Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާން-އެމެރިކާ

ޖަޕާނުން އަސްކަރިއްޔާއަށް ކުރާ ޚަރަދު އިތުރުކުރަން ނިންމުމާއެކު އެމެރިކާގެ ތައުރީފު

އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ވަނީ އެމެރިކާ-ޖަޕާން ގުޅުމަކީ އެގައުމުން ގެންގުޅޭ އިންޑޯ-ޕެސިފިކް ސިޔާސަތުކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2023 | ބުރާސްފަތި 07:08
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން

ޖަޕާނުން އެގައުމުގެ އަސްކަރިއްޔާއަށް ކުރާ ޚަރަދު އިތުރުކުރަން ނިންމުމާގުޅިގެން އެކަމަށް އެމެރިކާއިން ތައުރީފުކޮށްފިއެވެ.

ޖަޕާނުން ވަނީ 2027 ވަނަ އަހަރާ ހަމައަށް އެގައުމަށް ދިފާއީ އެކި ކަންކަމުގައި ކުރާ ޚަރަދު ދެގުނައަށް އިތުރުކުރަން ނިންމާފައެވެ.

ޖަޕާންގެ މިނިންމުމާގުޅޭގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވަނީ އެގައުމުގެ ނިންމުމަށް އެމެރިކާއިން ތައުރީފުކުރާކަމަށް، ބުދަ ދުވަހު ވިދާޅުވެފައެވެ.

ބްލިންކެން ވަނީ ޖަޕާނާ އެމެރިކާއާ ދެމެދު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެކަން ވެސް އިއުލާނުކުރައްވާފައެވެ.

ޖަޕާންގެ ބޮޑުވަަޒީރު ފުމިއޯ ކިޝިޑާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބައްދަލުވުމުގެ ކުރިން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އާއި ޑިފެންސް ސެކެޓްރީ އަދި ޖަޕާންގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ވަނީ ބައްދަލުކުރައްވައި މ،ަޝްވަރާތައް ކުރިއަށްގެންދެވާފައެވެ. ބައްދަލުކުރެއްވުމަށްފަހު މި ހަތަރު ބޭފުޅުން ވަނީ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން، އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ވަނީ އެމެރިކާ-ޖަޕާން ގުޅުމަކީ އެގައުމުން ގެންގުޅޭ އިންޑޯ-ޕެސިފިކް ސިޔާސަތުކަމަށް ވިދާޅުވެފައެވެ.

ޖަޕާންއެމެރިކާ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު