Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓައިވާން-ޗައިނާގެ މައްސަލަ

"މިވަގުތުން މިވަގުތައް ޗައިނާއިން ޓައިވާނަށް އަރައިފާނެކަމަށް ނުބެލެވޭ"

މިގޮތަށް ހަރަކާތްތައް އިތުރުވިޔަސް އެގައުމުން ޓައިވާނަށް އަރައިފާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލުނުކުރެވޭ ކަމަށް އޮސްޓިން ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 ޖެނުއަރީ 2023 | ބުރާސްފަތި 08:10
އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން

އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން

ޗައިނާއިން ޓައިވާން ސަރަހައްދުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތައް އިތުރުވެފައިވީނަމަވެސް އެގައުމުން ކައިރި މުސްތަގުބަލެއްގައި ޓައިވާނަށް އަރައި އެގައު ހިފުމުގެ މަސައްކަތްކުރާނެ ކަމަށް ނުބެލެވޭކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވެއްޖެއެވެ.

އޮސްޓިން މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

އެގޮތުން އޮސްޓިން ވަނީ ޓައިވާން ސަރަހައްދުގައި ޗައިނާ އަސްކަރިއްޔާގެ ވައިގެ ހަރަކާތްތަކާއި ކަނޑުމަތީގެ ހަރަކާތްތައްވެސް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ހަރަކާތްތައް އިތުރުވިޔަސް އެގައުމުން ޓައިވާނަށް އަރައިފާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލުނުކުރެވޭ ކަމަށް އޮސްޓިން ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާއެކު ޗައިނާއިން ވަނީ ޓައިވާނާ ކައިރި ސަރަހައްދުތަކުގައި އެގައުމުގެ އަސްކަރީ ތަމްރީން ޕްރޮގްރާމްތައް ހިންގުން އިތުރުކޮށްފައެވެ. ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވާން ފެށުމާއެކު އެކަމަށް ނުރުހުން ފާޅުކޮށް، އެގައުމަށް އަމާޒުކޮށް ހަމަލާދީ އެގައުމަށް އަރަން މަސައްކަތްކޮށްފިނަމަ މަޑުން ނޯންނާނެކަމަށް ބުނެ ޓައިވާންގެ ސަރުކާރުންވެސް ވަނީ އިންޒާރު ދީފައެވެ.

ޓައިވާންޗައިނާޕެންޓަގަންއެމެރިކާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
12 އޮކްޓޯބަރު 2025

އެމެރިކާ ސަރުކާރު ހުއްޓިފައި، ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް ސިފައިންނަށް މުސާރަ ދޭން ޓްރަމްޕް އަންގަވައިފި

12 އޮކްޓޯބަރު 2025
އެމެރިކާ ސަރުކާރު ހުއްޓިފައި، ހުރިހާ ފަންޑެއް ބޭނުން ކޮށްގެން ވިޔަސް ސިފައިންނަށް މުސާރަ ދޭން ޓްރަމްޕް އަންގަވައިފި
02 އޮކްޓޯބަރު 2025

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު