Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެއްކާ ބެހޭ ޤާނޫނު

އަލަށް ފާސްކުރި ހެއްކާބެހޭ ޤާނޫނަކީ ޒަމާނަށް ފެތޭ، ތަފްޞީލު އުޞޫލުތައް ހިމެނޭ ފުރިހަމަ ޤާނޫނެއް: ޕީޖީ

15 ޖެނުއަރީ 2023 | އާދީއްތަ 04:58

މި މަސައްކަތުގައި އެމްއެމްއޭއާއި، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރޯލު ބޮޑު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖެނުއަރީ 2023 | އާދީއްތަ 04:58
ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މައުލޫމާތު ދެއްވަނީ

އަލަށް ފާސްކުރި ހެއްކާބެހޭ ޤާނޫނަކީ ޒަމާނަށް ފެތޭ، ތަފްޞީލު އުޞޫލުތައް ހިމެނޭ، ފުރިހަމަ ޤާނޫނެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

"ހެއްކާބެހޭ ޤާނޫނަށް ހުރިހާ އިދާރާއެއް އެއްކޮށް ތައްޔާރުވުން" މި ސުރުޙީގެ ދަށުން ޝަމީމް އޭނާގެ ބްލޮގްގައި ޝާއިއު ކުރައްވާފައިވާ ލިއުމެއްގައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމަށް ގެންނަން މަސައްކަތްކުރަމުންދާ ބަދަލުތަކުގެ ތެރެއިން މުހިންމު އެއް ބަދަލަކީ، ހެއްކާބެހޭ މުޅިން އައު ޤާނޫނެއް އެކުލަވާލުންކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، މިފެށޭ ހަފްތާގެ ބުދަ ދުވަހަކީ، މުޅިން އައު ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚީ ދުވަސް ކަމަށެވެ.

Advertisement - newsAdvertisement

އަލަށް ފާސްކުރެއްވި ހެއްކާބެހޭ ޤާނޫނަކީ، މިޒަމާނަށް ފެތޭ، ތަފްޞީލު އުޞޫލުތައް ހިމެނޭ، ފުރިހަމަ ޤާނޫނެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން މިޤާނޫނު ގެޒެޓު ކުރެއްވީ 18 ޖުލައި 2022 ގައެވެ. ޢަމަލުކުރަން ފަށާން އޮތީ، އޭގެ 6 މަސްދުވަސްފަހުން، 18 ޖަނަވަރީ 2023 ގައެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ޤާނޫނު ފާސްވިއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެންނަވާފައިވާ ބައެއް އިޞްލާޙުތައް، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހިއިރު ބަދަލު ގެންނަވާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޢަމަލީ ގޮތުން މިޤާނޫނުގެ ބޭނުން ހިފުމުގައި ކުދިކުދި ގޮންޖެހުން ހުރެދާނެކަމަށް ފެނިލައްވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެހެންނަމަވެސް، ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އުނދަގޫތައް ދިމާވާނަމަ، އެކަންކަން ޙައްލުކުރަން އަލުން ރައްޔިތުންގެ މަޖިލީހުގައި ދެންނެވިދާނެކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ދަތިތަކާއެކުވެސް، ޤާނޫނު ފާސްވުމުގެ ބޭނުންތެރިކަން މާ ބޮޑު ކަމަށެވެ. 

ޤާނޫނު ފާސްވުމާއެކު، މިޤާނޫނަށް ތައްޔާރުވުމުގެ މަސައްކަތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންނަނީ ކުރަމުންނެވެ. އެގޮތުން ހައެއްކަ ޤާނޫނީ ވަކީލުން، މިޤާނޫނަށް އަހުލުވެރިވެ، މިޤާނޫނު ފުރިހަމައަށް ދިރާސާކޮށް، ދިވެހިރާއްޖެއާއި، ރާއްޖެއިން ބޭރުގެ ކޭސްތަކުގައި މިޤާނޫނުގައި ހުރި އުޞޫލުތައް ތަޠުބީޤު ކޮށްފައިވާ ގޮތް ދަސްކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އަންނަ ބުދަ ދުވަހުގެ ކުރިން، ހުރިހާ ޕްރޮސިކިއުޓަރުންނަކީ މިޤާނޫނަށް އަހުލުވެރިވެ، ޚާއްޞަ ތަމްރީނު ހަދާފައިވާ މީހުންނަށްވާނެ ކަމަށެވެ.

މީގެ އިތުރުން، ހެއްކާބެހޭ ޤާނޫނުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނުއިރު، ކޮމިޓީގައި މެމްބަރުން ދެއްކެވި ވާހަކަފުޅުތައް، އަކުރުން އަކުރަށް ލިޔެ، ފޮތެއްގެ ސިފައިގައި ޝާއިޢުކޮށްފައިވާނެ ކަމަށްެވެސް ޝަމީމް ވިދާޅުވިއެވެ. ހަމައެއާއެކު، ހެއްކާބެހޭ ޤާނޫނު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް އަތްމަތީ ފޮތެއްގެ މަސައްކަތްވެސް މިހާރު އޮތީ ނިމުމަކާ ހިސާބުގައިކަމަށް ޝަމީމް ވިދާޅުވިއެވެ.  އެފޮތުގައި، ކޭސްލޯ ތަކާއި، ޗާޓުތަކާއި، މިހާރު ޢަމަލުކުރާ އުޞޫލުތަކާއި، އެއުޞޫލުތަކަށް އަންނާނެކަމަށް ފެންނަ ބަދަލުތައްވެސް ހިމަނާފައިވެއެވެ. މިހުރިހާ ފޮތެއް، ޕީޖީ އޮފީހުގެ ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް "ލެތުން" އިން ހިލޭ، ލިބިވަޑައިގަންނަވާނެއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި، މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ތާރީޚީ ދެދުވަސް ކަމަށެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ޖުޑީޝަލް އެކަޑަމީއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ލީގަލް އޮފިސަރުންނަށް، ހެއްކާބެހޭ ޤާނޫނުގެ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ހިންގިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި މި މަސައްކަތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އެއޮތޯރިޓީގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރޯލު ވަރަށް ބޮޑެވެ.

ދިވެހިރާއްޖޭގެ 2022 ވަނަ އަހަރުގެ ނޭޝަނަލް ރިސްކް އެސެސްމަންޓުން ފެނުނު އެއް މަންޒަރަކީ، އަދި ރަނގަޅުކުރަންޖެހޭ ކަމަށް ދައުލަތުގެ ހުރިހާ އިދާރާއަކުން އޭރު އެއްބަސްވެފައިވާ އެއް ކަމަކީ، މަނީ ލޯންޑަރިންގާއި ޓެރަރިޒަމް ފައިނޭންސިންގެ މައްސަލަތަކުގައި ހުށަހަޅާ ހެކިތައް ވަޒަންކުރަން، އެކަށީގެންވާ ރަނގަޅު ހެއްކާބެހޭ ޤާނޫނެއް ނެތުމާއި، ހެއްކާބެހޭ އުޞޫލުތަކަށް ޖިނާއީ ޢަދުލުގެ ނިޒާމުގައި ޙަރަކާތްތެރިވާ މީހުން ތަމްރީނުވެފައި ނެތުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިހާރު ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ތައްޔާރުވެފައި އޮތުމުން، މިދާއިރާއިން ރާއްޖެއަށް ކުރިއަށް އޮތް އަހަރު އިތުރު ކުރިއެރުން ހޯދިދާނެކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ،  މިކަމަށްޓަކައި، ޤާނޫނީ ވަކީލުންނާއި ފަނޑިޔާރުން، ހެއްކާބެހޭ ޤާނޫނުގެ އުޞޫލުތަކަށް ތަމްރީނުވެފައި އޮތުމަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެފް.އޭ.ޓީ.އެފް އާއެއްކޮށް ކުރާ މަސައްކަތުގައި ކޮންމެހެން ކުރާންޖެހިފައި އޮތް ކަމެއް ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ހިންގާ ޕްރޮގްރާމްތަކުގައި، އެމް.އެމް.އޭގެ އިތުރުން، ޖުޑީޝަލް އެކަޑަމީއާއި، ޔޫ.އެން.ޑީ.ޕީއާއި، ބަންޑާރަ ނައިބުގެ އޮފީހާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިޔުމަންރައިޓްސް ކޮމިޝަނާއި، އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ޖަސްޓިސްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަމަށް ޝަމީމް ވިދާޅުވިއެވެ. 

އަދި މިކަން ތާރީޚީ ކަމަކަށްވަނީ، ޤާނޫނަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއްގައި، ދައުލަތުގެ ކަމާބެހޭ ހުރިހާ އިދާރާތައް އެއްކޮށް، ގުޅިގެން މަސައްކަތްކުރެވޭ މިންވަރަށް މިދާއިރާ ތަޞައްރަފު ފުދެމުންދާތަން ފެނުމުންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ އެގޮތުން ޔޫ.އެން.ޑީ.ޕީއާއި ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން 2015 ވަނަ އަހަރު ޤާނޫނުލްޢުޤޫބާތަށް އަހުލުވެރިކުރަން ކުރެއްވި މަސައްކަތުގައި، މިމިންވަރުގެ ތަޞައްރަފު ފުދުމެއް، ބައެއް އިދާރާތަކުން އޭރު ފެނިފައިނުވާތީ، މިހާރު މިފެންނަ މަންޒަރަކީ އުފާވެރި މަންޒަރަކަށްވަނީ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވާ ގޮތުގައި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހުވެސް، ފުރުޞަތު ލިބޭ ވަރަކުން، ހެއްކާބެހޭ ޤާނޫނާއި، އެނޫންވެސް ޤާނޫނުތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް، ދައުލަތުގެ އިދާރާތަކަށާއި، ކައުންސިލްތަކަށް ފޯރުކޮށްދިނުމަކީ ޕީޖީ އޮފީހުން ޝައުޤުވެރިކަމާއެކު ކުރާނޭ ކަމެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
29 ސެޕްޓެމްބަރު 2025

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
25 ސެޕްޓެމްބަރު 2025

މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި

25 ސެޕްޓެމްބަރު 2025
މާވަށުގައި މީހަކު މަރާލުން: މުހައްމަދު އިބްރާހިމަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފި
05 ސެޕްޓެމްބަރު 2025

ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން

05 ސެޕްޓެމްބަރު 2025
ސަޢީދުގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ ރިޕޯޓުގެ މައުލޫމާތު ހާމަކުރެވޭކަށް ނެތް: ފުލުހުން
16 ޖުލައި 2025

މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި

16 ޖުލައި 2025
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
11 ޖުލައި 2025

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ

11 ޖުލައި 2025
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މަޢުލޫމާތު ޝާއިޢުކުރުމަށް ޕީޖީ އޮފީހުން ފަންނީ އެހީތެރިކަން ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް