Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

މި ސީޒަނަށްފަހު ޓޮޓެންހަމްއިން ލޫކަސް މޯރާ ދޫކޮށްލަނީ

ޓޮޓެންހަމުން ނިންމާފައިވަނީ މޯރާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ އެއްބަސްވުން އައު ނުކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2023 | ހޮނިހިރު 12:06
ލޫކަސް މޯރާ

ލޫކަސް މޯރާ

ޓޮޓެންހަމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ލޫކަސް މޯރާ މި ސީޒަނަށްފަހު ދޫކޮށްލަން އެ ކުލަބުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭއެވެ. ކޮންޓޭ ބުނީ ޓޮޓެންހަމުން ނިންމާފައިވަނީ މޯރާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ އެއްބަސްވުން އައު ނުކުރުމަށް ކަމަށެވެ. އެއީ ޓޮޓެންހަމްގެ ނިންމުމެއް ކަމަށާއި، އެ ނިންމުން ނިންމީ އެތައް ގޮތަކުން ވިސްނާފައި ކަމަށްވެސް ކޮންޓޭ ބުންޏެވެ. ޓޮޓެންހަމާއެކު މޯރާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. މީގެ އިތުރުން ކޮންޓޭ ބުނީ މިހާރު ކުރިއަށްދާ ސީޒަނަކީ މޯރާއަށް އުނދަގޫ ސީޒަނެއް ކަމަށެވެ. އޭނާ ބުނީ ތެދަށް ބުނާނަމަ، މި ސީޒަނަށް ޕްލޭން ހަދައި، ތައްޔާރުވީއިރު މޯރާއަކީ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް މޯރާ ޓޮޓެންހަމަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 213 މެޗުގައި 38 ލަނޑު ޖަހާފައެވެ. ޓޮޓެންހަމާއެކު މޯރާ ވަނީ 19-2018 ވަނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 21-2020 ވަނަ ސީޒަންގެ ކަރަބޯ ކަޕްގެ ފައިނަލް ކުޅެފައެވެ. އުމުރުން 30 އަހަރުގެ މޯރާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. 2011 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް އޭނާ ވަނީ 35 މެޗު ކުޅެދީ، ހަތަރު ލަނޑު ޖަހާފައެވެ. ގައުމީ ޓީމާއެކު އޭނާ ވަނީ 2013 ވަނަ އަހަރުގެ ކޮންފަޑެރޭޝަން ކަޕް ކާމިޔާބުކޮށްފައެވެ.

ޓޮޓްނަމް ހޮޓްސްޕަރލޫކަސް މޯރާ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު