Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޮލު ރޯގާ

ލޮލު ރޯގާގެ 12،000 އަށްވުރެ ގިނަ ކޭސް މިދިޔަ އަހަރު ރިޕޯޓްކޮށްފައިވޭ

އެޗް.ޕީ.އޭ.އިން ވަނީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖެނުއަރީ 2023 | ބުރާސްފަތި 11:55
އައިޖީއެމްއެޗް

އައިޖީއެމްއެޗް

ފާއިތުވި 2022 ވަނަ އަހަރު، ލޮލުރޯގާގެ 12،000އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމު ބަލިތަކާއި ގުޅޭގޮތުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު، ލޮލު ރޯގާގެ 12،555 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 5 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ބަލިޖެހިގެން ރިޕޯޓްކޮށްފައިވާ 6169 ކޭހާއި 5 އަހަރުން މަތީގެ އުމުރުފުރައިގެ ކުދިންނަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ 6386 ކޭހެވެ. އެ އިދާރާގެ ތަފާސް ހިސާބުތަކުގައި ވާގޮތުން، މާލޭ ސަރަހައްދުން އެކަނިވެސް މިދިޔަ އަހަރު ލޮލު ރޯގާގެ 4723 ކޭސް ވަނީ ފެނިފައެވެ.

ލޮލު ރޯގާގެ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މާލޭ ސަރަހައްދާއި، ރ އަތޮޅާއި، ހދ އަތޮޅާއި، ބ އަތޮޅާއި، ލ އަތޮޅާއި ފުވައްމުލައް ސިޓީ އިންނެވެ. މީގެ އިތުރުން އެޗްޕީއޭއިން ވަނީ، ލޮލުރޯގާ ޖެހިގެން މި ދުވަސްވަރު ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.

އަތޮޅުތެރޭގައި ބަލި ފެތުރިފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ފުވައްމުލައް ސިޓީން 496 ކޭސް، ރ އަތޮޅުން 1252 ކޭސް، ބ އަތޮޅުން 661 ކޭސް، ހދ އަތޮޅުން 1194 ކޭސް އަދި ލ އަތޮޅުން 819 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ލޮލު ރޯގާގެ ކޭސްތައް އިތުރުވާން ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅުން ފެށިގެން ކަމަށެވެ.

ލޮލުރޯގާއަކީ އެންމެ އާއްމު ލޮލުގެ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. ލޮލުރޯގާ ޖެހުމުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ، ރަތްވެ، ޖަރާސީމު އެޅުމަށް މެދުވެރިވެއެވެ. ގައިން ގަޔަށް އަރާ މި ބައްޔަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ޖެހޭ ބައްޔެކެވެ. އެޗް.ޕީ.އޭ.އިން ވަނީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ހެލްތު މިނިސްޓްރީއެޗްޕީއޭ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު