Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރިވަރ ޓަރޓްލް

2 ޤައުމަށް ރަށްވެހި ވެލާތަކުގެ ހިތްގައިމު ހިނގާލުން ބަލައިފިންތަ؟

މި ބާވަތުގެ ވެލާ، 1.07 މީޓަރަށް ބޮޑު ވާއިރު، ބަރުދަންވެސް 90 ކިލޯގްރާމަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2023 | ހޯމަ 06:17
ޖަޔަންޓް ސައުތު އެމެރިކަން ރިވަރ ޓަރޓަލްގެ އާބާދީ ހިމާޔަތް ކުރުމަށް، ޑަބްލިއުސީއެސްއިން ދަނީ ބްރެޒީލްއާއި ބޮލީވިއާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން

ޖަޔަންޓް ސައުތު އެމެރިކަން ރިވަރ ޓަރޓަލްގެ އާބާދީ ހިމާޔަތް ކުރުމަށް، ޑަބްލިއުސީއެސްއިން ދަނީ ބްރެޒީލްއާއި ބޮލީވިއާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން

އެކި ބާވަތްތަކުގެ ވެލައަކީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލި ކަމުގައި ވީ ނަމަވެސް ނެތި ދިއުމުގެ އިންތިހާ ބިރާ ކުރިމަތިލާން ޖެހިފައިވާ އެއްޗެކެވެ. ވެލާގެ އާބާދީ ދިރުވާ އާލާ ކުރުމަށް ހިންގާ މަޝްރޫއުތަކުގެ ޢަދަދުވެސް މަދެއް ނޫނެވެ. އެ ގޮތުން ފާހަގަ ކުރެވޭ، އެންމެ ޢަދަޔާ ޚިލާފު އެއް މަޝްރޫއު ކުރިއަށް ގެންދާ އެއް ބަޔަކީ ވައިލްޑް ލައިފް ކޮންޒަރވޭޝަން ސޮސައިޓީ ނުވަތަ ޑަބްލިއުސީއެސްއެވެ.

ޑަބްލިއުސީއެސް ޖަމާއަތުން ދާދި ފަހުން ވަނީ، ބްރެޒީލްއާއި ބޮލީވިއާ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދުގައި ދެމިގެންދާ ކޯރުގެ އައްސޭރިފަށުގައި އާލާކުރި ވެލާ ބިސްތަކުން އުފަންވި ސައުތު އެމެރިކަން ރިވަރ ޓަރޓްލްތައް ބިހުން ނުކުމެ، އެ ވެލާތަކުގެ ދިރިއުޅުމާ ކުރިމަތިލާން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ކޮށްފައެވެ.

ސާފު ފެނުގައި ދިރިއުޅޭ ވެލާތަކުގެ ތެރެއިން، ލެޓިން އެމެރިކާ ސަރަޙައްދަށް ބަލާއިރު އެންމެ ބޮޑު ބަވަތުގެ ވެލާތައް، އެމެޒޯން ބޭސިންގެ ހުޅަނގު ފަރާތު އައްސޭރީގައި ދެމިގެންދާ ވެލީގެ ގޮނޑުދޮށަށް ބިސް އަޅަމުންދާ އެ ސަރަޙައްދަކީ، މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، އެއް ބާވަތެއްގެ އެންމެ ގިނަ ޢަދަދެއްގެ ވެލާ، އެއްތަނަކުން ފެންނަ ސަރަޙައްދެވެ.

ސެޕްޓެމްބަރު މަސް ނިމޭއަތަށް އެޅުމުން، އެތައް ހާސް ވެލައެއް އެ ގޮނޑުދޮށްތަކަށް ޖަމާވެ، ވަޅުކޮނެ، ބިސް އެޅުމުގެ މަސައްކަތް ފަށައެވެ. އަންދާޒާ ކުރެވޭ ގޮތުގައި، 80000 އެއްހާ ވެލާ، އެ ގޮނޑުދޮށްތަކަށް ބިސް އަޅައެވެ.

ޑަބްލިއުސީއެސްގެ ކޮންޒަރވޭޝަން ޕާޓްނަރ، އިކޯވޭލްއިން އާންމުކޮށްފައި ވާ މަންޒަރުތަކުން ފެންނަ ގޮތުގައި، މުޅި ގޮނޑުދޮށް ފުރާލާފައިވަނީ، ޅަ ވެލާތަކުންނެވެ. އެ ޢަދަދުތައް ހާހުން ގުނާލެވޭނެއެވެ. ބިހުން ނުކުމެ، ކޯރަށް ފައިބައިގެން ދިއުމުގެ ކުރިން، އެ ޅަ ވެލާތައް ވެލިގަނޑު މަތީގައި ފިރުކެމުންދާ މަންޒަރަކީ، ބާލަލި ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނުވާނެ މަންޒަރެއްކަން ޔަޤީނެވެ.

ބިހުގެ ތޮށިގަނޑު ފަޅާލުމަށްފަހު ވެލާތައް ނުކުންނަން ފަށާފައި ވަނީ ޑިސެމްބަރު މަހުގެ މެދަކާ ހިސާބުގައެވެ. ޖެނުއަރީ މަހުގެ ކުރީކޮޅާ ހިސާބަށް އެކަން ދެމިގެން ދިޔައެވެ.

ޖަޔަންޓް ސައުތު އެމެރިކަން ރިވަރ ޓަރޓަލްގެ ނަން ދީފައި ވާ މި ވެލައަކީ، ލެޓިން އެމެރިކާ ސަރަޙައްދުގައި ދިރިއުޅޭ ފްރެޝް ވޯޓަރ ޓަރޓަން ނުވަތަ ސާފު ފެނުގައި ދިރިއުޅޭ ވެލާތަކުގެ ތެރެއިން އެންމެ ބޮޑު ބާވަތުގެ ވެލައެވެ. މި ބާވަތުގެ ވެލާ، 1.07 މީޓަރަށް ބޮޑު ވާއިރު، ބަރުދަންވެސް 90 ކިލޯގްރާމަށް އަރައެވެ.

ވެލައަކީ ޤުދުރަތީ ދިރުންތަކުގެ ބެލަންސް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާ ބައިވެރިއެކެވެ. ވަކިން ހާއްސަކޮށް، އެއްތަނުން އަނެއް ތަނަށް އޮށްތައް އުފުލާ، ކޯރުތަކުގެ ހުރިހާ ހިސާބެއްގައި ގަސްގަހާގެހި ތިޔާގި ކުރުމުގައި މި ވެލާތަކުން އަދާ ކުރާ ދައުރު ބޮޑެވެ.

ޖަޔަންޓް ސައުތު އެމެރިކަން ރިވަރ ޓަރޓަލްގެ އާބާދީ ހިމާޔަތް ކުރުމަށް، ޑަބްލިއުސީއެސްއިން ދަނީ ބްރެޒީލްއާއި ބޮލީވިއާއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މީގެ ކުރިން، މި ބާވަތުގެ އެތައް މިލިއަން ވެލައެއް އުޅުނު ކަމުގައި ވީ ނަމަވެސް، އެ ޢަދަދު މިހާރު ވަނީ އިންތިހާއަށް ދަށްވެފައެވެ. ޖަޔަންޓް ސައުތު އެމެރިކަން ރިވަރ ޓަރޓަލްގެ އާބާދީ ދަށްވާން ދިމާވި ސަބަބުތަކުގެ ތެރޭގައި، ތެލާއި މަހުގެ އިތުރުން ވިޔަފާރީގެ ބޭނުމަށް މިފަދަ ވެލާތައް ހިފާ، މެރުން ހިމެނެއެވެ.

ޑަބްލިއުސީއެސްއަށް އެއްބާރުލުން ދޭ ފަރާތްތަކުން ދަނީ، ވެލާ ބިހަށް ފާރަލާ ފަރާތްތަކުގެ ކިބައިން އެ ބިސްތައް ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބޯހިމަނާ އުސޫލުން، ބިސް އަޅަން އަރާ ވެލާތަކުގެ ތަފާސް ހިސާބުތައް ބަލަހައްޓައެވެ. އެއީ މި ބާވަތުގެ ވެލާ ދިރުވާ އާލާ ކުރުމުގެ މަސައްކަތަށް ލުއިފަސޭހަ ކަން ހޯދުމަށް ކުރާ ކަމެކެވެ. 

ރިވަރ ޓަރޓްލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރޫއިން ވަގަށް ބޭރުކުރަން އުޅުނު ހަތަރުހާހެއްހާ ކުދި ވެލާ ހިފަހައްޓައިފި

ޕެރޫއިން ވަގަށް ބޭރުކުރަން އުޅުނު ހަތަރުހާހެއްހާ ކުދި ވެލާ ހިފަހައްޓައިފި

20 ޑިސެމްބަރު 2023
މިއުޒިކްގެ ބަދަލުގައި ޤުރުއާން އަޑުއަހާ މިންވަރު އިތުރު ކުރުމުގެ ފަހަތުގައި ހިތްގައިމު އަޑުގެ ވެރި އިމާމުން!

މިއުޒިކްގެ ބަދަލުގައި ޤުރުއާން އަޑުއަހާ މިންވަރު އިތުރު ކުރުމުގެ ފަހަތުގައި ހިތްގައިމު އަޑުގެ ވެރި އިމާމުން!

11 އެޕްރީލު 2023
ކީރިތި ޤުރުއާންގެ މުޞްޙަފުތައް އާ ކުރުމަށް ޔަމަނުގައި ކުރާ ބުރަ މަސައްކަތް، ބަލާލަން ހިތްގައިމު

ކީރިތި ޤުރުއާންގެ މުޞްޙަފުތައް އާ ކުރުމަށް ޔަމަނުގައި ކުރާ ބުރަ މަސައްކަތް، ބަލާލަން ހިތްގައިމު

28 މާރިޗު 2023
ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

ވެށީގެ ދިފާއުގައި ޕްލާސްޓިކް މަލުގެ ހިތްގައިމު ގުލްދަސްތާއެއް؟

25 ފެބުރުއަރީ 2023
"ބަޚޫރް"ގެ ހިތްގައިމު ވަހުން، 6 ދަރިންގެ ހުވަފަތް މަންމަ، ދިރިއުޅުން ކޮޅަށް ޖަހައިފި

"ބަޚޫރް"ގެ ހިތްގައިމު ވަހުން، 6 ދަރިންގެ ހުވަފަތް މަންމަ، ދިރިއުޅުން ކޮޅަށް ޖަހައިފި

08 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު