Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީީގެ ރިޔާސީ ޕްރައިމަރީ

ރައީސް ޞާލިހު އަކީ ތަންދޮރު ނުދަންނަ ބޭފުޅެއް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝިދު ވާހަކަފުޅުދައްކަވައިފި

ރައީސް ޞާލިހު އަކީ އެމްޑީޕީ އިން ފުރަތަމަ ދިޔަ ދަތުރުތަކުގައި ވަޑައިގަންނެވި ބޭފުޅެއް ނޫން ކަމަށާއި ޖަލަށް ވެސް ވަޑައިގަތީ ފަހު ވަގުތުގައި ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ޖެނުއަރީ 2023 | ހޯމަ 13:34
ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަކީ ތަންދޮރު ނުދަންނަ ބޭފުޅެއް ކަަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހު އާއި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ރައީސް ޞާލިހު އަށް ވުރެ ޔާމީންއަށް ތާއީދު އޮތްކަމަށް ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. މި މޭރުމުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޔާމީން އަކީ ކިޔަވައިގެން ހުރި، ތަންދޮރު ދަންނަ ގާބިލު ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް އެފަދައިން ރައީސް ޞާލިހު އާއި މެދު ދެންނެވެން ނެތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޕީޕިއެމް އާއި ޔާމީނާއި މެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕެއިން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރަން އެޅި ފިޔަވަޅުތަކަށް ވެސް ފާޑު ވިދަޅުވެފައެވެ. "އިކޮނޮމިކް އަދި އެކެޑެމިކް" ބޭފުޅުންނަށް އެމަނިކުފާނު ދައްކަވާ ވާހަކަ ފަހުމުވާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ރައީސް ޞާލިހު އަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޞާލިހު އިގްތިސާދު ކުރިއަށް ގެންދަވަނީ މިނިސްޓަރ އިބްރާހިމް އަމީރު އެދިލެއްވި ގޮތަކަށް ހެން ހީފުޅުވާކަމަށް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އިގްތިސާދު އޮތީ ދަރަނި ބޮޑުވާ ގޮތަަށް ކަމަށާއި ޓެކްސް ބޮޑު ކުރަން ޖެހުނީ އެހެންވެގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށާއި މަޝްރޫއުތައް ލަސްކުރަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ޞާލިހު އަށް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އިގްތިސާދީ ވާހަކަތައް ރައީސް ދައްކަވަނީ ދެބައިކުޅަ އެއްބައި ކަމަށް ސިފަކުރައްވާ މިނިސްޓަރ އަމީރު މެދުވެރިކޮށް ފިލޯސޮފީތަކާއި މެދު މަޝްވަރާކުރުމަށް ފޮނުއްވުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގައި ރައީސް ޞާލިހު އަކީ މަގްބޫލު ބޭފުޅެއް ނޫން ކަމަށް ނަޝީދު ވަނީ ސިފަކުރައްވާފައެވެ. އެގޮތުން ރައީސް ޞާލިހު އަކީ އެމްޑީޕީ އިން ފުރަތަމަ ދިޔަ ދަތުރުތަކުގައި ވަޑައިގަންނެވި ބޭފުޅެއް ނޫން ކަމަށާއި ޖަލަށް ވެސް ވަޑައިގަތީ ފަހު ވަގުތުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޑީޕީ ޕްރައިމަރީ

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
17 އޮކްޓޯބަރު 2025

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު
16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު