Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ

މެސީ ހޯދުމުގެ ޝައުޤުވެރިކަން ސައުދީގެ ދެ ކުލަބަކުން ގެންގުޅޭ

ދެ ކުލަބުން ވެސް މެސީ އަށް ގާތްގަނޑަކަށް ސީޒަނަކު ޖުމުލަ 306 މިލިއަން ޕައުންޑު ލިބޭ މުސާރައެއް ހުށަހަޅަން އަންނަނީ ތައްޔާރުވަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2023 | އާދީއްތަ 02:12
ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މެސީ

ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު މެސީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމުގެ ޝައުޤުވެރިކަން ސައުދީ އަރަބިޔާގެ ދެ ކުލަބަކުން ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ ހޯދުމުގެ ޝައުޤުވެރިކަން ސައުދީގެ އަލް-ޙިލާލް އިން ގެންގުޅެމުން ދަނިކޮށް، އަލް-އިއްތިޙާދު ވެސް ވަނީ އެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން އަލް-ޙިލާލް އިން މެސީ އަށް 245 މިލިއަން ޕައުންޑުގެ މުސާރައެއް ހުށަހެޅުމުގެ ވާހަކަތައް އަންނަނީ ދެކެވެމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އޭގެ ފަހުން އަލް-އިއްތިޙާދުން ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ކުލަބުން އޮތީ މެސީ ހޯދުމުގެ ރޭހަށް ވަންނަން ތައްޔާރަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ދެ ކުލަބުން ވެސް މެސީ އަށް ގާތް ގަނޑަކަށް ސީޒަނަކު ޖުމުލަ 306 މިލިއަން ޕައުންޑު ލިބޭ މުސާރައެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް ރިޕޯޓުތަކުގައިވާ އެ ދެ ކުލަބަށް މެސީ ހޯދޭނީ މި ސީޒަން ނިމުމުންނެވެ. ސަބަބަކީ ކުލަބު ހިންގުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ފީފާ އިން ފިޔަވަޅު އަޅާފައިވުމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން މި ސީޒަންގެ ނިޔަލަށް މެސީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވި ނަމަވެސް، އިތުރު އެއް އަހަރަށް އެ އެއްބަސްވުން އައު ކުރުން ގާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމުގެ މަޝްވަރާތައް ޕީއެސްޖީ އާއި މެސީއާ ދެމެދު ކުރެވެމުންދާ ކަމަށް އެ ކުލަބުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މެސީގެ އިތުރުން ސައުދީ ލީގުގެ ޓީމުތަކުން ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗާއި، އިޓާލިއަން ލީގުގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އެންހެލް ޑި މާރިއާ އާއި ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ސާޖިއޯ ރާމޯސް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މެސީ ހޯދުމުގެ މަސައްކަތް އަލް-ޙިލާލް އާއި އަލް-އިއްތިޙާދުން ކުރަމުން އަންނަނީ އެ ލީގުގައި ކުޅެމުން އަންނަ އަލް-ނަޞްރުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމާ ގުޅިގެންނެވެ. އަލް-ނަޞްރުން ރޮނާލްޑޯ ހޯދީ ބޮޑު އަގަކަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކުލަބުން ވަނީ ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއް ދިނުމަށް އެއްބަސްވެފަ އެވެ.

ލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު