Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ކަނޑިތީމު ދަތުރުފުޅު

އެއް ރަށް އަނެއް ރަށާ ގުޅުވާލެވިގެން މެނުވީ ހަޤީޤީ އިޤްތިސާދީ ކުރިއެރުން ނުލިބޭނެ: ރައީސް

ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދިނުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2023 | ބުރާސްފަތި 06:05
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

އެއް ރަށް އަނެއް ރަށާ ގުޅުވާލެވިގެން މެނުވީ ހަޤީޤީ އިޤްތިސާދީ ކުރިއެރުން ނުލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރުމަށް މި ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށާއި، ށ އަތޮޅުގެ ރަށްތަކަކީވެސް މީގެ ކުރިން މުޅިން އެކަހެރިކޮށް ދޫކޮށްލެވިފައިވާ ރަށްތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އެ ދާއިރާގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، މާލެއާއި ބޮޑެތި ރަށްތަކެކޭ އެއްގޮތަށް ކުދި ރަށްތަކަށްވެސް އެ ޚިދުމަތްތައް ބޭނުންވާނެ ކަމަށެވެ.

އެއް ރަށް އަނެއް ރަށާ ގުޅުވާލެވިގެން މެނުވީ ހަގީގީ އިޤްތިސާދީ ކުރިއެރުން ނުލިބޭނެ ކަމަށާއި، އެކަން ކުރަމުން މިދަނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު މި ސަރުކާރުން އެ މަސައްކަތްތައް ކުރަމުންދަނީ ރަނގަޅު ޕްލޭނަކާއެކުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް މި ދާއިރާގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 168 މިލިއަން ރުފިޔާ އެ އަތޮޅުގެ 5 ރަށަށް ޚަރަދު ކުރެވިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިއީ ވޭތުވެދިޔަ 15 އަހަރު ތެރޭގައި އެ ރަށްތަކަށް ކޮށްފައިވާ ޚަރަދާ ނުބައްދަލު އަދަދެއް ކަމަށެވެ. އެއީ ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި ހޭދަވި 2 އަހަރު ކެނޑުމުން ދެން ވޭތުވެދިޔަ މުއްދަތުގައި ކުރެވިފައިވާ ޚަރަދުތަކެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހުރިހާވެސް އަމާޒަކީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދިނުމެވެ.

ރައީސް ވަނީ ކޮވިޑުގެ ދަތިކަމުން އަރައިގަތުމަށް އެހީތެރިވެދީފައިވާ ފަރާތްތައް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ޕްރައިމަރީގައި ވޯޓުލާއިރު، ހުރިހާ ކަމަކަށްވެސް ވިސްނުމަށްފަހު ވޯޓުލުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ. އެގޮތުން 2008 އަދި 2009 ގައި ކުރިމަތިވި މާލީ ދަތިކަމުގައި އޭރުގެ ސަރުކާރުން ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ކުރި ކަންކަމުގެ ނުރަނގަޅު އަސަރު ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް ބޮޑުތަނުން ކުރިކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮވިޑުގެ ދަތި ޙާލަތުގައިވެސް ސަރުކާރުން އިސްކޮށްފައިވާނީ ރައްޔިތުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެ ދުވަހުގެ އަނިޔާވެރިކަމަކީ ނުވާ ކަމެއްކަމަށް މިއަދު ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، އެއީ ނުހިނގާ ކަމެއްކަމަށް ހަދައި، އެ އަނިޔާވެރި ކަމުގެ ތެރެއަށް ދާންވީތޯ މިއީ ވިސްނަން ޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ އަނިޔާވެރިކަމުގެ ތެރެއަށް ވެރިކަން އަނެއްކާވެސް ފުރޮޅިގެން ދިއުމަށް ރައްޔިތުން ނޭދޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ކެމްޕޭން ދަތުރުތަކުގައިވެސް އެކަންކަން ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު