Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލުގެ ފްލައިޓެއް ވެއްޓުން

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

17 ޖެނުއަރީ 2023 | އަންގާރަ 13:43

ނުފެންނަ ހަށިގަނޑު ހޯދުމުގެ މަސައްކަތް ބުދަ ދުވަހު އަނެއްކާވެސް ކުރާނެކަމަށް ނޭޕާލުން ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 ޖެނުއަރީ 2023 | އަންގާރަ 13:43
ނޭޕާލުގެ ފްލައިޓެއް ވެއްޓި، އެތައްބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ

ނޭޕާލުގެ ފްލައިޓެއް ވެއްޓި، އެތައްބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން އެ ގައުމުގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލް ޕޮޚަރާއަށް ދަތުރުކުރި ޔެޓީ އެއަރގެ ފްލައިޓް ވެއްޓުނު ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 71ށް އަރާފައިވާކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހު، ޖުމުލަ 72 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓުނީ ނޭޕާލުގެ ކަސްކީ ޑިސްޓްރިކްޓްގެ ސެޓި ރިވަރ ޖޯރޖް ސަރަހައްދަށެވެ. އެއީ ހަތަރު ކްރޫއިންނާއި 68 ޕަސެންޖަރުންނެވެ. ފްލައިޓްގައި ދަތުރުކުރަމުންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލުގެ 53 މީހުން، އިންޑިއާގެ 5 މީހުން، ރަޝިއާގެ 4 މީހުން، ދެކުނު ކޮރިއާގެ 2 މީހުން، އަދި އޮސްޓްރޭލިއާ، އަޔަލޭންޑް، އާޖެންޓީނާ އަދި ފްރާންސް، މިއިން ކޮންމެ ގައުމަކުން އެކަކެވެ. ފްލައިޓުން ދަތުރުކުރި މީހުންގެ ތެރޭގައި ކުޑަ ތިން ކުދިންނާއި އަހަރު ނުފުރޭ ތުއްތު ތިން ކުދިންވެސް ތިއްބެވެ.

ފްލައިޓުން ދަތުކުރި މީހުންގެ ތެރެއިން 71 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްފައިވާއިރު، އަދިވެސް އެކަކުގެ ހަށިގަނޑު ނުފެންނަކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަންގާރަ ދުވަހުގެ އިރުއޮއްސުމާއެކު މީހުން ހޯދުން މަޑުޖައްސާލިނަމަވެސް އަދި ނުފެނި ވާ ހަށިގަނޑު ހޯދުމުގެ މަސައްކަތް ބުދަ ދުވަހު އަނެއްކާވެސް ކުރާނެ ކަމަށް ނޭޕާލްއިން ބުނެއެވެ.

ފްލައިޓް ވެއްޓުނު ދުވަހު އެއިން ދަތުރުކުރި 68 މީހުންގެ ހަށިގަނޑު ވަނީ ހޯދާފައެވެ. އަދި އިތުރު ދެމީހުންގެ ހަށިގަނޑު ހޯދާފައިވަނީ ހޯމަ ދުވަހުއެވެ.

އާދިއްތަ ދުވަހުގެ ހާދިސާ ތަހުގީގުކުރަން 5 މެމްބަރުންގެ ޚާއްސަ ކޮމިޓީއެއް ނޭޕާލް ސަރުކާރުން ވަނީ އެކުލަވާލާފައެވެ. އަދި މިހިތާމަވެރި ހާދިސާއާ ގުޅިގެން، ހޯމަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމުގައި ވަނީ ކަނޑަައަޅާފައެވެ.

ފްލައިޓް ވެއްޓުމުގެ ކުރިން ލައިޓް ޖެއްސުމަށް ލޭންޑިން ކްލިއަރެންސްވެސް ޕައިލެޓް ހޯދިކަމަށް، ޓްރިބުވަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރައީސް ޕްރެމް ނަތު ތަކުރް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އޭނާ ވަނީ، ޕައިލެޓުންގެ ފަރާތުން ޓެކްނިކަލް އެއްވެސް މައްސަލައެއް އުޅޭކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށްވެސް ބުނެފައެވެ. އަދި އެދުވަހަކީ މޫސުން ވަރަށް ރަނގަޅަށް އޮތް ދުވަހެއްކަންވެސް އޭނާ ފާހަގަކުރިއެވެ.

ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ފްލައިޓްގެ ކޮކްޕިޓްގެ ވޮއިސް ރިކޯޑަރާއި ފްލައިޓް ޑާޓާ ރިކޯޑަރު މިހާރު ވަނީ ހޯދާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް