Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ހަނގުރާމާގައި ރަޝިއާ ބަލިވެއްޖެނަމަ ނިއުކްލިއަރ ހަނގުރާމައެއް ފަށައިފާނެކަމުގެ އިންޒާރު ދީފި

19 ޖެނުއަރީ 2023 | ބުރާސްފަތި 09:27

މެޑްވެޑެވް ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް ނިއުކްލިއަރ ބާރެއް، އެމީހުންގެ މުސްތަގުބަލު އެކަމެއްގެ މައްޗަށް ބިނާވެފައި އޮތް މިފަދަ ބޮޑު ކުރިމަތުލުމެއްގައި ނާކާމިޔާބީއާ ކުރިމަތި ނުލާ ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 ޖެނުއަރީ 2023 | ބުރާސްފަތި 09:27
ރަޝިއާގެ ރައީސް ޕުޓިންގެ އަރިސްބޭފުޅެއްކަމަށްވާ އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް

ރަޝިއާގެ ރައީސް ޕުޓިންގެ އަރިސްބޭފުޅެއްކަމަށްވާ އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް

މިހާރު ކުރިއަށްދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ރަޝިއާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެނަމަ ނިއުކްލިއަރ ހަނގުރާމައެއް ފެށުން ގާތްކަމަށް އެގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް ވިދާޅުވެއްޖެއެވެ.

ރައީސް ވްލެޑްމިއަރ ޕުޓިންގެ އަރިސް ބޭފުޅެއްކަމަށްވާ މެޑްވެޑްވަނީ މިހަނގުރާމާގައި ރަޝިއާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެނަމަ ނިއުކްލިއަރ ހަނގުރާމައެއް ފެށުން ގާތްކަމަށް ބުނެ ނޯތު އެޓްލޭންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އަށް އިންޒާރުދެއްވާފައެވެ.

ޓެލެގްރާމް މެދުވެރިކުރައްވާ ކުރެއްވި ޕޯސްޓެއްގައި މެޑްވެޑެވް ވިދާޅުވެފައި ވަނީ، ނިއުކްލިއަރ ބޮޑު ބާރެއް، އާދައިގެ ހަނގުރާމައަކުން ބަލިވުމަކީ ނިއުކްލިއަރ ހަނގުރާމައެއް 'ޓްރިގަރ' ކުރެވޭނެކަމެއް ކަމަށެވެ.

ރަޝިއާގެ ރައީސްކަމުގެ މަގާމު 2008 ވަނަ އަހަރުން 2012 ވަނަ އަހަރަށް ކުރެއްވި މެޑްވެޑެވް ވަނީ މީގެ ކުރިން ދުވަހަކުވެސް ނިއުކްލިއަރ ބާރެއް، އެމީހުންގެ މުސްތަގުބަލު އެކަމެއްގެ މައްޗަށް ބިނާވެފައި އޮތް މިފަދަ ބޮޑު ކުރިމަތުލުމެއްގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިނުވާ ކަމަށްވެސް ވިދާޅުވެފައެވެ.

މެޑްވެޑެވް ވަނީ ނޭޓޯ އާއި ހުޅަނގުން، ހަނގުރާމާގައި ޔޫކްރެއިނަށް ވާގިވެރިވެ، ރަޝިއާ ބަލިކުރުމަށް ރާވަމުންދާ ރޭވުންތަކާއެކު ނެގޭ ރިސްކާމެދު ވިސްނާލަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ރަޝިއާ އަދި އެމެރިކާ އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ނިއުކްލިއަރ ދެ ބާރެވެ. މިދެގައުމުން ދުނިޔޭގެ ނިއުކްލިއަރ ބާރުގެ 90 އިންސައްތަ ހިއްސާކުރާއިރު، ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ރަޝިއާއިން ވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިންޒާރުދީފައެވެ.

ނޭޓޯގެ ގައުމުތައް ގުޅުމުން އަސްކަރީ ގޮތުން ރަޝިއާގެ މައްޗަށް ބާރުގަދަވެވުނު ނަމަވެސް، ނިއުކްލިއަރ ހަތިޔާރުގެ ގޮތުން ހުޅަނގުގެ ގައުމުތަކުގެ މައްޗަށް ރަޝިއާއަށް ބާރުއެބައޮތެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް