Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލްގެ ފްލައިޓެއް ވެއްޓުން

ވެއްޓުނު ފްލައިޓުގައި ދަތުރުކުރި މީހުންގެ އޯޓޮޕްސީ ހަދަނީ

17 ޖެނުއަރީ 2023 | އަންގާރަ 14:52

22 މީހުންގެ ހަށިގަނޑު ވަނީ ޕޮޚަރާއިން އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 ޖެނުއަރީ 2023 | އަންގާރަ 14:52
ނޭޕާލުގެ ފްލައިޓެއް ވެއްޓި، އެތައް ބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ

ނޭޕާލުގެ ފްލައިޓެއް ވެއްޓި، އެތައް ބައެއްގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާ

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއިން, ގައުމުގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލް ޕޮޚަރާއަށް ދަތުރުކުރި ޔެޓީ އެއަރގެ ފްލައިޓް، އޭޓީއާރް 72ން ދަތުކުރި މީހުންގެ ތެރެއިން މިހާތަނަށް ހޯދާފައިވާ ބައެއް ހަށިތައް އޯޓޮޕްސީ ހެދުމަށް ނިންމައިފިއެވެ.

ފްލައިޓުން ދަތުރުކުރި 71 މީހުން ހޯދާފައިވާއިރު، 48 މީހުންގެ ހަށިގަނޑު އޯޓޮޕްސީ ހެދުމަށް ވެރިރަށް ކަތަމަންޑޫއަށް ގެންގޮސްފައިވާކަމަށް ނޭޕާލްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްގައި ވަނީ ރިޕޯޓުކޮށްފައެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، 22 މީހުންގެ ހަށިގަނޑު ވަނީ ޕޮޚަރާއިން އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައެވެ.

އޯޓޮޕްސީ ހަދަން ކަތަމަންޑޫއަށް ގެންދެވުނު ހަށިތަކުގެތެރޭގައި ޕައިލެޓްގެ ހަށިގަނޑުވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

އާދިއްތަ ދުވަހު، ޖުމުލަ 72 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓުނީ ނޭޕާލްގެ ކަސްކީ ޑިސްޓްރިކްޓްގެ ސެޓި ރިވަރ ޖޯރޖް ސަރަހައްދަށެވެ. އެއީ ހަތަރު ކްރޫއިންނާއި 68 ޕަސެންޖަރުންނާއެކުގައެވެ. ފްލައިޓްގައި ދަތުރުކުރަމުންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލްގެ 53 މީހުން، އިންޑިއާގެ ފަސް މީހުން، ރަޝިއާގެ ހަތަރު މީހުން، ދެކުނު ކޮރިއާގެ ދެ މީހުން، އަދި އޮސްޓްރޭލިއާ، އަޔަލޭންޑް، އާޖެންޓީނާ އަދި ފްރާންސް، މިއިން ކޮންމެ ގައުމަކުން އެކެކެވެ. ފްލައިޓުން ދަތުރުކުރި މީހުންގެ ތެރޭގައި ކުޑަ ތިން ކުދިންނާއި އަހަރު ނުފުރޭ ތުއްތު ތިން ކުދިންވެސް ތިއްބެވެ.

ފްލައިޓުން ދަތުރުކުރި މީހުންގެ ތެރެއިން 71 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްފައިވާއިރު، އަދިވެސް އެކަކުގެ ހަށިގަނޑު ނުފެންނަކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަންގާރަ ދުވަހުގެ އިރުއޮއްސުމާއެކު މީހުން ހޯދުން މަޑުޖައްސާލިނަމަވެސް އަދި ނުފެނި ވާ ހަށިގަނޑު ހޯދުމުގެ މަސައްކަތް ބުދަ ދުވަހު އަނެއްކާވެސް ކުރާނެ ކަމަށް ނޭޕާލުން ބުނެއެވެ.

ފްލައިޓް ވެއްޓުނު ދުވަހު، އެއިން ދަތުރުކުރި 68 މީހުންގެ ހަށިގަނޑު ވަނީ ހޯދާފައެވެ. އަދި އިތުރު ދެމީހުންގެ ހަށިގަނޑު ހޯދާފައިވަނީ ހޯމަ ދުވަހުއެވެ.

އާދިއްތަ ދުވަހުގެ ހާދިސާ ތަހުގީގުކުރަން 5 މެމްބަރުންގެ ޚާއްސަ ކޮމިޓީއެއް ނޭޕާލް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.

ފްލައިޓް ވެއްޓުމުގެ ކުރިން ލައިޓް ޖެއްސުމަށް ލޭންޑިންގ ކްލިއަރެންސްވެސް ޕައިލެޓް ހޯދިކަމަށް، ޓްރިބުވަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރައީސް ޕްރެމް ނަތު ތަކުރް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އޭނާ ވަނީ، ޕައިލެޓުންގެ ފަރާތުން ޓެކްނިކަލް އެއްވެސް މައްސަލައެއް އުޅޭކަމަށް ރިޕޯޓުކޮށްފައި ނުވާކަމަށްވެސް ބުނެފައެވެ. 

ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ފްލައިޓްގެ ކޮކްޕިޓްގެ ވޮއިސް ރިކޯޑަރާއި ފްލައިޓް ޑާޓާ ރިކޯޑަރު މިހާރު ވަނީ ހޯދާފައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް