Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އެންޖާސް އަތުން މޮޅުވި މެޗުގައި މެސީ ބޭނުންކުރި ޖާާޒީ ރެކޯޑު އަގަކަށް ވިއްކާލައިފި

ރިޕޯޓުތައް ބުނާ ގޮތުން އެ ޖާޒީ ވިއްކާލީ 43،623 (ސާޅީން ތިން ހާސް ހަސަތޭކަ ތޭވީސް) ޔޫރޯ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2023 | ބުރާސްފަތި 03:00
ޕީއެސްޖީން އެންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ

ޕީއެސްޖީން އެންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ

ފްރާންސް ލީގުގައި އެންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބޭނުން ކުރި ޖާޒީ ރެކޯޑު އަގަކަށް ވިއްކާލައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެންޖާސްއާ ދެކޮޅަށް ކުޅުނު މެޗަކީ ފީފާ ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާއާއެކު ކާމިޔާބުކުރުމަށްފަހު މެސީ ޕީއެސްޖީ އަށް ކުޅުނު ފުރަތަމަ މެޗެވެ. މި މަހުގެ 12 ވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު 2-0 އިން މޮޅުވީއިރު، މެޗުގައި މެސީ ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ.

ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެ މެޗުގައި މެސީ ބޭނުން ކުރި 30 ނަންބަރު ޖާޒީ ވަނީ އަގު ބޮޑުކޮށް ތަކެތި ވިއްކާ ތަނެއްގައި ވިއްކާލާފަ އެވެ. އެގޮތުން އެ ޖާޒީ ވިއްކާލީ 43،623 (ސާޅީން ތިން ހާސް ހަސަތޭކަ ތޭވީސް) ޔޫރޯ އަށެވެ. މިއީ ރެކޯޑު އަގެއް ކަމަށް ވެސް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ޖާޒީ ގަނެފައިވަނީ ޗައިނާގެ މުއްސަންޖެކެވެ. ބިޑު ހުޅުވާލައިގެން ޖާޒީ ވިއްކާލިއިރު، އޭނާ ބިޑު އަގު ފަށާފައިވަނީ 22،000 (ބާވީސް ހާސް) ޔޫރޯއަށެވެ. މީގެ އިތުރުން އޭނާ ޖާޒީ ގަނެފައިވަނީ ހަތް ފަހަރަށް ބޮޑު އަގު ކިޔައިގެންނެވެ.

މެސީގެ އިތުރުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ޖޫނިއާ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭގެ ޖާޒީ ވެސް ވަނީ ވިއްކާލާފަ އެވެ. އެ ދެ ކުޅުންތެރިންގެ ވިއްކާފައި ވަނީ ލެންސް އަދި ސްޓަރަސްބާގާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުން ކުރި ޖާޒީ އެވެ. އޭގެ ތެރެއިން ނޭމާގެ ޖާޒީ ވަނީ 7،894 ޕައުންޑަށް ވިކިފަ އެވެ. އެމްބާޕޭގެ ޖާޒީ ވަނީ 14،083 ޕައުންޑަށް ވިކިފައި ކަަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީން މިދިޔަ ނޮވެމްބަރު މަހު ވަނީ އެ ޓީމުގެ ކުޅުންތެރިން ޖާޒީ ވިއްކުން ބިޑަށް ހުޅުވާލާނެ ކަމަށް ބުނެފަ އެވެ. އެ ޖާޒީ ވިއްކައިގެން ލިބޭ ފައިސާ ޕީއެސްޖީން ޚަރަދު ކުރުމަށް ނިންމާފައިވަނީ ޗެރިޓީ އަށް ކަމަށް އެ ކުލަބުގެ ޗީފް ބްރޭންޑް އޮފިސަރު ފަބިއެން އެލެގްރީއާ ހަވާލާދީ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު