Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިޔާދު ސީޒަން ކަޕް

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މެޗު ޕީއެސްޖީ ކާމިޔާބުކުރީ 5-4 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 20 ޖެނުއަރީ 2023 | ހުކުރު 06:37
ޕީއެސްޖީން ޓްރޮފީއާއެކު އުފާފާޅުކުރަނީ

ޕީއެސްޖީން ޓްރޮފީއާއެކު އުފާފާޅުކުރަނީ

ރޮނަލްޑޯ ސައުދީ އަރަބިޔާއަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ޓީމް ބަލިވިޔަސް, ރޮނަލްޑޯ ވިދާލައިފިއެވެ.

ރިޔާދު ސީޒަން ކަޕްގައި ރިޔާދު ސީޒަން ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ނިކުތީ ރޮނަލްޑޯއެވެ. މެސީއާއި, ނޭމާ އަދި އެމްބާޕޭގެ އިތުރުން ސާޖިއޯ ރާމޯސްވެސް ހިމެނުނު ޕީއެސްޖީ ޓީމުން މެޗު ކާމިޔާބުކުރީ 5-4 ނެވެ. މެޗު ފަށައިގެން ލީޑް ނެގީ ޕީއެސްޖީންނެވެ. ނޭމާ ތަނަވަސްކޮށްދިން ފުރުޞަތަކުން ލަނޑު ޖެހީ މެސީއެވެ. އެކަމަކު 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރިޔާދު ޓީމަށް ރޮނަލްޑޯ ނަތީޖާ ހަމަހަމަކޮށްދިނެވެ. އެއީ ރޮނަލްޑޯއާއެކު ރެއާލްއަށް ކުޅުނު ކީޕަރު ކޭލާ ނަވާސް ރޮނަލްޑޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ޕީއެސްޖީން ދެވަނަ ފަހަރަށް ކުރިހޯދީ ކެޕްޓަން ކާކީނިއޯސް ޖެހި ގޯލުންނެވެ. ހާފް ނިމުމުގެ ކުރިން ޕީއެސްޖީއަށް ލީޑް ފުޅާކުރަން ރަނުގެ ފުރުޞަތެއް ލިބުނެވެ. އެކަމަކު ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ ނޭމާއަށް ފޮނުވާލެވުނީ ސައުދީ ގައުމީ ކީޕަރުގެ އަތަށެވެ. ނަތީޖާއަކީ ހާފް ނިމުމުގެ ކުރިން ރިޔާދު ސީޒަން ޓީމުން ނަތީޖާ ހަމަހަމަކުރުމެވެ. ނަތީޖާ ހަމަހަމަކޮށްދިނީވެސް ރޮނަލްޑޯއެވެ. މިއީ ސައުދީގެ އަލް ނަސްރަށް ބަދަލުވެ ކުޅުނު ފުރަތަަމަ މެޗެވެ.

ދެވަނަ ހާފް ފަށައިގެން ގިނައިރެއްނުވެ ޕީއެސްޖީ އަނެއްކާވެސް ލީޑް ނެގިއެވެ. ލީޑް ނަގައިދިނީ ރޮނަލްޑޯއާއެކު ރެއާލްއަށް ކުޅުނު ސްޕެއިން ޑިފެންޑަރ ސާޖިއޯ ރާމޯސްއެވެ. އެކަމަކު އެލީޑްވެސް ގިނައިރު ދެމިނޯތެވެ. ހިޔުން ސޫ ޖަން ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. އަލުން ޕީއެސްޖީއަށް ލީޑް ނަގައިދިނީ ޕެނަލްޓީއަކުން އެމްބާޕޭއެވެ. އަދި ފަސްވަނަ ލަނޑު ޖެހީ 78 ވަނަ މިނެޓުގައި ހޫގޯ އެކިޓިކޭއެވެ. އޭގެކުރިން ދެޓީމްގެ ތަރިން ވަނީ ބަދަލުކޮށްފައެވެ. ރޮނަލްޑޯއާއި, މެސީ, ނޭމާއާއި, އެމްބާޕޭވެސް ބަދަލުކުރިއެވެ. ރިޔާދު ސީޒަން ޓީމަށް އުއްމީދެއް ހޯދައިދިނީ އެންޑަސަން ޓަލިސްކާއެވެ. އެކަމަކު ނަތީޖާ ހަމަހަމަކުރެވޭގޮތެއް ނުވިއެވެ.

މެޗުގެ ބޮޑުބައި ޕީއެސްޖީން ކުޅުނީވެސް 10 ކުޅުންތެރިންނާއެކުއެވެ. އެއީ 39 ވަނަ މިނެޓުގައި ހުއާން ބެނާޓަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި

17 ޖޫން 2017
ޕެޕޭ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފަށައިފި
17 ޖޫން 2017

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި
25 މެއި 2017

ޓީސީ މޮޅުވީކީ ނޫން، ވެލެންސިއާ ބަލިވީ: ފެސްކޯ

25 މެއި 2017
ޓީސީ މޮޅުވީކީ ނޫން، ވެލެންސިއާ ބަލިވީ: ފެސްކޯ
27 އެޕްރީލު 2017

ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް

27 އެޕްރީލު 2017
ބޮޑު ތަފާތަކުން މޮނާކޯ ބަލިކޮށް ޕީއެސްޖީ ފައިނަލަށް
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް

09 މާރިޗު 2017
ޗެމްޕިއަންސް ލީގު: ޕީއެސްޖީ ލަދުގަންނުވާލުމަށްފަހު ބާސާ ކުއާޓާ އަށް
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު