Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލްގެ ޚިދުމަތްތައް

ބީއެމްއެލްއިން "ކިޔަވާ ލޯނު"ގެ އިންޓަރެސްޓް ރޭޓް %5ށް ދަށްކުރުމަށް ނިންމައިފި

12 ޖެނުއަރީ 2023 | ބުރާސްފަތި 18:04

ބީއެމްއެލްއިން އަބަދުވެސް އެންމެ ޒަމާނީ ޚިދުމަތްތައް ރާއްޖެއަށް ފޯރުކޮށްދިނުމަށް އިސްކަންދޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖެނުއަރީ 2023 | ބުރާސްފަތި 18:04
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ ހަފްލާގެ ތެރެއިން

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހުގެ ހަފްލާގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދަރިވަރުންނަށް މަތީ ތައުލީމް ހޯދުމަށް ދޫކުރާ "ކިޔަވާ ލޯނު"ގެ އިންޓަރެސްޓް ރޭޓް ދަށްކުރުމަށް ނިންމާފައިވާކަމަށް, އެ ބޭންކުގެ ޗެއަރޕަރސަން ޔޫޝައު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވީ 1 ފެބްރުއަރީން ފެށިގެން ކިޔަވާ ލޯނުގެ އިންޓަރެސްޓް 9 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފައިވާކަމަށެވެ.

1982 ވަނަ އަހަރު އެ ބޭންކުގެ ޚިދުމަތް ދޭންފެށީ އެންމެ 10 މުވައްޒަފުންނާއެކުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާއަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދޭ، އެންމެ ފުޅާދާއިރާއެއްގައި އިންވެސްޓް ކުރަމުންދާ ކުންފުނިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މާލީ ދާއިރާގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ ބޭންކަކީވެސް ބީއެމްއެލްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބޭންކުން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން އަބަދުވެސް އިސްކަންދޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބީއެމްއެލްއަށް ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އޭނާ ވިދާޅުވީ، ދެހާހުގެ އަހަރުތަކުގެ މެދުތެރޭގައި ދިމާވި ފައިނޭންޝަލް ކްރައިސިސްއާއި، ދާދިފަހުން ކުރިމަތިވި ކޮވިޑްގެ ސަބަބުން ބޭންކަށް ގޮންޖެހުންތަކާ ދިމާވިކަމަށެވެ. ނަމަވެސް ބީއެމްއެލް އޮތީ އެފަދަ ކޮންމެ ހާލަތަކަށްވެސް ތައްޔާރަށްކަން ޔޫޝައު ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ހާލަތުތަކުގައި އަސާސީ ބޭންކިންގ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުމާއި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުރި މަސައްކަތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރާ ގުޅިގެން ރާއްޖޭން ބޭރުގެ އިދާރާތަކުން ފަންޑު ހޯދުމަށް ބީއެމްއެލްއިން މަސައްކަތްކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއިން އަބަދުވެސް އެންމެ ޒަމާނީ ޚިދުމަތްތައް ރާއްޖެއަށް ފޯރުކޮށްދިނުމަށް އިސްކަން ދޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އޭޓީއެމްއާއި، ކާޑާއި، އިންޓަރނެޓް ބޭންކިންގގެ އިތުރުން ޕީއޯއެސް މެޝިން، އަދި ނަގުދު ފައިސާއާނުލައި ދެވޭ ޚިދުމަތްތައް ރާއްޖެއަށް ތައާރަފްކުރީ ބީއެމްއެލްއިން ކަން އޭނާ ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު، 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަން އެ ބޭންކުން ފާހަގަކުރެއެވެ.

ބީއެމްއެލްބޭންކް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
07 ޑިސެމްބަރު 2025

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
18 ނޮވެމްބަރު 2025

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!

18 ނޮވެމްބަރު 2025
ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!
16 ނޮވެމްބަރު 2025

ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އިންޓަރެސްޓް ރޭޓް ކުޑަކުރަނީ

16 ނޮވެމްބަރު 2025
ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އިންޓަރެސްޓް ރޭޓް ކުޑަކުރަނީ
13 ނޮވެމްބަރު 2025

ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ

13 ނޮވެމްބަރު 2025
ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ
12 ނޮވެމްބަރު 2025

ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

12 ނޮވެމްބަރު 2025
ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި
12 ނޮވެމްބަރު 2025

ބީއެމްއެލް އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި

12 ނޮވެމްބަރު 2025
ބީއެމްއެލް އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް