Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނީލަން ފިހާރާގައި ހިނގި އަލިފާނުގެ ހާދިސާ

ލޭބަރ ކުއާޓާގައި ދިރިއުޅުނު އެންމެން ހަމަ، އެންމެންގެ ހާލުވެސް ރަނގަޅު

9 ޖެނުއަރީ 2023 | ހޯމަ 07:49

ބަނގްލަދޭޝްގެ 165 މީހުންނާއި އިންޑިއާގެ ރައްޔިތެއް އެތަނުގައި ދިރިއުޅޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖެނުއަރީ 2023 | ހޯމަ 07:49
ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހުރި އެކޮމެޑޭޝަން ބްލޮކުގައި ދިރިއުޅޭ މީހުން

ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހުރި އެކޮމެޑޭޝަން ބްލޮކުގައި ދިރިއުޅޭ މީހުން

ނީލަން ފިހާރައާއި ޖެހިގެން ހުންނަ ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔަ އެންމެންވެސް ހަމަކަމަށާއި އެއެންމެންގެ ހާލުވެސް ރަނގަޅުކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ނީލަން ފިހާރައާއި ޖެހިގެން ހުންނަ ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔައީ ރާއްޖެއިން ބޭރުގެ މީހުންނެވެ. އޭގެ ތެރޭގައި ބަނގްލަދޭޝްގެ 165 މީހުންނާއި އިންޑިއާގެ ރައްޔިތެއް އެތަނުގައި ދިރިއުޅެއެވެ. އަދި މިހުރިހާ މީހުންނަކީ މާލެ ސީޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންއަންނަ މީހުންނެވެ. މިމީހުންގެ އެންމެން ހަމަކަމަށާއި އަދި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާކަމަށެވެ.

Advertisement - newsAdvertisement

ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔަ ރާއްޖެއިން ބޭރު މީހުންގެ ބޯހިޔާވަހިކަމުގެ ކަންކަން ހަމަޖައްސައިދިނުމުގައި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެއިތުރުން އެމްއެންޑީއެފުން ބުނީ މިހާދިސާ އާއި ގުޅިގެން ނީލަން ފިހާރައިގެ އުތުރުގައި މީހުން ދިރިއުޅުނު ލޭބަރ ކުއާޓަރގައި ރޯވި އަލިފާން ކޮންޓްރޯލްވުމުން، ފަޔަރމަނުން އެތަނަށްވަދެ ބެލި ބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައިނުވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ހޯމަ ދުވަހުގެ ފަތިހު 05:43 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައެވެ. މީގެ އިތުރުން އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބަރކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

މިހާދިސާގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި އިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން ހެނދުނު 07:35 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 ހާއިރުއެވެ.

ހާދިސާ ހިނގި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަޑައިގެންނެވިއެވެ. އެ ސަރަޙައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނައިބްރައީސް ވިދާޅުވީ، އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ މީހުން ދިރިއުޅޭ ސަރަޙައްދުން މިފަދަ ޙާދިސާއެއް ހިނގުމަށް މެދުވެރިވެދާނެ ފަދަ ތަންތަން ވީހާވެސް ދުރުކުރުންކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

އަދި މި ޙާދިސާއާ ގުޅިގެންވެސް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

ނީލަން ފިހާރަ ސަރަޙައްދުގައި މީގެ ކުރިންވެސް އަލިފާނުގެ ޙާދިސާތައް ހިނގާފައިވާއިރު، މިފަހަރުވެސް އެތަނުގައި އަލިފާން ހިފާ ޒާތުގެ އެކި ކަހަލަ ސާމާނުތައް ހުރިކަމަށް ސިފައިން މައުލޫމާތު ދެއެވެ.

ކެމިކަލް ގުދަނުގެ އަލިފާނުގެ ޙާދިސާއާ ގުޅިގެން ޤަވާއިދުތައް އެކުލަވާލައި، ގުދަންތައް އާންމުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތަށް، ނީލަން ފިހާރަ ސަރަޙައްދުގެ ކަންކަންވެސް ރެގިއުލޭޓު ކުރެވެން ޖެހޭކަމަށް އެ ސަރަަޙައްދުގައި ހުންނަވައި ރާއްޖެޓީވީއާ ވާހަކަދައްކަވަމުން ޑިފެންްސް މިނިސްޓަރު މަރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ.

ނީލަން ފިހާރައިގައި މީގެ ކުރިންވެސް މިފަދަ އަލިފާނުގެ ޙާދިސާތައް ހިނގާފައިވާއިރު، މިއީ އަވަހަށް ޙައްލު އަންނަންޖެހޭ ކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެމްއެންޑީއެފްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް