބަރު 2017
ބްރެޒިލްގެ އައު ރޮނާލްޑޯ އަކީ ގެބްރިއެލް ޖީސަސް: އަލްވޭސް
10 ނޮވެމްބަރު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

10 ނޮވެމްބަރު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!
01 ނޮވެމްބަރު 2017

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

01 ނޮވެމްބަރު 2017
ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ
07 އޮކްޓޯބަރު 2017

މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ

07 އޮކްޓޯބަރު 2017
މި ސީޒަނުގެ ނިޔަލަށް ބަޔާންގެ ކޯޗުކަމާ ރަސްމީކޮށް ހެއިންކޭޒް ހަވާލުވެއްޖެ
05 އޮކްޓޯބަރު 2017

ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި

05 އޮކްޓޯބަރު 2017
ބްރެޒިލްގެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު