Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޔުވެންޓަސް ބަލިކޮށް ނަޕޯލީ އަށް 10 ޕޮއިންޓުގެ ލީޑެއް

މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2023 | ހޮނިހިރު 05:59
މެޗުގައި ލަނޑު ޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ނަޕޯލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ނަޕޯލީން ލީގު ތާވަލްގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ކުޅުނު މެޗު ކާމިޔާބުކުރީ 5-1 އިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ  ވިކްޓާ އޮސީމެން އެވެ. އެއީ ރީ ބައުންސަށް ނިކުތް ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން މެޗުގެ 39 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ފުޅާކޮށްދިނީ ކްރަވަޝްކޭލިއާ އެވެ. އެއީ ފުރަތަމަ ލަނޑު ޖެހި އޮސީމެންގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޔުވެންޓަސްގެ އެންހެލް ޑި މާރިއާ ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފަށް ނިކުމެ ނަޕޯލީން ވަނީ ތިން ލަނޑު ޖަހައި، އެ ޓީމުގެ ފެންވަރު ދައްކާލާފަ އެވެ. ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި ނަޕޯލީގެ ތިން ވަނަ ލަނޑު ޖެހީ، އާމިރް ރަހްމާނީ އެވެ. އޭގެ 10 މިނެޓު ފަހުން އޮސީމެން ވަނީ ނަޕޯލީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ނަޕޯލީގެ ފަހު ލަނޑު 72 ވަނަ މިނެޓުގައި ޖެހީ އެލްޔިފް އެލްމާސް އެވެ.

މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ލީގުގައި ކުޅުނު 18 މެޗުން 47 ޕޮއިންޓާއެކު ނަޕޯލީ އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން އޮތީ 17 މެޗުން 37 ޕޮއިންޓާއެކު އެވެ. ނަޕޯލީ އަތުން ބަލިވި ޔުވެންޓަސް އޮތީ 18 މެޗުން 34 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ.

އިޓާލިއަން ލީގުނަޕޯލީޔުވެންޓަސް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
02 ޖުލައި 2025

ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް

02 ޖުލައި 2025
ޔުވެންޓަސް ބަލިކޮށް ރެއާލް ކުއާޓަރ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
24 ޑިސެމްބަރު 2024

އިންޓަ އިން ކޯމޯ ބަލިކޮށްފި

24 ޑިސެމްބަރު 2024
އިންޓަ އިން ކޯމޯ ބަލިކޮށްފި
23 ޑިސެމްބަރު 2024

އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި

23 ޑިސެމްބަރު 2024
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
23 ޑިސެމްބަރު 2024

ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް

23 ޑިސެމްބަރު 2024
ޕާމާ އަތުން ރޯމާ އަށް ފަސް ލަނޑުގެ މޮޅެއް
17 ޑިސެމްބަރު 2024

ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި

17 ޑިސެމްބަރު 2024
ލާޒިއޯ ބަލިކޮށް، އިންޓަ ތިން ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު