Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަރުމަނު ލީގު

ޖަރުމަނު ލީގު ފަށަން ތައްޔާރުވެފައިވާއިރު ބަޔާންގެ ކުޅުންތެރިން ކާރު ޑްރިފްޓިންގައި

ލީގުގެ ފުރަތަމަ މެޗު ބަޔާނަށް އޮތް އިރު، އެ ޓީމުގެ ކުޅުންތެރިން ވަނީ އޮސްޓްރިއާގައި ކާރު ޑްރިފްޓިން ޖައްސައިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2023 | ބުދަ 03:27
ބަޔާންގެ ކުޅުންތެރިން ކާރު ޑްރިފްޓިން ޖައްސަނީ

ބަޔާންގެ ކުޅުންތެރިން ކާރު ޑްރިފްޓިން ޖައްސަނީ

ފީފާ ވޯލްޑް ކަޕް މުބާރާތަށް ކުލަބް ފުޓުބޯޅައިގެ ލީގުތައް މެދުކަނޑާލުމަށްފަހު، އަލުން މިހާރު ވަނީ ލީގުގެ ކުޅުން ފަށައިފަ އެވެ. ނަމަވެސް ޖަރުމަނު ލީގުގެ ކުޅުން ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

ޖަރުމަނު ލީގުގެ ކުޅުން ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، އާރްބީ ލައިޕްޒިގް އެވެ. ލީގުގެ ފުރަތަމަ މެޗު ބަޔާނަށް އޮތް އިރު، އެ ޓީމުގެ ކުޅުންތެރިން ވަނީ އޮސްޓްރިއާގައި ކާރު ޑްރިފްޓިން ޖައްސައިފަ އެވެ. ލީގު ފެށެން މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ބަޔާން ކުޅުންތެރިން މިކަން ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބަޔާނަށް ކުޅެމުން އަންނަ ކެނެޑާގެ ޑިފެންޑަރު އަލްފަންސޯ ޑޭވިސް ބުނީ، އެއީ މަޖާ ދުވަހެއް ކަމަށެެ. އޭނާ ބުނީ އެތަނަށް އައިސް ކާރު ޑްރިފްޓުކޮށް، އެކަމުގެ އެކި ހުނަރުތައް ދަސްވި ކަމަށާއި، އެކަމާ އުފާވާ ކަމަށެވެ. އަދި ކުރިން އެކަން ކަން ނޭނގޭ ކަމަށާއި، ނަމަވެސް އެއީ ކޮށްލަން ރަނގަޅު ތަޖުރިބާ އެއް ކަމަށެވެ. އިތުރަށް އޭނާ ބުނީ މި ސީޒަންގެ ބާކީ އޮތް ބައި ބޭނުންވަނީ ރަނގަޅު ޞިއްޙަތެއްގައި ހުރެ، ޓީމަށް ކާމިޔާބީ ހޯދައިދޭން ކަމަށެވެ.

މީގެ އިތުރުން ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ ޖަމަލް މުސިއާލާ ބުނީ، ހުރިހާ ކުޅުންތެރިންނެކޭ އެއްގޮތަށް އޭނާ ވެސް އެކަމުގައި ބައިވެރިވެ، އެކަމުގެ އުފާ ލިބިގަނެފައިވާ ކަމަށެވެ. އޭނާ ބުނީ ބައެއް ކުޅުންތެރިންނަށް އެކަމުގައި ހުރި އުނދަގޫ ކަންކަން ވެސް ފާހަގަވެގެން ދިޔަ ކަމަށާއި، ނަމަވެސް އެކަމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އިތުރުވެގެން ދިޔަ ކަމަށެވެ. އެގޮތުން މުޅި ޓީމުގެ ވެސް އަމާޒަކީ މި ސީޒަންގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުން ކަމަށާއި، އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ. މުސިއާލާ ބުނީ އޭނާ ބޭނުންވަނީ ބަޔާނާއެކު ވީހާ ވެސް ޓްރޮފީ ކާމިޔާބުކުރަން ކަމަށާއި، ޓީމުގައި ތިބި މޮޅު ކުޅުންތެރިންގެ ފަރާތުން ކަންކަން ދަސްކޮށް އޭނާގެ ހުނަރުތައް ވެސް ފުރިހަމަ ކުރުން ކަމަށެވެ.

ބަޔާންގެ ކުޅުންތެރިން ޑްރިފްޓު ކުރަމުން ގެންދިޔަ އިރު، އެ ސަރަހައްދުގެ މެދުގައި ބަޔާންގެ ލޯގޯ ހުއްޓެވެ. ޑްރިފްޓު ކުރުމުގައި ބައިވެރިވި ކުޅުންތެެރިންގެ މޫނު މަތިން ވަނީ ހިނިތުންވުމާއި، އުފާވެރިކަން ފެނިފަ އެވެ. ޖަރުމަނު ލީގު އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، ބަޔާން އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 15 މެޗުން ބަޔާނަށް ލިބެނީ 34 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ސީއެސް ފްރެއިބާގް އަށް ލިބެނީ 30 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2022

ޖަރުމަނު އޮތީ ވަރުގަދަކޮށް، ކީޕަރު ނޯޔާ އަށް ކުރާ އިތުބާރު ބޮޑު

23 ނޮވެމްބަރު 2022
ޖަރުމަނު އޮތީ ވަރުގަދަކޮށް، ކީޕަރު ނޯޔާ އަށް ކުރާ އިތުބާރު ބޮޑު
03 އޮކްޓޯބަރު 2022

ރާއްޖޭގައި ފަތުރުވެރިކަން ފަށަން ހިޔާލު ދިނީ ލަންކާ އެމްބަސީން ދިމާވި މީހެއް

03 އޮކްޓޯބަރު 2022
ރާއްޖޭގައި ފަތުރުވެރިކަން ފަށަން ހިޔާލު ދިނީ ލަންކާ އެމްބަސީން ދިމާވި މީހެއް
10 އޯގަސްޓު 2022

ޕްރިމިއަރ ލީގުގައި ކުޅުނު ސައުތު އެމެރިކާއަށް ނިސްބަތްވާ އެންމެ މޮޅު ތިން ކުޅުންތެރިން

10 އޯގަސްޓު 2022
ޕްރިމިއަރ ލީގުގައި ކުޅުނު ސައުތު އެމެރިކާއަށް ނިސްބަތްވާ އެންމެ މޮޅު ތިން ކުޅުންތެރިން
02 އޯގަސްޓު 2022

ޕްރިމިއަރ ލީގުގައި ޞަލާޙު ގާއިމުކޮށްފައިވާ ފަސް ރެކޯޑު

02 އޯގަސްޓު 2022
ޕްރިމިއަރ ލީގުގައި ޞަލާޙު ގާއިމުކޮށްފައިވާ ފަސް ރެކޯޑު
28 ޖޫން 2021

ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް

28 ޖޫން 2021
ޔޫރޯގެ ނަތީޖާ ލަފާކުރާ އެތް ބުނަނީ އިންގްލެންޑު ކައިރިން ޖަރުމަނު މޮޅުވާނެކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު