Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

އާސެނަލްގެ އަމާޒަކީ ޓޮޓެންހަމް ދަނޑުގައި މޮޅުވުން

ޓޮޓެންހަމްގެ ދަނޑުގައި އާސެނަލުން އެ ޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެއް ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2023 | އާދީއްތަ 02:14
އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލްގެ އަމާޒަކީ ޓޮޓެހަމްގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދުން ކަމަށް މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ ކޯޗު އާޓެޓާ މިހެން ބުނީ ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ޓޮޓެންހަމްގެ ދަނޑުގައި އާސެނަލުން އެ ޓީމާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ. އެ މެޗަށް ނުކުންނައިރު ޓޮޓެންހަމްގެ ދަނޑުގައި އާސެނަލުން އެ ޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެއް ނުވެ އެވެ. އޭގެ ތެރެއިން އެއް މެޗު އެއްވަރުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އާޓެޓާ ބުނީ ކުރިއަށް އޮތް މެޗުގައި އަމާޒަކީ ކުރިން މޮޅުނުވެވި އޮތް އޮތުން ނިމުމަކަށް ގެނެސް، އެކަން ބަދަލު ކުރުން ކަމަށެވެ. މި ސީޒަންގައި އާސެނަލްގެ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ވަނީ 3-1 އިން މޮޅުވެފަ އެވެ.

އާޓެޓާ ބުނީ ޓޮޓެންހަމާ ދެކޮޅަށް ކުޅުމަކީ އޭނާ ބޭނުންވާ ކަމެއް ކަމަށާއި، އެއީ ސީޒަންގައި ކުޅޭނެ އެންމެ ބޮޑު އެއް މެޗު ކަމަށެވެ. އެ މެޗަކީ ކިހާ މުހިންމު މެޗެއްކަން ޓީމުގެ ކުޅުންތެރިންނާއި، އެެންމެހާ ސަޕޯޓަރުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ޓޮޓެންހަމާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް ކަމަަށާއި، އެ ޓީމުން މެޗު އަނބުރާލާނީ ނުވެސް ވިސްނައި ތިއްބާ ކަމަށެވެ. މީގެ އިތުރުން މެޗުގައި އާސެނަލަށް އުނދަގޫ ކުރާނެ އެތައް "ހަތިޔާރެއް" ޓޮޓެންހަމްގައި ހުންނާނެ ކަމަށާއި، އާސެނަލުން އެކަމަށް ތައްޔާރުވާނީ އެންމެ ފުރިހަމަ އަށް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނަށް އެމީހުން ކުރަން ޖެހޭނީ ކޮން ކަމެއްކަން ވަރަށް ސާފުކޮށް އިނގޭނެ ކަމަށެވެ.

މި ސީޒަންގައި އާސެނަލް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 17 މެޗުން އެ ޓީމަށް 44 ޕޮއިންޓު ލިބޭއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ލިބެނީ 39 ޕޮއިންޓެވެ. ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އާސެނަލަށް ލީގުގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ ބަލިވުމުންނެވެ.

ޕްރިމިއަރ ލީގުޓޮޓްނަމް ހޮޓްސްޕަރއާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު