Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގައި 12 އަށްވުރެ ގިނަ ޔޮޓް ބައިވެރިވާނެ: ރާއިދު

20 ޖެނުއަރީ 2023 | ހުކުރު 07:53

މެލޭޝިއާ އާއި ތައިލެންޑުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ޖެނުއަރީ 2023 | ހުކުރު 07:53
ސަވާދިއްތަ ދަތުރުގެ ފުރަތަމަ އެޑިޝަންގައި ނ. ލަންދޫ ފަޅުގައި ޔޮޓްތައް ބަނދަރުކޮށްގެން

ސަވާދިއްތަ ދަތުރުގެ ފުރަތަމަ އެޑިޝަންގައި ނ. ލަންދޫ ފަޅުގައި ޔޮޓްތައް ބަނދަރުކޮށްގެން

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގައި 12 އަށްވުރެން ގިނަ ޔޮޓް ބައިވެރިވާނެ ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ޔޮޓްތައް ބައިވެރިވެފައިވާއިރު މެލޭޝިއާ އާއި ތައިލެންޑުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

ޔޮޓްތައް ދަތުރުކުރާނެ ރަށްތައް ހޮވުމުގައި ވަރަށް ބަލާފައިވާނެ ކަމަށާއި އެގޮތުން ދަތުރުކުރަން ފަސޭހަ، ބަނދަރު ކުރަން ފަސޭހަ ރަށްތަކަށް ބަލާފައިވާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

މިއަހަރުގެ ސަވާދީއްތަ ދަތުރު އޮންނާނީ މަރޗް 1-18 އަށެވެ. މި ދަތުރު ފަށަން ނިންމާފައިވަނީ ނ. ލަންދޫއިންނެވެ.

މިފަހަރު 9 ރަށަކަށް ދަތުރުކުރާނެކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިލި ކަމަށެވެ.

މިފަހަރުގެ ތީމްގައި ރާއްޖޭގައި ކުޅޭ އެކި ކުޅިވަރުތަކާއި ރާއްޖޭގެ ކާބޯތަކެތި އިޝްތިހާރު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ފަތުރުވެރިންނަށް ވެސް ރާއްޖެ ތަޖުރިބާ ކުރެވޭނެކަން ދައްކުވައިދޭން ބޭނުންފުޅުވާކަމަށް ރާއިދު ވިދާޅުވިއެވެ.

މިއަހަރުގެ މަރޗް މަހު ބާއްވަން ތާވަލު ކޮށްފައިވާ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. މި ހަރަކާތް ތައާރަފު ކުރައްވައި ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ބަަލައިގެންފައިވާ މުހިންމު ދަތުރެއް ކަމަށެވެ. އަދި މާރޗް މަހު މި ދަތުރުތައް ބޭއްވުމަށް ނިންމީ މޫސުމަށް ބަލާފައި ކަމަށާއި އެ މަހަކީ މޫސުމީ ކަންކަަމަށް ބަލާއިރު އެންމެ ގިނަ ޔޮޓްތައް ރާއްޖެއަށް ބަނދަރު ކުރާ މުއްދަތު ކަމަށެވެ. ސަވާދީއްތަ ޕާސްޕޯޓަކީ ވެސް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުވިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގެ ކަންކަން މިހާރު ކުރިއަށްދާއިރު އެ ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަން ރާއިދު ފާހަގަކުރެއްވިއެވެ.

ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. މި ދަތުރުގެ ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މީގެ ސަބަބުން އެ ދަތުރުގެ ބައިވެރިން ދިޔަ ރަށްތައް ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
04 މާރިޗު 2017

700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ

04 މާރިޗު 2017
700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް