Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕާކިސްތާނުގެ މާލީ ނިޒާމް

ޕާކިސްތާނަކީ ބަނގުރޫޓުވެފައިވާ ބައިނަލްއަޤުވާމީ މާލީ ނިޒާމުގެ ޝިކާރައެއް: އދ

11 ޖެނުއަރީ 2023 | ބުދަ 09:53

ޕާކިސްތާނަށް އެ އެހީ ފޯރުކޮށްދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ޖެނުއަރީ 9 ވަނަ ދުވަހު ގޮވާލައްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ޖެނުއަރީ 2023 | ބުދަ 09:53
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވަނީ، އެ ޤައުމު ސަލާމަތް ކުރުމަށްޓަކާ އަތެއް ދިއްކޮށްލާން "ކެރޭ ފަރާތްތަކުގެ އާ އިއްތިޙާދެއް" އެކުލަވާލުމަށް ގޮވާލައްވާފައި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވަނީ، އެ ޤައުމު ސަލާމަތް ކުރުމަށްޓަކާ އަތެއް ދިއްކޮށްލާން "ކެރޭ ފަރާތްތަކުގެ އާ އިއްތިޙާދެއް" އެކުލަވާލުމަށް ގޮވާލައްވާފައި

ނިމިދިޔަ 2022 ވަނަ އަހަރަކީ، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން އެތައް ޒަމާނެއް ވަންދެން ބަޔަކު ދެމުން ދިޔަ އިންޒާރުތައް ޙަޤީޤަތަކަށް ވެގެން ދިޔަ އަހަރެކެވެ. އެފަދަ ބިރުވެރި އަދި ނަމާން ކަމަކާ ކުރިމަތިލާން ޖެހުނު އެއް ޤައުމަކީ އަވަށްޓެރި ޕާކިސްތާންއެވެ. އެއީ މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތަކުލީފުތަކުން ހިންދަމާނުލެވި އުޅެނިކޮށް ރަޝިއާއިން ޔޫކްރައިންއަށް އަރާ ވަރުގަދަ ހަނގުރާމައެއް ފެށުމާ ގުޅިގެން މުޅި ދުނިޔެ ނުތަނަވަސް ކަމެއްގެ ތެރެއަށް ވެއްޓިފައި ވަނިކޮށް، ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ގެއްލުންދެނިވި ހާދިޘާއެވެ.

ފެންބޮޑުވުމުގެ ހާދިޘާގައި ޕާކިސްތާނަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، ޤައުމު އާރާސްތު ކުރުމަށް 16 ބިލިއަން ޑޮލަރު ބޭނުންވާއިރު، ޕާކިސްތާނު ވަނީ އޭގެ އެންމެ އިންތިހާއަށް ބައިނަލްއަޤުވާމީ އެހީ ބޭނުންވެފައި ކަން ފާހަގަ ކުރައްވާ، ޕާކިސްތާނަށް އެ އެހީ ފޯރުކޮށްދިނުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ޖެނުއަރީ 9 ވަނަ ދުވަހު ގޮވާލައްވާފައެވެ. ޕާކިސްތާނަކީ މޫސުމީ ކާރިޘާއާއި ބައިނަލްއަޤުވާމީ މާލީ ނިޒާމު ރޭވިފައި އޮތް ގޮތުން މިވަގުތު ޝިކާރައަކަށް ވެފައިވާ ޤައުމެއް ކަމަށްވެސް ގުޓެރޭޒް ވަނީ ސިފަ ކުރައްވާފައެވެ.

ޕާކިސްތާނުންވެސް ދަނީ ބައިނަލްއަޤުވާމީ އެހީ ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ޖެނީވާގައި މިހާރު ކުރިއަށްދާ ބައްދަލުވުންތަކުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 ޤައުމެއްގެ އޮފިޝަލުންނާއި، ޕްރައިވެޓް ޑޯނަރުންގެ އިތުރުން، ބައިނަލްއަޤުވާމީ އިދާރާތަކުން ދަނީ ބައިވެރިވަމުންނެވެ. މިއީ މޫސުމީ ކާރިޘާތަކާ ގުޅިގެން މާލީ އެހީ ފޯރުކޮށްދޭން ކެރޭ ބަޔަކު ބެލުމުގެ އިމްތިޙާނެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ.

ސެޕްޓެމްބަރު 2022 ގައި ޕާކިސްތާނުގައި ބޮޑުވި ފެންގަނޑު އަދިވެސް މުޅިން ނުހިނދެއެވެ. އެ ހާދިޘާގައި މަރުވި މީހުންގެ ޢަދަދު 1700 އަށްވުރެ މަދެއް ނުވާނެއެވެ. ގެދޮރު ގެއްލުނު މީހުންގެ ޢަދަދު އުޅެނީ 8 މިލިއަނުގައެވެ.

ގުޓެރޭޒް ވަނީ ދަރަނި ޚަލާސް ކުރުމާއި އެނޫންވެސް މާލީ އެހީ ހޯދުމުގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުން ބުނާކުރަނިވި ގޮތްތައް ހޯދުމަށްވެސް ގޮވާލައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފު ވަނީ، އެ ޤައުމު ސަލާމަތް ކުރުމަށްޓަކާ އަތެއް ދިއްކޮށްލާން "ކެރޭ ފަރާތްތަކުގެ އާ އިއްތިޙާދެއް" އެކުލަވާލުމަށް ގޮވާލައްވާފައެވެ. އަދި ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި، އެ ޤައުމަށް 8 ބިލިއަން ޑޮލަރު ބޭނުން ވާ ކަމަށް ޝަހްބާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު، ތަރައްޤީ ވަމުން އަންނަ ނާޒުކު ޤައުމުތަކަށް ކުރިމަތިލާން ޖެހޭ ކާރިޘާތަކަށް އެކަށީގެންވާ ބަދަލު ދިނުމުގެ ބައިނަލްއަގުވާމީ ފެންވަރުގެ ނިޒާމަކަށް ދުނިޔެ ބޭނުން ވެފައި އޮންނަތާ ކިތަންމެ ދުވަހެއް ވެފައި ވާ ކަމަށާ، އަދި މިފަދަ ކާރިޘާތަކަށް މަގުފަހި ކުރުމުގެ ތާރީޚެއް އޮތް، ސިނާއީ ގޮތުން ކުރިއަރާފައި ވާ ޤައުމުތަކުން އެ ކަމުގެ ޒިންމާ އުފުލަން ޖެހިފައި އޮންނަތާވެސް ކިތަންމެ ދުވަހެއް ވެފައި ވާ ކަމަށް ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، މުނީރު އަކްރަމް ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، ފަރަންސޭސި ރައީސް އިމެނުއަލް މެކަޣޯން ވަނީ، ޕާކިސްތާނަށް އެހީގެ ގޮތުގައި 10 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް، ވީޑިއޯ މެސެޖު މެދުވެރި ކުރައްވާ، ވަޢުދުވެވަޑައިގެންފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި އެހީ ހޯދުމަށް ހިންގާ އެކިއެކި ކެމްޕޭންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޤައުމުތަކުން ހަރު އަޑުން ވަޢުދު ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އަމަލީ ސިފައެއްގައި އެހީގެ ގޮތުގައި ލިބެނީ، ނިސްބަތުން މަދު މިންވަރެކެވެ.

220 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގެ ބާޒާރުތަކުގައި މިހާރުވެސް ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ހުރީ ރެކޯޑް މަތީ މިންވަރެއްގައެވެ. 2021 ވަނަ އަހަރުގެ ޖުލައިއާއި އަޅާ ބަލާއިރު 2022 ވަނަ އަހަރުގެ ޖުލައި މަހު، ބާޒާރުގައި މުދާ ވިއްކާ އަގުތައް ވަނީ ޖުމުލަ ގޮތެއްގައި 24.9 ޕަސެންޓް އުފުލިފައެވެ. އިގުތިސޯދު އޮތީ އިންތިހާ ފުން ކާރިސީ އަނދަވަޅެއްގައެވެ. ބޭރު ފައިސާގެ ރިޒާވް ހީނަރުވަމުން ދަނީ ކަންބޮޑުވާހާ ހަލުވި މިނެއްގައެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ޕާކިސްތާނު ފައިސާ ނުވަތަ ރުޕީޒް އަގު ވެއްޓެމުން ދަނީ އިންތިހާ ހަލުވި މިނެއްގައެވެ.

އެފަދަ ފައްތަރެއްގައި ވަނިކޮށް ކުރިމަތިލާން ޖެހުނު މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ލިބުނު އުމްރާނީ ގެއްލުންތަކުގެ އަގު، އެތައް ބިލިއަން ޑޮލަރަކަށް އަރައެވެ. ފުރިހަމަ ގެއްލުމެއްގެ އަގު ވަޒަން ކުރަންވެސް ދައްޗެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށް ވާ ކާބަންޑައިއޮކްސައިޑް ބޭރު ކުރާ މިންވަރު އިތުރުވުން ކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދެމުން ދާތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރުމުގެ ބޮޑު ހިއްސާއެއް އޮންނަނީ ކުރިއަރާފައި ވާ ޤައުމުތަކުގައި ކަމަށް ވީ ނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުން އެފުށް މިފުށަށް ޖެހި، އުމުރު ދުވަހުގެ މަސައްކަތް ފެނަށް ޣަރަޤުވެދާ މަންޒަރު ބަލަން މަޖުބޫރުވެފައި ވާ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ މާލީ ތަނަވަސްކަމުގެ ގޮތުން މާ މުއްސަނދި ނޫން ގައުމުތަކުގައެވެ.

ޕާކިސްތާންދުނިޔެ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
21 ނޮވެމްބަރު 2025

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ
11 ނޮވެމްބަރު 2025

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 ސެޕްޓެމްބަރު 2025

ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި

12 ސެޕްޓެމްބަރު 2025
ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ޕާކިސްތާނުން އިސްރާއީލަށް ކުރުދޮށިން ދީފި
18 ޖުލައި 2025

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު

18 ޖުލައި 2025
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެއް ދުވަސް ތެރޭ 63 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް