Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރްއެމް ޖޫރިމަނާ ކުރުން

އެމްއާރްއެމް ޖޫރިމަނާކުރީ ގަވާއިދާ ޚިލާފަކަށް ނޫން: އީސީގެ ރައީސް

7 ޖެނުއަރީ 2023 | ހޮނިހިރު 08:00

އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެތޯ އެ ޕާޓީން ސުވާލުކުރުމުން، އަހަރު ނިމެން ކުޑަ ދުވަސްކޮޅެއް އޮތަސް އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށް ބުނިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖެނުއަރީ 2023 | ހޮނިހިރު 08:00
އެމްއެމްއާރްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްއެމްއާރްއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ, އިލެކްޝަންސް ކޮމިޝަނުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ޖޫރިމަނާކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އެޕާޓީން ބުނެފައިވާއިރު، އެ ޕާޓީ ޖޫރިމަނާކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ނޫންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ، އެމްއާރްއެމް އުފެދުނީ 2019 އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ކަމަށެވެ. އަދި އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެތޯ އެ ޕާޓީން ސުވާލުކުރުމުން، އަހަރު ނިމެން ކުޑަ ދުވަސްކޮޅެއް އޮތަސް އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްއާރްއެމްއިން 2020 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ރިޕޯޓް ގޮތުގައި ހުށަހަޅާފައިވަނީ، 2020 ވަނަ އަހަރުގެ ރިޕޯޓް ކަމަށް ބުނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އަދި އެގޮތަށް ރިޕޯޓް ހުށަހެޅިޔަސް، އެއީ ގާނޫނުގައި ކަނޑައެޅިފައި އޮންނަ ގޮތަށް ރިޕޯޓް ހުށަހެޅުން ނޫން ކަމަށް ފުއާދު ފާހަގަކުރެއްވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، ޕާޓީތައް ޖޫރިމަނާކުރުމަކީ އެއްވެސް ގޮތަކަށް ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ. ބޭނުންފުޅުވަނީ ހުރިހާ ޕާޓީތައްވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލުކުރަން ކަމަށް ވިދާޅުވިއެވެ.

އެމްއާރްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 20،000 ރުފިޔާއިން އެޕާޓީ ޖޫރިމަނާކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ދެކޭތީ، އިލެކްޝަންސް ކޮމިޝަންގެ ނިންމުން މުރާޖައާކުރުމަށް އެދޭކަމަށެވެ.

އެމްއާރްއެމްއިން ބުނިގޮތުގައި، އެޕާޓީ ރަޖިސްޓްރީކޮށްފައިވަނީ ނޮވެމްބަރު 20، 2019ގައި ކަމަށްވާތީ، އެ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާ އެއްކޮށް ހުށަހެޅުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަންގައި އޭރު އެދިފައި އޮންނާނެކަމަށެވެ. އެހެން އެދިފައި ވަނިކޮށް ކޮވިޑުގެ ހާލަތު އައިސް، އާންމު ނުރައްކަލުގެ ކުއްލި ހާލަތުގެ ގާނޫނު ގެޒެޓް ކުރުމުން، އެގާނޫނުގެ ދަށުން، ވަކި މުއްދަތެއްގެ ތެރޭގައި ކުރުން ލާޒިމު ކަންކަން ކޮމިޝަނުން ފަސްކޮށްދިން ކަމަށެވެ.

އެހެންކަމުން އަލުން މުއްދަތު ގުނަންފަށާނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީޚުން ފެށިގެންކަން ކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެމްއާރްއެމްއިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއެކު (ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާރިޗު 13، 2022ގައި ނިމުމަކަށް ގެނައުމުގެ ކުރިން) މާރިޗު 31، 2021ގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި ވާނެކަމުގައިވެސް އެމްއާރްއެމްއިން ބުންޏެވެ.

މީގެއިތުރުން، 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުވެސް، ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައި ވާނެކަމަށްވެސް އެމްއާރްއެމްއިން ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓްތައް ފޮނުވާފައި ވަނިކޮށް، އެ ޕާޓީން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ ކަމަށް ބުނެ ޖޫރިމަނާކުރިކަމަށް އަންގައި، މިދިޔަ މަހުގެ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ސިޓީއެއް ފޮނުވާފައިވާކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ޓުވިޓަރގައި މިމައުލޫމާތު ހާމަކުރައްވާފައިވަނީ، ކަންކަން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވައި ކަމަށްވެސް އެމްއާރްއެމްއިން ބުނެއެވެ.

މާލީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާކުރިއެެވެ. އެއީ އަދާލަތު ޕާޓީއާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އާއި ޕީއެންސީއާއި އެމްއެސްއެލްޑީޕީގެ އިތުރުން މޯލްޑިވްސް ތަރޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ)އެވެ. އެއިން ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާއިންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް