Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ރައީސް ޞާލިހު

ރައީސް ޞާލިހުގެ ކަމުދާ ސިފަޔަކީ ޚިޔާލު ތަފާތުވިޔަސް ވާ އަހުދުތައް ފުއްދާދިނުން: މަބްރޫކް

ސަރުކާރުން ހިލޭ ޑިގްރީ އަށް ކިޔަވާދޭން ފެށުމާއި އެކު ބިނާކުރަމުން ދަނީ ރާއްޖެ އަށް އުފަންވި އެންމެ ތައުލީމީ ޖީލުކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 ޖެނުއަރީ 2023 | ހުކުރު 17:19
ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މަބްރޫކް

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މަބްރޫކް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންމެ ކަމުދާ ސިފަޔަކީ ޚިޔާލު ތަފާތުވިޔަސް ވާ އަހުދުތައް ފުއްދާދިނުން ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ހުކުރު ދުވަހު ވާހަކަދައްކަވަމުންނެވެ. މަބްރޫކް ވަނީ ރައީސް ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ރައީސް އަކީ ބަހުގެ އިތުބާރު ހިފޭ ބޭފުޅެއް ކަމަށާއި ވައުދެއް ވެއްޖެ ނަމަ އެކަން ރައީސް ފުއްދަވާދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރައީސް އަކީ އަޑު އައްސަވާ ކެތްތެރި ބޭފުޅެއް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޞާލިހުގެ އެންމެ ކަމުދާ އަނެއް ސިފަޔަކީ އެމަނިކުފާނަކީ ޓީމް ލީޑަރެއް ކަަމަށް ވުން ކަމަށާއި އެމަނިކުފާނަކީ ޓީމް ކެޕްޓަން ކަމަށް މަބްރޫކް ވަނީ ސިފަކުރައްވާފައެވެ.

އެގޮތުން ކޮވިޑްގެ މާޔޫސްކަމާއި ބިރުވެރިކަމުގެ ތެރޭގައި ރައީސް ދެއްވި ހިއްވަރު ހަނދާން ނުނެތޭ ކަމަށާ އެއީ ރައީސް ޞާލިހު އަށް ތާއީދުކުރާ އެއް ސަބަބު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއަދު ކޮވިޑްގެ ހާލަތުން އަރައިގަނެ ހިންދެމިލާފައި ވާއިރު ރާއްޖެ ފިޔަވާ މި ސަރަހައްދުގެ އެހެން ގައުމުތައް އޮތް ހާލު ބަލާލުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ އޮތީ އެ ގައުމުތަކަށް ވުރެ ފަހަތަށް ގޮސްދާނެ ފަދަ ހާލަތެއްގައި ކަމަށާ މި ހިސާބަށް ކަންކަން އައީ އޭރު އެޅި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޞާލިހު އަކީ ރާއްޖޭގެ ރައީސުންގެ ތެރެއިން އެންމެ ގިނައިން ކައުންސިލް ތަކާއި ބައްދަލުކުރެއްވި ބޭފުޅާކަމަށް މަބްރޫކް ވިދާޅުވިއެވެ. ރައީސް އަކީ ޚިޔަލުތަފާތު ވިޔަސް އެ ބައެއްގެ އަޑު އައްސަވާ ބޭފުޅެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ރައީސް އަކީ ހިންގުންތެރި ދުރުވިސްނޭ ބޭފުޅެއް ކަަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ކޮވިޑް-19 ގެ ތެރޭގައި އެކަން ވަަރަށް ރަނގަޅަށް ފެނިގެން ދިޔަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭރު ރައްޔިތުންނާއި މުޚާތަބުކުރައްވާ ރައީސް ވާހަކަދެއްކެވި އިރު ރާއްޖޭގެ އެއްވެސް ރަށެއްގައި އެނދެއް ނެތިގެން ފަރުވާ ނުދެވި ނުދާނެ ކަމަަށާއި އެއްވެސް ރަށަކަށް ކާބޯތަކެތި ނުލިބި ނުދާނެ ކަަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަތައް އެގޮތުގައި ކުރިއަށްދާކަން ޔަގީންކުރެއްވި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކޮވިޑްގެ ތެރޭގައި ފުރަ ބަންދުކޮށް ފުރަތަމަ ހުޅުވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނީ ވިސްނުންތެރިކަމާއި އެކު ކުރި މަސައްކަތުގެ ތެރެއިން ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޭނާ އަށް ނޭނގޭ ކަމަށް ބުނެ ބައެއް މީހުން ފާޑު ކިޔާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ ތާރީހަށް ބެލުމުން އެކަކަށް އެކަނި ނުވަތަ އެއް ޕާޓީ އަކަށް 50% ވޯޓު ނުހޯދޭކަން އެނގެން އޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ތަފާތު ފިކުރާއި އެކު މަސައްކަތް ކުރެވޭނެ ފަރާތެއް ހޯދުން މުހިންމު ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޞާލިހުގެ ސަރުކާރުން ހިލޭ ޑިގްރީ އަށް ކިޔަވާދޭން ފެށުމާއި އެކު ބިނާކުރަމުން ދަނީ ރާއްޖެ އަށް އުފަންވި އެންމެ ތައުލީމީ ޖީލުކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު