Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

އަންޗެލޮޓީ ބުނަނީ މެޗުގައި ރެއާލްގެ އެއްވެސް ކުޅުންތެރިޔަކަށް ނުކުޅެވޭ ކަމަށް

17 ޖެނުއަރީ 2023 | އަންގާރަ 02:35

އޭނާ ބުނީ މެޗުގައި ހެދުނީ ވަރަށް އާދައިގެ ގޯސްތަކެއް ކަމަށާއި، އެއްވެސް ކުޅުންތެރިޔަކަށް ކުޅެވުނީ އެންމެ ރަނގަޅު މެޗެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2023 | އަންގާރަ 02:35
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ބާސެލޯނާ އަތުން ބަލިވި މެޗުގައި ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިޔަކަށް ނުކުޅެވޭ ކަމަށް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލްގެ ކޯޗު އަންޗެލޮޓީ މިހެން ބުނީ ފައިނަލަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗުގައި ފެނުނީ ރެއާލުން ބާސެލޯނާ އަށް "ހަދިޔާ" އެއް ގޮތުގައި ކަންކަން ދެމުން އައި ކަހަލަ މަންޒަރެއް ކަމަށެވެ. އެގޮތުން މެޗު ފަށައިގެން އައި އިރު ވެސް ރެއާލްގެ ކުޅުންތެރިންގެ ފަރާތުން މެޗުގެ ޖޯޝު މާ ބޮޑަށް ނުފެންނަ ކަމަށާއި، ބާސެލޯނާ އަށް ފަސޭހައިން ދެ ލަނޑު ކުރީ ކޮޅު ޖެހުނީ އެހެންވެ ކަމަށެވެ. އަންޗެލޮޓީ ބުނީ ކުރިއަށް އޮތް ތަނުގައި ރެއާލުން މުޅި ޓީމުގެ ފިޒިކަލް ހާލަތު ރަނގަޅު ކުރަން ޖެހޭނެ ކަމަަށާއި، އެއަށްފަހު ޓީމެއްގެ ގޮތުގައި ކުޅެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މެޗުގައި ހެދުނީ ވަރަށް އާދައިގެ ގޯސްތަކެއް ކަމަށާއި، އެއްވެސް ކުޅުންތެރިޔަކަށް ކުޅެވުނީ އެންމެ ރަނގަޅު މެޗެއް ނޫން ކަމަށެވެ. އަންޗެލޮޓީ ބުނީ ރެއާލްގެ ކުޅުންތެރިންނަށް އެއަށްވުރެ ރަނގަޅަށް ކުޅެވެން ޖެހޭނެ ކަމަށެވެ.

އަންޗެލޮޓީ ބުނީ މިއީ ރެއާލަށް ސީރިއަސް ވަގުތެއް ނޫން ކަމަށެވެ. ނަމަވެސް މިއީ މުޅި ޓީމަށް ވެސް އުނދަގޫ ވަގުތެއް ކަމަށާއި، ބުނެދޭން ވެސް ދަތި ވަގުތެއް ކަމަށެވެ. އެގޮތުން ބައެއް ސީޒަންތަކުގައި މިފަދަ ހާލަތްތައް ވެސް ކުރިމަތިވާނެ ކަމަށާއި، އެންމެ ފުރަތަަމަ ދުވަހުން ފެށިގެން އެކަން އެނގޭ ކަމަށެވެ. އަންޗެލޮޓީ ބުނީ އެކަން ހައްލު ކުރެވޭނީ ކުޅުންތެރިންނާއި އެންމެ ގުޅިގެން ފުރިހަމަ އެއްބާރުލުމެއް ލައިގެން ކަމަށެވެ. އަދި މުޅި ޓީމަށް ވެސް މިއީ ހިތާމަވެރި ވަގުތެެއް ކަމަށާއި، ސަބަބަކީ ރެއާލް އަކީ އާންމު ގޮތެއްގައި ފައިނަލްގައި ބަލިވާ ޓީމަކަށް ނުވުމުން ކަމަށެވެ. އޭނާ ބުނީ މެޗުތަކުގައި އެނބުރި އަންނާނެ ހުރިހާ ވަސީލަތެއް ރެއާލްގައި އޮތް ކަމަށާއި، ރެއާލް އެނބުރި އަންނާނެ ކަމަށެވެ. އަންޗެލޮޓީ ވަނީ އެއްވެސް ސަޕޯޓަރަކު އެކަމާ ޝައްކު ނުކުރަން އެދިފަ އެވެ.

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުން ބަލިވުމުން ރެއާލަަށް ވަނީ މި ސީޒަންގައި ހަ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. މި ސީޒަންގެ މިހާތަނަށް އެ ޓީމުން ވަނީ ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. ދެން އެ ޓީމަށް އޮތީ ފީފާ ކުލަބް ވޯލްޑް ކަޕެވެ. ސްޕެނިޝް ލީގުގައި ބާސެލޯނާއާ ވާދަކުރަމުން އަންނައިރު، ޔުއެފާ ޗެމްޕިއަންސް ލީގާއި ކޮޕަ ޑެލް ރޭ މުބާރާތުގައި ވެސް އެ ޓީމު އެބަ އޮތެވެ.

ރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް