Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ސަމްޑޯރިއާ ބަލިކޮށް ނަޕޯލީން އެއް ވަނައިގައި ލީޑު ފުޅާކޮށްފި

އާދިއްތަ ދުވަހުގެ ރޭ ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކުރީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2023 | ހޯމަ 05:58
އިޓާލިއަން ލީގުގައި ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ނަޕޯލީން ކުޅުނު މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ސަމްޑޯރިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ނަޕޯލީން އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކުރީ 2-0 އިންނެވެ. މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ނަޕޯލީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ ސަމްޑޯރިއާގެ އޭރިޔާ ތެރެއިން އެ ޓީމުގެ ނިކޮލާ މުރޫ ނަޕޯލީގެ އަންދްރޭ ޒަންބޯ އަންގިސާ އަށް ކުރި ފައުލަކަށް ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. ނަޕޯލީގެ ޕެނަލްޓީ މަޓެއޯ ޕޮލިޓާނޯ ފޮނުވާލި ނަމަވެސް، ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑި އަށެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ ވިކްޓާ އޮސީމެން އެވެ. ސަމްޑޯރިއާގެ އޭރިޔާ ބޭރުން މާރިއޯ ރުއީ ހުރަސްކޮށްދިން ބޯޅައެއް އޭރިޔާ ތެރޭގައި ޑިފެންޑަރެއް ކައިރީ ހުރެ އޮސީމެން ވަނީ ފައިން ޖަހައި ގޯލަށް ވައްދާލާފަ އެވެ. ނަޕޯލީގެ ފަހު ލަނޑަކީ ޕެނަލްޓީއެއްގައި އެލްޖިފް އެލްމާސް ޖެހި ލަނޑެކެވެ. އެއީ ސަމްޑޯރިއާ ކުޅުންތެރިޔެއްގެ އަތުގައި އޭރިޔާ ތެރެއިން ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ނަޕޯލީން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ ކުޅުނު 17 މެޗުން 44 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި މިހާތަނަށް ނަޕޯލީ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ނަޕޯލީގެ ފަހަތުން ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބެނީ 37 ޕޮއިންޓެވެ.

އިޓާލިއަން ލީގުނަޕޯލީސަމްޑޯރިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު