Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެޕޭ

އުމުރުން 42 އަހަރު ވަންދެން ޕެޕޭ ފުޓުބޯޅަ ކުޅޭނެ

އެގޮތުން ޕޯޓޯ އިން ބޭނުންވަނީ 25-2024 ވަނަ ސީޒަންގެ ނިޔަލަށް ޕެޕޭ އެ ޓީމުގައި މަޑުކުރަން ކަމަށް ވެސް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2023 | ބުރާސްފަތި 02:57
ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ

ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ

ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އުމުރުން 42 އަހަރު ވަންދެން ފުޓުބޯޅަ ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާރު އުމުރުން 39 އަހަރުގެ ޕެޕޭ އަށް، އަންނަ ފެބްރުވަރީ މަހު 40 އަހަރު ފުރޭނެ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި ޕޯޗުގަލަށް ކުޅެފަ އެވެ. އެ މުބާރާތުގައި ވެސް ޕެޕޭ ވަނީ ޕޯޗުގަލްގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕޯޓޯގައި ވެސް ޕެޕޭ އަންނަނީ ޤަވާއިދުން އެ ޓީމުގެ ޑިފެންސްގައި ކުޅެމުންނެވެ. ލީގުގައި ޕޯޓޯ އަށް އެންމެ ފަހުން ކުޅެދިން 16 މެޗުގެ ތެރެއިން އަށް މެޗުގައި ޕެޕޭ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުގައި ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ.

ޕޯޓޯއާއެކު މިހާރު ޕެޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެއިސާއޯ ބޭނުންވަނީ ޕެޕޭ އެ ޓީމުގައި މަޑުކުރަން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަންނަ ފެބްރުވަރީ މަހު ޕެޕޭގެ އުމުރުން 40 އަހަރު ފުރޭ ނަމަވެސް، އޭނާ ޤަބޫލު ކުރާ ގޮތުގައި ފިޓްނަސް ހިފަހައްޓައި، ކުރިއަށް އޮތް ސީޒަންގައި ކުޅެވޭނެ ކަމުގެ އިތުބާރު ޕެޕޭ އަށް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ޕޯޗުގަލްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕޯޓޯ އިން އަންނަނީ ޕެޕޭ އަށް އެއްބަސްވުން އިތުރު ކުރުމަށް ހުށަހަޅަން ތައްޔާރުވަމުންނެވެ. އެގޮތުން ޕޯޓޯ އިން ބޭނުންވަނީ 25-2024 ވަނަ ސީޒަންގެ ނިޔަލަށް ޕެޕޭ އެ ޓީމުގައި މަޑުކުރަން ކަމަށާއި ޕޯޓޯ އިން ޕެޕޭ އަށް އައު އެއްބަސްވުމެއް ހުށަހަޅައި، ކުލަބުގައި މަޑުކުރަން އެދިއްޖެ ނަމަ އޭނާ އެކަން ޤަބޫލު ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޕޯޗުގަލްގެ ޤައުމީ ޓީމަށް މިހާތަނަށް 133 މެޗު ކުޅެދީފައިވާ ޕެޕޭ ބޭނުންވަނީ ޤައުމީ ޓީމާއެކު މިއަހަރު އޮންނަ ޔޫރޯ މުބާރާތުގައި ވެސް ޕޯޗުގަލާއެކު ކުޅެން ކަމަށެވެ. ޕެޕޭ ވަނީ މިހާތަނަށް ޕޯޗުގަލާއެކު 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި، 19-2018 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު