Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާ - ޖަޕާން ގުޅުން

ޗައިނާގެ ކަންބޮޑުވުންތަކާއެކުވެސް އެމެރިކާއާއި ޖަޕާނުން ސަލާމަތީގުޅުން ވަރުގަދަކޮށްފި

ޖަޕާންގައި މިވަގުތު ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަދަދު 54،000ށް އަރާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2023 | ހުކުރު 10:14
އެމެރިކާ އަދި ޖަޕާންގެ ޑިފެންސް މިނިސްޓަރުންނާއި ފޮރިން މިނިސްޓަރުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމެރިކާ އަދި ޖަޕާންގެ ޑިފެންސް މިނިސްޓަރުންނާއި ފޮރިން މިނިސްޓަރުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޗައިނާއާއި އެގައުމުގެ އަވައްޓެރި ގައުމުތަކާ އޮތް ގުޅުން މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. މިފަދަ ވުގުތެއްގައި އަވައްޓެރި ގައުމުތަކާއެކު އެމެރިކާއިން ގުޅުންތައް ވަރުގަދަކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ޗައިނާއިން މިދަނީ ފާޅުކުރަމުންނެވެ. ޗައިނާގެ ކަންބޮޑުވުންތަކާއެކުވެސް އެމެރިކާއާއި ޖަޕާނުން މިވަނީ ދެގައުމުގެ ދެމެދުއޮތް ސަލާމަތީ ގުޅުންތައް އިތުރަށް ވަރުގަދަކުރަން ނިންމައި އެކަން އިއުލާނުވެސް ކޮށްފައެވެ.

ޖެނުއަރީ 11 ވަނަ ދުވަހު އެމެރިކާ އާއި ޖަޕާނުން ވަނީ ދެގައުމުގެ ދެމެދު އޮތް ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. އަދި އެމެރިކާއިން ވަނީ ޖަޕާނުން އެގައުމުގެ ސަލާމަތީ ކަންކަމަށާއި އަސްކަރިއްޔާއަށް ކުރާ ޚަރަދު 2027 ވަނަ އަހަރާ ހަމައަށް ދެގުނަ އިތުރުކުރަން ނިންމާފައިވާތީ އެކަމަށް ތައުރީފުވެސްކޮށްފައެވެ.

ޖަޕާންގެ ވިސްނުމަކީ އެގައުމުން ސަލާމަތީ ކަންކަމާ ކުރާ ޚަރަދު ފަސް އަހަރުގެ ތެރޭގައި ދެގުނަ އިތުރުކޮށް، އެގައުމުގެ ޖީޑީޕީގެ ނިސްބަތުން ދެ އިންސައްތައަށް މިޚަރަދު އިތުރުކުރުމުވެ. އަދި މިމުއްދަތުގެ ތެރޭގައި ކަނޑާއި އެއްގަމަށް ހަމާލާދެވޭ، މަދުވެގެން 600 މޭލަށް ދަތުރުކުރާ މިސައިލް ހޯދުމަކީ ވެސް އެގައުމުގެ އަމާޒެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެނުއަރީ 11 ވަނަ ދުވަހު އެމެރިކާ އަދި ޖަޕާންގެ ފޮރިން މިނިސްޓަރުން ވަނީ ބައްދަލުކުރައްވާ، ހަތަރު ބޭފުޅުން ވަނީ ގުޅިފައިވާ ބަޔާނެއްވެސް ދެއްވާފައެވެ. މިބަޔާނުގައި އެމެރިކާއިން ވަނީ އެގައުމާ ޖަޕާނާ ދެމެދު ގާއިމުކުރެވޭ އެއްބަސްވުންތަކަކީ ސްޓްރެޓެޖިކް ގޮތުން ގައުމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވަމުންދާ ވަގުތު، ގާއިމުކުރެވިގެންދާ ޒަމާނީ ގުޅުމެއްކަމަށް ބުނެފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ އެގައުމާ އެގަމުގެ އެކުވެރި ހުރިހާ ގައުމުތަކުންވެސް، އެގައުމުތަކަށް ސްޓްރެޓެޖީގެ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕީޕަލްސް ރިޕަބްލިކޮ އޮފް ޗައިނާކަން ގަބޫލުކުރާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ލޮއިޑް އޮސްޓިން ވަނީ ޖަޕާންގައި މެރިން ލިޓޮރަލް ރެޖިމެންޓެއް ފަށަން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. މީގެ ސަބަބުން ޖަޕާނުގެ ކަނޑުގެ އަސްކަރިއްޔާއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ރިޕޯޓުތަކުން ފާހަގަކުރާއިރު، މިއެއްބަސްވުމުގެ ސަބަބުން އެގައުމަށް އެންޓި-މިސައިލް ޝިޕްވެސް ލިބިގެންދާނެއެވެ.

ޖަޕާންގައި ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާ މެރިން ލިޓޮރަލް ރެޖިމެންޓްގެ ދަށުން، އެމެރިކާއިން އެގައުމަށް ފޮނުވާ އެންޓި-ޝިޕް މިސައިލްތަކާއެކު، އެމެރިކާގެ 2،000 ކަނޑުގެ ސިފައިން ޖަޕާނަށް ދާނެކަމަށް އެމެރިކާގެ އޮފިޝަލަކު ވަނީ އޮރިޓަރސްއަށް މައުލޫމާތުދީފައެވެ.

މީގެ އިތުރުން، އެމެރިކާގެ 300 އަސްކަރީ ސިފައިންނާއި 13 އުޅަނދުވެސް މިއަހަރުގެ ބަހާރު މޫސުމުގައި ޖަޕާނަށް ފޮނުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިހާރިވެސް ޖަޕާންގައި އެމެރިކާގެ 18،000 ކަނޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިއީ އެމެެރިކާއިން ބޭރުގައި އެގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ ސިފައިން މިވަގުތު އެންމެ ގިނައަށް ތިބި ސަރަހައްދެވެ.

ރިޕޯޓުތައް ބުނާގޮތުން ޖަޕާންގައި މިވަގުތު ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަދަދު 54،000ށް އަރައެވެ.

ދެގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ސަލާމަތީ އެއްބަސްވުންތައް އިތުރަށް ވަރުގަދަކުރަން ނިންމާފައިވާކަމަށް ބްލިންކެން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ މިހާރުގެ ހާލަތައް ބަލައި، ޖަޕާނުގައި ހަރަކާތްތެރިވާ އެމެރިކާ އަސްކަރިއްޔާގެ ސިފައިންނާ، އުޅަނދާ އަދި ސާމާނު އިތުރުކަން ޖެހޭކަމަށް ދެގައުމުންވެސް ގަބޫލުކުރާކަމަށް ޖަޕާން އަދި އެމެރިކާއިން ވަނީ ބުނެފައެވެ.

ޖެނުއަރީ 12 ވަނަ ދުވަހު، އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން އާއި ޖަޕާންގެ ޑިފެންސް މިނިސްޓަރު ޔަސުކަޒު ހަމަޑަ ވަނީ ޕެންޓަގަންގައި ބައްދަލުކުރައްވާފައެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ ޖެނުއަރީ 13 ވަނަ ދުވަހު ބައްދަލުކުރައްވާފައެވެ.

ދެގައުމުގެ ވެރިންގެ ބައްދަލުވުމުގައި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާތައް ވަނީ ކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދު ގާއިމުކޮށްފައިވާ ސަލާމަތީގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާތަކުގެ އިތުރުން ދުނިޔޭގެ އިގުތިސާދީ ހާލަޔާ ގުޅޭ މަޝްވަރާތައް ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން، ބައިޑަން އަދި ކިޝީޑާ ވަނީ ޗައިނާއިން އެކްސްޕޯޓްކުރާ ސެމީކޮންޑަކްޓަރާ ގުޅޭގޮތުންވެސް މަޝްވަރާތައް ކުރައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން، ޖަޕާންއަށް އެމެރިކާގެ ސިފައިން ބޭލުމަކީ، އޭޝިއާގެ އެހެން ގައުމުތަކުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރިކުރުމަށް އެޅޭ ފިޔަވަޅަކަށް ވުން އެކަށީގެންވެއެވެ. އަދި މިއީ ޗައިނާއިން އޭޝިއާގެ ގައުމުތަކަށް ހަމަލާދިނުމުގެ ވިސްނުން ގެންގުޅޭނަމަ، އެފަދަ ކަމެއް ކުރަން ފަސްޖެހޭނެ ސަބަބަކަށްވެސް ވެގެންދާނެ ކަމެއްކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

މިފަދަ އެއްބަސްވުމަކަށް އައިސްފައިވާކަން ޖަޕާން އަދި އެމެރިކާއިން އިއުލާނުކޮށްފައި މިވަނީ އަހަރު ދުވަހުގެ މަޝްވަރާތަކަށް ފަހުއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް ޖަޕާންގެ އަސްކަރިއްޔާއަށް ކުރާ ޚަރަދު ދެގުނަކޮށ،ް އަސްކަރިއްޔާ ވަރުގަދަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނުން އިއުލާނުކުރުންވެސް އެއީ ފާހަގަކުރެވޭ ކަމެކެވެ.

ޖަޕާނުން އެގައުމުގެ އަސްކަރިއްޔާ ވަރުގަދަކުރުމުގެ މަސައްކަތް މިގޮތަށް ކުރަމުން މިދަނީ ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު، 70 އަހަރު މަޑުމަޑުން އޮންނަ ގައުމެއްގެ ގޮތުގައި އޮތުމަށްފަހުއެވެ. އެގައުމުން ފާހަގާކުރާ ގޮތުގައި މިއީ ޗައިނާގެ އަމަލުތަކުގެ ސަބަބުން ރައްކާތެރިވެ، ކޮންމެ ކަމަކަށްވެސް ތައްޔާރަށް އޮތުމުގެ ގޮތުން އެގައުމުން ކުރާ މަސައްކަތެވެ.

ޗައިނާއިން ޓައިވާން ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުކުރުމާއެކު އެކަމުގެ ކަންބޮޑުވުން ޖަޕާނުން ދަނީ ފާޅުކުރަމުންނެވެ. އެމެރިކާއިންވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމެރިކާގެ ޑިފެންސް މިނިސްޓަރު އޮސްޓިން ވަނީ ޗައިނާގެ އަސްކަރީ ހަރަކާތްތައް އެސަރަހައްދުގައި އިތުރުވެފައިވީނަމަވެސް ޗައިނާއިން މިވަގުތުން މިވަގުތަށް ޓައިވާނަށް އަރައި އެގައުމު ހިފަން މަސައްކަތްކޮށްފާނެ ކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ.

ޖަޕާންއެމެރިކާދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު