Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޯލްޑް ބޭންކް

ވޯލްޑް ބޭންކް ގްރޫޕާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް އައު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކެއް އެކުލަވާލައިފި

އައު ސިޔާސަތުގައި އައިއެފްސީން އަދި މިގާއިން ރާއްޖެއާ އެކު މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2023 | ހުކުރު 06:53
އާންމު ރައްޔިތުން

އާންމު ރައްޔިތުން

ދެމެހެއްޓެނިވި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ މުސްތަގުބަލެއް ގާއިމްކުރުމުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އައު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކެއް އެކުލަވާލައިފިއެވެ.

2023 އިން 2027 އަށް އެކުލަވާލާފައިބާ މި ފްރޭމްވޯކާ ބެހޭގޮތުން ވޯލްޑް ބޭންކް ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ވަނީ މަޝްވަރާކޮށްފައެވެ. ފަސް އަހަރުގެ މުއްދަތަކަށް އެކުލަވާލި އައު ސިޔާސަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މެންބަރު ޖަމިއްޔާތަކުގެ ތެރެއިން ވޯލްޑް ބޭންކް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ހާއްސަކޮށް މަސައްކަތްކުރާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި ސިޔާސީ ކަންކަމާ ގުޅޭ އިންޝުއަރެންސާއި ފައިސާ ހޯދަން ފަހިވާނެ ފަދަ ގެރެންޓީ ދޭ މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (މީގާ) އިން ރާއްޖެއާ އެކު މަސައްކަތް ކުރާނެ މައިގަނޑު ދާއިރާތައް ކަނޑައަޅާފައިވެ އެވެ.

Advertisement - newsAdvertisement

އައު ސީޕީއެފްގެ އަމާޒަކީ މައިގަނޑު ތިން މަގްސަދެއް ހާސިލްކުރުމެވެ. އެއީ، އިގްތިސާދީ ފުރުސަތުތައް އިތުރުކުރުމާއި އިންސާނީ ވަސީލަތްތަކުގެ ނަތީޖާ ރަނގަޅުކުރުން އަދި ކުރިމަތިވާ ކުއްލި ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމެވެ. މި މަގްސަތުތައް ހާސިލުކުރުމަށްޓަކައި އަހައްމިއްޔަތުކަން ދޭނެ ދާއިރާތަކަކީ ތައުލީމާއި ސިއްހީ ނިޒާމުގެ ފެންވަރު ހަރުދަނާކުރުން؛ މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެވޭ އެހީތެރިކަން އިތުރުކުރުން؛ މާލީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، ދެފުށް ފެންނަކަން ކަށަވަރުކުރުން؛ މުރަކައިގެ ފަރުތައް ފަދަ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތައް ކުޑަކުރުން؛ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ ކުރިއެރުން އިތުރުކުރުން؛ ހިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުން؛ އަދި ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ސީޕީއެފް ތައްޔާރުކޮށްފައިވަނީ ސިސްޓަމެޓިކް ކަންޓްރީ ޑައިގްނޯސްޓިކް އަޕްޑޭޓެއްގެ ޒަރިއްޔާއިން ރާއްޖޭގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، ކުރީގެ ސީޕީއެފް ތަންފީޒުކުރުމުގެ ތެރޭގައި ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާއި އިލްމީ ބޭފުޅުން އަދި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގައި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ)ގެ އެހީގެ ދަށުން ހިންގާ 9 ޕްރޮޖެކްޓަކާއި އައިޑީއޭގެ 1 ގެރެންޓީ ހިމެނޭއިރު، މި މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފައިސާގެ ޖުމްލަ 178 މިލިއަން ޑޮލަރަށް އަރަ އެވެ. މި މަޝްރޫއުތައް ހިންގާ ދާއިރާތަކަކީ އިއާދަކުރަނިވި ހަކަތަ، ޒުވާނުންނަށް ވަޒީފާ ހޯދަން ބޭނުންވާ ހުނަރުތައް، ޑިޖިޓަލް ޓެކްނޮލޮޖީ، އުމްރާނީ ތަރައްގީ، ކުނި މެނޭޖުކުރުން، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުން، ސިއްހީ އަދި ތައުލީމީ ދާއިރާ، އަދި އިޖުތިމާއީ ރައްކާތެރިކަމެވެ. މީގެ އިތުރުން، ވޯލްޑް ބޭންކުން ވަނީ އިގްތިސާދީ ހާލަތު ދެނެގަތުމާއި މާލީ ދާއިރާ އާއި އިޖުތިމާއީ ރައްކާތެރިކަން އަދި ފަގީރުކަން ނައްތާލުން ފަދަ ދާއިރާތަކުން ވެސް ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމަށް އިސްކަންދޭ ވޯލްޑް ބޭންކް ގްރޫޕުގެ ބައެއް ކަމަށްވާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ މެމްބަރަކަށް ރާއްޖެ ވީ 1983 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވެދިޔަ އަހަރުތަކުގައި އައިއެފްސީން ވަނީ، އެހެން ފަރާތްތަކުން ފައިސާ ހޯދައިދިނުން ހިމެނޭ ގޮތަށް 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފަ އެވެ.

ވޯލްޑް ބޭންކް

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

ޣައްޒާ އަލުން އާރާސްތު ކުރުމަށް 70 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާ ކޮށްފި

18 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންތިބީ ބަނޑުހައިހޫނުކަމުގައި: ވޯލްޑް ބޭންކް

20 މާރިޗު 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު