Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ނޫސްވެރިން ތަމްރީނުކުރުން

ނޫސްވެރިން ތަމްރީނުކުރުމަށް ޗައިނާ އެމްބަސީއާ މަޝްވަރާކޮށްފި

ޗައިނާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ޖެނުއަރީ 2023 | ހުކުރު 07:15
އެމްއެމްސީގެ މެންބަރުންނާއި ޗައިނާގެ އެމްބެސެޑަރުގެ ބައްދަލުވުން

އެމްއެމްސީގެ މެންބަރުންނާއި ޗައިނާގެ އެމްބެސެޑަރުގެ ބައްދަލުވުން

ޗައިނާގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ޗައިނާ އެމްބަސީގައި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާ އާއި މެންބަރު މޫސާ ރަޝީދު އާއި މެންބަރު އަރުމާން ރަޝީދު، އާއި މެންބަރު މުޙައްމަދު އަފްރާހް އަދި މެންބަރު އަލީ ނިޝާންއެވެ. ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިން އަދި ތަރޑް ސެކްރިޓަރީ ޒަންގް ފެންގްއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޗައިނާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މީޑިއާކީ ރަހުމަތްތެރި ކަމާއެކު މުއާމަލާތްކުރުމަށާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މުހިންމު ބްރިޖެއް އަދާކުރާ ބައެއްކަމުގައި ވަނީ ސިފަކޮށްފައެވެ. މީޑިއާ އެކްސްޗޭންޖްކުރުމާއި އެއްބާރުލުން ދިނުމަކީ ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް މުހިންމު ބައެއް ކަމަށާއި، މައުލޫމާތު ފެތުރުމާއި، ޝައްކުތައް ކުޑަކޮށް، ދެ ގައުމުގެ މެދުގައި ވިސްނުން އިތުރުކޮށް، އެކުވެރިކަން ބަދަހިކޮށް، ސަގާފީ މުއާމަލާތްތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް މީޑިއާއިން އަދާކުރާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންމޯލްޑިވްސް މީޑިއާ ކައުންސިލްރާއްޖެ-ޗައިނާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
29 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!

29 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން ޗައިނާ އާއެކު ސޮއި ކޮށްފައިވާ 11 އެއްބަސްވުމުގެ ތަފްސީލު ދޭން ފޮރިން މިނިސްޓްރީން ދެކޮޅުހަދައިފި!
27 ސެޕްޓެމްބަރު 2025

ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ

27 ސެޕްޓެމްބަރު 2025
ރާއްޖޭގެ ރިސޯޓެއްގައި ޑައިވިންގ އަށް ގެންދިޔަ ޗައިނާގެ ފަތުރުވެރިއަކު ކަނޑުމަތީގައި ގިނަ އިރު އޮންނަން މަޖުބޫރުވި ބިރުވެރި ހާދިސާ އެ ގައުމުގެ ސޯޝަލް މީޑިއާ ގައި ފެތުރިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު