Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން

ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަނަށް ރާއްޖެ ހެދުމަކީ މި ސަރުކާރުގެ އަމާޒު: މިނިސްޓަރ

ދަތުރުފަތުރުގެ ނިޒާމު ފުރިހަމަ ކުރުމަށްވެސް އިސްކަންދޭން ޖެހޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖެނުއަރީ 2023 | ހޮނިހިރު 06:13
ޓޫރިޒަމް މިނިސްޓަރ މައުސޫމް

ޓޫރިޒަމް މިނިސްޓަރ މައުސޫމް

ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި މުޅި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަނަށް ރާއްޖެ ހެދުމަކީ މި ސަރުކާރުގެ އަމާޒުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ވާދަވެރިކަމަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖެއިން ފޯކަސްކުރާ މާކެޓުތަކަކީވެސް ވާދަވެރިކަން ބޮޑު މާކެޓުތަކެއް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއިންވެސް ޒަމާނީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްލައިން ހިފަހައްޓަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، މާކެޓު ހިފެހެއްޓުމުގައި އަގުތައް މުހިއްމު ރޯލެއް އަދާކުރާކަމަށެވެ.

ވަކިން ޚާއްސަކޮށް ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް ވިސްނާއިރު، ފެނާއި ކަރަންޓު އަދި ނަރުދަމާގެ ކަންކަން ފުރިހަމަވެފައި ހުންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ސިއްހީ ނިޒާމާއި، ދަތުރުފަތުރުގެ ނިޒާމު ފުރިހަމަ ކުރުމަކީވެސް އިސްކަންދޭން ޖެހޭނެ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރުމަށް އަބަދުވެސް އިސްކަންދޭންޖެހޭ ކަމަށެވެ.

ރާއްޖޭގެ އަމާޒަކީ 2023 ވަނަ އަހަރާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެމެހެއްޓެނިވި ފަތުރުވެރިކަމުގައި މުޅި ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަނަށް ވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށްޓަކައި ތިމާވެށި ހިމާޔަތްކުރުން މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، 2030ގައި ރާއްޖެއިން ނެޓް ޒީރޯއަށް އަމާޒު ހިފާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުންވެސް އެކަމާގުޅޭ ގިނަ ކަންތައްތަކެއް ހިއްސާވާކަމަށެވެ. އަދި ވުޒާރާތަކާއެކު މިހާރުވެސް އެކަންކަމާގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ލިބިދިނުމަކީވެސް ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގައި އޮންނަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ހިނގަމުންދާ ސަރުކާރުގައި އެ ބަދަލުތައްވެސް އެބަ ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި އަމާޒުތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ދައުލަތަށް އާމްދަނީ އިތުރުކޮށް، ބަޖެޓު އަދިވެސް ބޮޑު ކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2017

ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު

17 އޮކްޓޯބަރު 2017
ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް
03 ޖުލައި 2017

ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު

03 ޖުލައި 2017
ލީޑަރުން އެއްބަސްވީ ދެމެހެއްޓެނިވި ހަމަޖެހުން ހޯދަން: ރައީސް ނަޝީދު
26 ޖޫން 2017

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް

26 ޖޫން 2017
ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް
23 މެއި 2017

ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ

23 މެއި 2017
ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު