Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ދާއިމީ އެއްބަސްވުމެއްގެ ދަށުން ޓްރޮސާޑް އާސެނަލަށް

ޓްރޮސާޑް އާސެނަލަށް ބަދަލުވީ ގާތްގަނޑަކަށް ޖުމުލަ 27 މިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2023 | ހޮނިހިރު 05:58
ޓްރޮސާޑް - އާސެނަލްގެ ޖަރޒީއަކާއެކު

ޓްރޮސާޑް - އާސެނަލްގެ ޖަރޒީއަކާއެކު

ބްރައިޓަނަށް ކުޅެމުން އައި ބެލްޖިއަމްގެ ފޯވާޑް، ލެއަންޑްރޯ ޓްރޮސާޑް ދާއިމީ އެއްބަސްވުމެއްގެ ދަށުން އާސެނަލަށް ބަދަލުވެއްޖެއެވެ.

އުމުުރުން 28 އަހަރުގެ ކުޅުންތެރިޔާ އާސެނަލަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުއެވެ. ޓްރޮސާޑް އާސެނަލަށް ބަދަލުވީ ގާތްގަނޑަކަށް ޖުމުލަ 27 މިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާގޮތުން ޕްރިމިއަރ ލީގުގައި އާސެނަލްއިން މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑަށް އޭނާ ނެގޭނެއެވެ.

ޓްރޮސާޑް ވަނީ ބްރައިޓަނަށް ކުޅެދިން 122 މެޗުގައި 25 ލަނޑު ޖަހާފައެވެ. ބްރައިޓަން ދޫކޮށް އޭނާ އާސެނަލަށް ބަދަލުވީއިރު، އެ ކުލަބާ ޓްރޮސާޑާ ދެމެދު މައްސަަލަތަކެއް ޖެހިފައި އޮތް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޓްރޮސާޑް އާސެނަލަށް ބަދަލުވުމާއެކު އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނީ، ޓްރޮސާޑުގެ ސޮއި ލިބި އޭނާ ކުލަބާ ގުޅުމަކީ އެ ކުލަބުގެ އެންމެންނަށްވެސް ލިބުނު އުފަލެއް ކަމަށެވެ. އާޓެޓާ ބުނީ ޓްރޮސާޑަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި، ޕްރިމިއަރ ލީގާއި ބައިނަލްއަގުވާމީ ފެންވަރުގައިވެސް އޭނާ އެކަން ސާބިތުކޮށްދީފައިވާކަމަށެވެ. މީގެ އިތުރުން އާޓެޓާ ބުނީ ޓްރޮސާޑާއެކު އާސެނަލްގެ ސްކޮޑު އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާނެ ކަމަށާއި، ސީޒަންގެ ބާކީ ބައިގައި އޭނާގެ އެހީތެރިކަން އާސެނަލަަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް 2020 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޓްރޮސާޑް ވަނީ ގައުމީ ޓީމަށް މިހާތަނަަށް ކުޅެދިން 24 މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

20 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު
10 ނޮވެމްބަރު 2017

ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް

10 ނޮވެމްބަރު 2017
ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް
29 އޯގަސްޓު 2017

ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި

29 އޯގަސްޓު 2017
ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި
22 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ

22 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ
19 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

19 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު