އިންޑޮނޭޝިއާއަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
18 ޖެނުއަރީ 2023 | ބުދަ 06:34އިންޑޮނޭޝިއާގެ މޮލުއްކަސް އަށް ބިންހެލުމެއް އައިސްފައިވަނީ މިއަދު ހެނދުނު 11:06 ގައި

އިދުހާމް ނަޢީމް | 18 ޖެނުއަރީ 2023 | ބުދަ 06:34

އިންޑޮނޭޝިއާ
އިންޑޮނޭޝިއާއަށް މިއަދު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި އިންޑޮނޭޝިއާގެ މޮލުއްކަސް އަށް ބިންހެލުމެއް އައިސްފައިވަނީ މިއަދު ހެނދުނު 11:06 ގައެވެ. އެއީ 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ނަމަވެސް އޭގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ބިންހެލުން އައިސްފައިވަނީ މާލެއާ 5948 ކިލޯމީޓަރުގެ ދުރުމިނަކުންނެވެ.
އިންޑޮނޭޝިއާއަށް އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ޤައުމުގެ ޖިއޯފިޒިކްސް އެޖެންސީން ވެސް ވަނީ ބުނެފައެވެ.






