Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރާންސް ޤައުމީ ޓީމު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

އޭނާ ބުނީ މެޗުގެ ފުރަތަމަ 11 ގައި ތިބި ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިޔަކީ ވަކި ސަބަބަކާ ހުރެ ކުޅެން އަރުވަން ޖެހުނު ކުޅުންތެރިން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 02:16
ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ޑެޝޯމްޕްސް

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ޑެޝޯމްޕްސް

މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގެ ފައިނަލްގައި ފްރާންސް ޓީމުގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ތަށި ދިފާއު ކުރުމަށް ކުޅުނު ފައިނަލް މެޗުގައި ފްރާންސް ބަލިވީ އާޖެންޓީނާ އަތުން ޕެނަލްޓީގައި އެވެ. މިއީ ފައިނަލަށް ފަހު ޑެޝޯމްޕްސް މިފަދަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރެވެ. ފްރާންސް އިން ވަނީ އެ ޓީމުގެ ކޯޗުކަމުގެ މަޤާމުގައި ޑެޝޯމްޕްސް ބެހެއްޓުމަށް ވެސް ނިންމައިފަ އެވެ. އެއްބަސްވުން އައުކުރުމާއެކު ޑެޝޯމްޕްސް ދެއްކި މި ވާހަކަ އިން ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފަ އެވެ. ޑެޝޯމްޕްސް ބުނީ ފައިނަލްގައި ފްރާންސް ފެނުނީ އެއްވެސް ޓާސްކެއް ނެތް ގޮތަށް ކަމަށެވެ. އެގޮތުން އެއް ކުޅުންތެރިޔެއްގެ މައްސަލަ އޭނާ ދައްކަން ބޭނުންނުވާ ކަމަށާއި ނަމަވެސް މެޗުގެ ފުރަތަމަ 11 ގައި ތިބި ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިޔަކީ ވަކި ސަބަބަކާ ހުރެ ކުޅެން އަރުވަން ޖެހުނު ކުޅުންތެރިން ކަމަށެވެ. އަދި އެ ކުޅުންތެރިންނަކީ ފައިނަލް މެޗު ކަހަލަ މެޗެއްގައި ކުޅޭ ފެންވަރުގެ ކުޅުންތެރިން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ޑެޝޯމްޕްސް މިފަދައިން ބުނި ނަމަވެސް، އޭނާ އެއްވެސް ކުޅުންތެރިޔެއްގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ޑެޝޯމްޕްސް ބުނީ އޭނާ ކޮންމެހެން މާ ވަރުގަދަ ބަސްތަކެއް ބުނަން ބޭނުންނުވާ ކަމަށާއި، ނަމަވެސް ފައިނަލް މެޗުގައި ފްރާންސް ކުޅުނީ ރަނގަޅު ކުޅުމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ހެއްކަކީ މެޗުގެ 70 މިނެޓާ ހަމައަށް އާޖެންޓީނާ އިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުން ކަމަށެވެ. ޑެޝޯމްޕްސް ބުނީ ފްރާންސް ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރި ކަމަށާއި، އެއީ ކުރަން ވެސް ޖެހުނު ކަމެއް ކަމަށެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލުން ފްރާންސް ބަލިވުމުން ޑެޝޯމްޕްސް ބުނީ މުސްތަޤުބަލާ މެދު ގޮތެއް ނިންމާނީ ފްރާންސް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. ފްރާންސް އިން މިހާރު ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ޑެޝޯމްޕްސްގެ އެއްބަސްވުން އައުކޮށްފަ އެވެ.

ފްރާންސްްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުޑިޑިއޭ ޑެޝޯމްޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު