Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ މޫސާ ޑިއާބީ އަށް އާސެނަލުން ފާރަލަނީ

ޑިއާބީ ލެވަކޫސަނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2023 | ބުދަ 03:29
ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ މޫސާ ޑިއާބީ

ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ މޫސާ ޑިއާބީ

ޖަރުމަނު ލީގުގެ ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް، މޫސާ ޑިއާބީ ހޯދުމަށް އާސެނަލް އިން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އާސެނަލުން ޑިއާބީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ދާދި ފަހުން އެ ކުލަބުން ހޯދަން މަސައްކަތް ކުރި ޔޫކްރެއިންގެ މިކައިލޯ މުޑްރިކް ޗެލްސީ އަށް ބަދަލުވުމާ ގުޅިގެންނެވެ. މުޑްރިކް ހޯދުމަށް އާސެނަލުން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ. އެންމެ ފަހުން އޭނާ ބަދަލުވީ ވާދަވެރި ޗެލްސީ އަށެވެ. ރިޕޯޓުތައް ބުނާ ގޮތުން މުޑްރިކް ނުލިބުނު ނަމަވެސް، އާސެނަލުން އެހެން ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރެ އެވެ. އެގޮތުން މިހާރު އެ ކުލަބުން މަސައްކަތް ކުރަނީ ޑިއާބީ ހޯދުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޑިއާބީ އޭނާގެ ސީނިއާ ކެރިއަރޔ ފެށީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިންނެވެ. އެއަށްފަހު އޭނާ ޖަރުމަނު ލީގަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ބަޔާ ލެވަކޫސަނަށް ބަދަލުވެ ޑިއާބީ ވަނީ އެ ކުލަބަށް ކުޅެދިން 146 މެޗުގައި 43 ލަނޑު ޖަހައި، 41 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. ފްރާންސް ޤައުމީ ޓީމަށް އަށް މެޗު ކުޅެދީފައިވާ އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ ހޯދުމަށް އާސެނަލުން މަސައްކަތް ކުރާ އިރު، އޭނާ ލެވަކޫސަނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ.

މީގެ ކުރިން ޑިއާބީ އަށް ވަނީ ޕްރިމިއާ ލީގުގެ ކުލަބެއްގެ ހުށަހެޅުން ލިބިފަ އެވެ. ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑުން ޑިއާބީ ހޯދުމަށް 50 މިލިއަން ޕައުންޑުގެ އަގަކަށް ތައްޔާރުވި ނަމަވެސް، ލެވަކޫސަން އިން ވަނީ އޭނާގެ އަގު 75 މިލިއަން ޕައުންޑަށް މަތިކޮށްފަ އެވެ. އެ އަގަށް އެއްބަސްނުވެވުމުގެ ސަބަބުން އޭރު ނިއުކާސަލް އިން ވަނީ އޭނާ ހޯދުމަށް ހުއްޓާލައިފަ އެވެ.

އައު ކުޅުންތެރިން ހޯދުމާ ގުޅޭ ގޮތުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކުޅުންތެރިން ހޯދަން ބޭނުންވާ ކަމަށާއި، ނަަމަވެސް އެކަން ކުރާނީ ހަމަޖެހިގެން ކަމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު