Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޫރިޔާގެ ޢޫދު

ސޫރިޔާގެ ޢޫދު، އަތްނުލެވޭ ތަރިކައިގެ ރަމްޒެއް

ސޫރިޔާގައި ދިގުލައިގެން ދިޔަ ވަރުގަދަ ހަނގުރާމައިގެ އަސަރު، ޢޫދު ސިނާޢަތަށް ވަނީ ވަރަށް ބޮޑަށް ފޯރާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ޖެނުއަރީ 2023 | އަންގާރަ 09:55
އިންސާނީ ޙަޟާރާތުގެ އަތްނުލެވޭ ޘަޤާފީ ތަރިކައިގެ ލިސްޓަށް، ސޫރިޔާގެ ޢޫދު އިތުރު ކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ތެރޭގައި

އިންސާނީ ޙަޟާރާތުގެ އަތްނުލެވޭ ޘަޤާފީ ތަރިކައިގެ ލިސްޓަށް، ސޫރިޔާގެ ޢޫދު އިތުރު ކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ތެރޭގައި

ބަލާބެލުމަށް، އެއީ މިއުޒިކް ކުޅެން އާންމުކޮށް ގެންގުޅޭ ސަމާނުތަކާ ތަފާތު އެއްޗެކެވެ. އަޑަކީވެސް ހާއްސަ އަޑެކެވެ. މި ދައްކަނީ، ތާރީޚާއި ތަރިކައާ ބެހޭ އދގެ ޖަމިއްޔާ (ޔުނެސްކޯއިން) އިން އެކުލަވާލާފައިވަ އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް އޮފް ހިއުމެނިޓީޒް އިންސާނީ ޙަޟާރާތުގެ އަތްނުލެވޭ ޘަޤާފީ ތަރިކައިގެ ލިސްޓަށް އެންމެ ފަހުން އިތުރު ކުރި، ސޫރިޔާގެ ޢޫދުގެ ވާހަކައެވެ.

މެދުއިރުމަތީގެ އެކި ހިސާބުތަކުން ޢޫދު ފެނުނު ކަމުގައި ވީ ނަމަވެސް، ސޫރިޔާގެ ޢޫދަކީ ތަފާތު އެއް އެއްޗެކެވެ. ސޫރިޔާގެ ޢޫދުގެ ނޯޓުތަކުގެ ފުރިހަމަ ކަމާއި، ނަރުތަކުގައި ކޮއްޓާ ލުމުން އެ އިވޭ ހިތްގައިމު އަޑުން ހިތަށް ލިއްބައިދޭ ތަސައްލީ، އެހެން ޢޫދުތަކުން ނުލިބޭކަމަށް ބުނެއެވެ.

ކަން މިހެން އޮތް ނަމަވެސް، 12 ވަރަކަށް އަހަރަށް ސޫރިޔާގައި ދިގުލައިގެން ދިޔަ ވަރުގަދަ ހަނގުރާމައިގެ އަސަރު، ޢޫދު ސިނާޢަތަށް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ހަނގުރާމައާ ގުޅިގެން ސޫރިޔާއަށް ކުރިމަތިލާން ޖެހުނު އިޤްތިޞާދީ ކާރިޘާއާއެކު، މިއުޒިކް ކުޅެން ގެންގުޅޭ ސަމާނުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްކުގައި ޢޫދު ހަދާ ކާރުޚާނާއެއް ހިންގަމުން އަންނަ ޢަލީ ޚަލީފާ ބުނި ގޮތުގައި، ޢޫދު އުފައްދަން ބޭނުންވާ އެއްޗެހީގެ އަގު ބޮޑުވެގެން ދިއުމަކީވެސް، ކަސްޓަމަރުންގެ ހިތް މަރާލި ސަބަބެކެވެ.

ޔުނެސްކޯއިން އެކުލަވާލާފައިވަ އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް އޮފް ހިއުމެނިޓީޒް އިންސާނީ ޙަޟާރާތުގެ އަތްނުލެވޭ ޘަޤާފީ ތަރިކައިގެ ލިސްޓަށް ޢޫދު އިތުރު ކުރުމާއެކު، ސޫރިޔާގެ ޢޫދު ސިނާޢަތަށް ވަނީ ޢުއްމީދުގެ އަލިކަން ގެނުވާފައެވެ. ސޫރިޔާގައި އޮތް ޢޫދު އުފެއްދުމުގެ ފަންނުވެރި ކަމާއި، އުފެއްދުންތައް ވިއްކުމުގެ މަސައްކަތް ފުޅާކޮށް، ސިނާޢަތް ދިރުވާ ޢާލާ ކުރުމުގެ މަސައްކަތުގައި، ޔުނެސްކޯއާއެކު މަސައްކަތް ކުރަމުން ދާނީ ސީރިއަން ޑިވަލޮޕްމަންޓް ޓްރަންސްޓްއިންނެވެ.

އިންސާނީ ޙަޟާރާތުގެ އަތްނުލެވޭ ޘަޤާފީ ތަރިކައިގެ ލިސްޓަށް، ސޫރިޔާގެ ޢޫދު އިތުރު ކުރީ މިދިޔަ ޑިސެމްބަރު މަހު އޮތް، ޔުނެސްކޯގެ ބައްދަލުވުމެއްގައެވެ. އީރާނުގައި އޮތް ޢޫދު އުފެއްދުމުގެ ފަންނުވެރިކަމާއި ޢޫދު ކުޅުމުގެ ހުނަރުވެރިކަންވެސް ޔުނެސްކޯއިންވަނީ ހަމަ އެ ލިސްޓުގައި ހިމަނާފައެވެ. އިންސާނީ ޙަޟާރާތުގެ އަތްނުލެވޭ ޘަޤާފީ ތަރިކައިގެ ލިސްޓަށް، ސޫރިޔާގެ ޢޫދު އިތުރު ކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

އަތްލެވެން ނެތް ތަރިކައިގެ ލިސްޓުން ހަރީސާ: ޝަހީދާ ބުނަނީ އެއީ އޭނާގެ ހަށިގަނޑުގެ ބައެއް ކަމަށް!

05 އޮކްޓޯބަރު 2023
އަތްލެވެން ނެތް ތަރިކައިގެ ލިސްޓުން ހަރީސާ: ޝަހީދާ ބުނަނީ އެއީ އޭނާގެ ހަށިގަނޑުގެ ބައެއް ކަމަށް!
20 ޖޫން 2023

ދެމަފިރިއެއްގެ ހިތުލޯބިން ބިނާވެގެން އައީ ތަރިކައިގެ ގަނޑުވަރެއް

20 ޖޫން 2023
ދެމަފިރިއެއްގެ ހިތުލޯބިން ބިނާވެގެން އައީ ތަރިކައިގެ ގަނޑުވަރެއް
20 މާރިޗު 2023

ހަނގުރާމައާއި އިޤްތިޞާދީ ހީނަރުކަމަށް ނުސިހުނު ސޫރިޔާގެ "މާހެފުން"

20 މާރިޗު 2023
ހަނގުރާމައާއި އިޤްތިޞާދީ ހީނަރުކަމަށް ނުސިހުނު ސޫރިޔާގެ "މާހެފުން"
22 ނޮވެމްބަރު 2022

32 ޓީމު ބައިވެރިވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ސޫރިޔާގެ ރެފިއުޖީ ކޭމްޕުގައި!

22 ނޮވެމްބަރު 2022
32 ޓީމު ބައިވެރިވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ސޫރިޔާގެ ރެފިއުޖީ ކޭމްޕުގައި!
07 ނޮވެމްބަރު 2022

ސޫރިޔާގެ ރެފިއުޖީ، ލުބްނާންގެ ކާރިޘީ އަނދަވަޅުން ހޯދީ ޚަޒާނާއެއް!

07 ނޮވެމްބަރު 2022
ސޫރިޔާގެ ރެފިއުޖީ، ލުބްނާންގެ ކާރިޘީ އަނދަވަޅުން ހޯދީ ޚަޒާނާއެއް!
09 އޮކްޓޯބަރު 2022

ސޫރިޔާގެ ދަނޑުބިންތަކުގެ ނަފާ ދެގުނަ ކުރުމުގެ އަޑީގައި ކިލާފަނި!

09 އޮކްޓޯބަރު 2022
ސޫރިޔާގެ ދަނޑުބިންތަކުގެ ނަފާ ދެގުނަ ކުރުމުގެ އަޑީގައި ކިލާފަނި!
04 ސެޕްޓެމްބަރު 2022

ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

04 ސެޕްޓެމްބަރު 2022
ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!
13 އޯގަސްޓު 2022

ހަނގުރާމައަށް ފަހު ހަނަފަސްކަން: ސޫރިޔާގެ "ރަން ގަސްތަކުން" ވިދުން ގެއްލި، ދަނޑުވެރިން މާޔޫސް ކަމެއްގައި!

13 އޯގަސްޓު 2022
ހަނގުރާމައަށް ފަހު ހަނަފަސްކަން: ސޫރިޔާގެ "ރަން ގަސްތަކުން" ވިދުން ގެއްލި، ދަނޑުވެރިން މާޔޫސް ކަމެއްގައި!
20 ޖޫން 2022

އަޞްލެއް ނަޞްލެއް ބަޔާންކޮށްދެވެން ނެތް ޤަތެރްޖީ ހެޔޮވަރުކޮށްލީ ސޫރިޔާގެ ރަހަތަށް ޣައްޒާއަށް!

20 ޖޫން 2022
އަޞްލެއް ނަޞްލެއް ބަޔާންކޮށްދެވެން ނެތް ޤަތެރްޖީ ހެޔޮވަރުކޮށްލީ ސޫރިޔާގެ ރަހަތަށް ޣައްޒާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު