Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް

އަޙުމަދިއްޔާ ބަލިކޮށް ތާޖުއްދީނަށް ރަނގަޅު ފެށުމެއް

ގްރޫޕް ބީ ގައި ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ތާޖުއްދީން އިން ކާމިޔާބުކުރީ 3-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2023 | އަންގާރަ 02:44
އިންޓަ ސްކޫލްގެ ތެރެއިން

އިންޓަ ސްކޫލްގެ ތެރެއިން

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް ތާޖުއްދީން ސްކޫލް އިން ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

ގްރޫޕް ބީގައި ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ތާޖުއްދީން އިން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ތާޖުއްދީން އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ތާޖުއްދީން އަށް މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޔޫސުފް ނައްޔާން މުސްތަފާ އެވެ. އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ މެޗުގެ 28 ވަނަ މިނެޓުގައި އަޙުމަދު އަނާން އިމާދު އެވެ. ތާޖުއްދީންގެ ތިން ވަނަ ލަނޑަކީ ދެ ވަނަ ހާފުގެ 42 ވަނަ މިނެޓުގައި ޢަބްދުﷲ ރިޒާން މުޙައްމަދު ޖަހައިދިން ލަނޑެކެވެ. މި މޮޅާއެކު ތާޖުއްދީން ވަނީ މި ގްރޫޕްގެ އެއް ވަނަ އަށް ވެސް ޖެހިލައިފަ އެވެ. އެއީ ތިން ޕޮއިންޓާއެކު އެވެ.

މި ގްރޫޕްގައި ހިރިޔާ ސްކޫލް އާއި ޢަރަބިއްޔާ ސްކޫލް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ. މުބާރާތުގެ ކުޅުން އަންގާރަ ދުވަހު ވެސް ކުރިއަށްދާނެ އެވެ. އަންގާރަ ދުވަހު ކުރިއަށް ދާނީ ގްރޫޕް ސީގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިސްކަންދަރު ސްކޫލާއި ގުރައިދޫ ސްކޫލް އެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ އަމީނިއްޔާ ސްކޫލާއި ހުރަވީ ސްކޫލް އެވެ.

އިންޓަރ ސްކޫލް ފުޓުބޯޅަ ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު