Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވެލާ ބިސް އަޅަން އެރުން

އިންޑިޔާގެ ބީޗަކަށް، 6 ލައްކައަށްވުރެ ގިނަ ވެލާ ބިސްއަޅަން އަރައިފި

މިގޮތަށް ދިމާވެފައިވަނީ، ބިސްއެޅުމަށް އަރާ ވެލާތަކަށް ފަސޭހަވާގޮތަށް، އެކަހެރި ބީޗްތަކެއް ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 7 މާރިޗު 2023 | އަންގާރަ 15:57
ވެލާ ބިސް އަޅަން އަރަނީ

ވެލާ ބިސް އަޅަން އަރަނީ

އިންޑިޔާގެ އޮޑިއްސާގެ ގަންޖަމް ޑިސްޓްރިކްޓްގެ ބީޗްތަކަށް މިއަހަރު ހަ ލައްކައަށްވުރެ ގިނަ، އޮލިވް ރިޑްލީ ކިޔާވައްތަރުގެ ވެލާ، ބިސްއަޅަން އަރާފައިވާކަމަށް ޚަބަރު ލިބެއެވެ. މިއީ މިހާ ގިނަ އަދަދަކަށް ވެލާ ބިސްއަޅަން އެރި ފުރަތަމަ ފަހަރެވެ. އެ ޑިސްޓްރިކްޓްގެ ފޮރެސްޓް އޮފިސަރަކާ ހަވާލާދީ ހިންދޫ ނޫހުގައި ބުނެފައިވާގޮތުގައި މިގޮތަށް ދިމާވެފައިވަނީ، ބިސްއެޅުމަށް އަރާ ވެލާތަކަށް ފަސޭހަވާގޮތަށް އެކަހެރި ބީޗްތަކެއް އެކަމަށް ކަނޑައަޅާފައި ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ކޮންމެ އަހަރަކުވެސް އާންމު ގޮތެއްގައި ވެލާ ބިސްއަޅަން އަރާކަމަށް ވަނީ ފެބްރުއަރީ 23އާ މާރޗް 2އާ ދެމެދުގައެވެ. އޮފިޝަލް ވިދާޅުވިގޮތުގައި މިއަހަރު އެހިސާބަށް ގުދުރަތީ ކާރިސާއެއްވެސް އައިސްފައިނުވުމާއި، ބީޗްތަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވުމަކީވެސް އެހާ ގިނަ އަދަދެއްގެ ވެލާ އެބީޗްތަކަށް އެރި މައިގަނޑު އެއް ސަބަބެވެ.

މިގޮތަށް އަރާ ބައެއް ވެލާތަކުގައި ފޮރެސްޓް ޑިޕާޓްމަންޓްގެ ފަރާތުން ފާހަގަވެސް ޖަހައެވެ. ބޭނުމަކީ އެނބުރި އެ ބީޗްތަކަށް އަންނަ ނިސްބަތް ދެނެގަތުމެވެ. މިދިޔަ އަހަރު ފާހަގަ ޖެހި ވެލާތަކުގެ ތެރެއިން 150 އެއްހާ ވެލާ، މިއަހަރު ހަމަ އެބީޗްތަކަށް އަރާފައިވާކަމަށް އޮފިޝަލުން ވިދާޅުވެފައި ވެއެވެ. އަދި ފާހަގަ ޖެހި ދެ ވެލާ، ސްރީލަންކާއަށާއި އިންޑިޔާގެ ޓެމިލްނާޑޫއަށްވެސް އަރާފައިވެއެވެ. ވެލާގެ ހަރަކާތްތައް ހުންނަގޮތް ދެނެގަތުމަށް އަމާޒުކޮށް ހިންގާ، ފާހަގަ ޖެހުމުގެ ޕްރޮގްރާމް 10 އަހަރަށް ހިންގާނެކަމަށްވެއެވެ.

މިސީޒަންގައި އެޅި ބިސްތައް ވިހާނެކަމަށް ބެލެނީ އެޕްރިލް އަދި މޭ މަހުއެވެ. ބިސްވަޅުތައް ބެލެހެއްޓުމަށް ޚާއްސަ ފޮރެސްޓް އޮފިސަރުން ތަމްރީންކޮށް، ވަޅުތަކަށް ހިމާޔަތް ދެމުން ދާކަމަށް ޚަބަރު ލިބެއެވެ.

މިދިޔަ އަހަރުވެސް އެހިސާބަށް 5 ލައްކައަށްވުރެ ގިނަ ވެލާ ބިސްއަޅަން އަރާފައިވެއެވެ. 

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު

15 އެޕްރީލު 2017
ބިއުޓީ އެންޑް ދަ ބީސްޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
21 މާރިޗު 2017

އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް

21 މާރިޗު 2017
އެރީތާ ފްރެންކްލިން ވައްޓާލައި އެންމެ ގިނަ ހިޓްސް ލިބިފައިވާ އަންހެން އާޓިސްޓްގެ ލަގަބު ނިކީ މިނާޖަށް
17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު