Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ ފަތުރުވެރިން އަންނަން ފެށުން

ޗައިނާ ފަތުރުވެރިން ރާއްޖެއަށް - މިއީ ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ އައު ބާބެއްގެ އުޖާލާ ފެށުމެއް: ތޮއްޔިބު

ޗައިނާ އަނެއްކާވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތަކުގެ ލިސްޓުގައި ހިމެނިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2023 | ބުރާސްފަތި 02:50
2020 ވަނަ އަހަރަށްފަހު ރާއްޖެ އައި ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން

2020 ވަނަ އަހަރަށްފަހު ރާއްޖެ އައި ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުން

3 އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާ ފަތުރުވެރިން ރާއްޖެ އަންނަން ފެށުމާއެކު، މިއީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ އައު ބާބެއްގެ އުޖާލާ ފެށުމެއް ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރަށްފަހު ޗައިނާގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފްލައިޓް އައުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުލަގަދަ ހަފްލާއެއް ބާއްވާފައިވެއެވެ. މި ހަފްލާ ބާއްވާފައިވަނީ ޗައިނާގެ ބެއިޖިން ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓް ޖޭޑީ 455 އައުމާ އެކު ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމަށް ފަހު ޗައިނާއިން ރާއްޖެއަށް އެޅި ފުރަތަމަ ފްލައިޓެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަދަކީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ އައު ބާބެއްގެ އުޖާލާ ފެށުމެއް ކަމަށެވެ. އަނެއްކާވެސް ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރުތައް ފެށުމަކީ އިންތިހާއަށް އުފާކުރައްވާ ކަމެއް ކަމަށާއި، ކޮވިޑް-19ގެ ކުރިން ގިނަ އަހަރުތަކަކަށް ޗައިނާއަކީ ރާއްޖެއަށް އެއްވަނަ ސޯސް މާކެޓް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. ދެ ޤައުމުގެ ދެމެދު ފްލައިޓްތައް އަލުން ފަށައިގަތުމާއެކު ޗައިނާ އަނެއްކާވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތަކުގެ ލިސްޓުގައި ހިމެނިގެންދާނެ ކަމާއިމެދު ޝައްކެއް ނުކުރައްވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އެރައިވަލް ޗާޓްތަކުގެ އެއްވަނައިގައި އޮތް ގައުމުވެ. ކޯވިޑް-19 އާއި ގުޅިގެން ގާތްގަނޑަކަށް ތިން އަހަރަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އައުޓްބައުންޑް ޓްރެވަލްއަށް ޗައިނާ އަލުން ހުޅުވާލާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. 2019 ވަނަ އަހަރު 284،029 އެރައިވަލްސް (%16.7) އާއެކު ރާއްޖޭގެ ޓޮޕް ސޯސް މާކެޓަކީ ޗައިނާ އެވެ. ކޮވިޑް-19ގެ ސަބަބުން މި އަދަދު 2020 ވަނަ އަހަރު ވަރަށް ބޮޑަށް ދަށްވެ، 34،245 ފަތުރުވެރިން (%6.2) އާ އެކު 6 ވަނައަށް ވެއްޓި، ޖެހިގެން އައި ދެ އަހަރު ދުވަހުގެ ތެރޭގައި އިތުރަށް ދަށަށް ދިޔައެވެ.

ދުނިޔޭގައި ކޮވިޑް-19ގެ އެންމެ ހަލުވިކޮށް ފެތުރެމުންދިޔަ ދަތި ދުވަސްތަކުގައިވެސް އެމްއެމްޕީއާރުސީއިން ޗައިނާ މާކެޓުގައި ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިންގ މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔައެވެ. މި ގޮތުން 2020 ވަނަ އަހަރު ޗައިނާގެ މާކެޓަށް އަމާޒުކޮށްގެން ޖުމްލަ 14 ހަރަކާތެއް ހިންގިއެވެ. އަދި 2021 ވަނަ އަހަރު މި މާކެޓަށް އަމާޒުކޮށްގެން 08 ހަރަކާތެއް ހިންގާފައި ވާއިރު، ހަރަކާތްތަކުގެ ޖުމްލަ ރީޗް އަކީ 10.2 މިލިއަނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު 05 ހަރަކާތެއް ހިންގާފައިވާއިރު، 14.7 މިލިއަނަށް ހަރަކާތްތަކުގެ ރީޗް އަރާފައިވެއެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ބޯޑަރުތައް އަލުން ހުޅުވާލާއިރު ޗައިނާގެ ފަތުރުވެރިންގެ ޓޮޕް އޮފް ދަ މައިންޑް މަންޒިލެއް ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 176 މާކެޓިންގ ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭނާއި 42 ފެއަރގައި ބައިވެރިވުން، 06 ރޯޑްޝޯ ހޯސްޓުކުރުން، 10 ވާޗުއަލް އިވެންޓް، 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި އެހެނިހެން 10 އިވެންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގުން ހިމެނެއެވެ. މި ހަރަކާތްތަކުގެ ޖުމްލަ ރީޗްއަކީ 8,799,249,501 އެވެ. މި މަސައްކަތްތަކުގެ ސަބަބުން 2022ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި ވަނީ އަހަރު ނިމުމުގެ ދެ ހަފްތާ ކުރިން ހާސިލްކުރެވިފައެވެ. މީގެ އިތުރުން ރާއްޖެއިން އިން 2022 ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން'ގެ ލަގަބު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީއިން ވަނީ ކާމިޔާބު ކޮށްފައެވެ.

އެމްއެމްޕީއާރުސީއިން 2023 ވަނަ އަހަރު މި މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި އީ-ލާނިންގ ކެމްޕޭނަކާއި، މެޓިއުއަން އެންޑް އެލެ ޑޮޓް މީ ފަދަ ޗައިނާގެ ޓޮޕް އެޕްތަކާއެކު ޑިޖިޓަލް ކެމްޕޭންތަކާއި، އައުޓްޑޯ މާކެޓިންގ ކެމްޕޭންތައް އަދި ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭންތައް ފާހަގަކޮށްލެއެވެ. މީގެ އިތުރުން ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ސޯޝަލް މީޑިއާ ކެމްޕޭންތަކާއި މި މާކެޓުގައި ބާއްވާ ފެއަރތަކާއި އެގްސިބިޝަންތަކުގައި 2019ގެ ފަހުން ފުރަތަމަ ފަހަރަށް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު