Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

އެމެރިކާގެ ބްރެޑްލީ ޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވާނެކަމަށް ބައިޑަން ވިދާޅުވެއްޖެ

5 ޖެނުއަރީ 2023 | ބުރާސްފަތި 05:28

ޔޫކްރެއިނަށް ފޯރުކޮށްދޭނީ ސީދާ ކިތައް ބްރެޑްލީ ޓޭންކަރު ކަމެއް ހާމައެއް ނުކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ޖެނުއަރީ 2023 | ބުރާސްފަތި 05:28
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

ހަނގުރާމާގައި ޔޫކްރެއިނަށް އެހީވުމަށް އެމެރިކާގެ ބްރެޑްލީ ޓޭންކަރުތައް އެގައުމަށް ފޮނުވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާ އަސްކަރިއްޔާގެ ބްރެޑްލީ ޓޭންކަރުތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅުންވަންތޯ ސުވާލުކުރެއްވުމުން، ބައިޑަން ވަނީ އެވިސްނުން ގެންގުޅުއްވާކަމަށް ބުދަ ދުވަހު ވިދާޅުވެފައެވެ.

ބްރެޑްލީ ޓޭންކަރު ތަކަކީ 1980ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ގެންގުޅެމުންދާ ޓޭންކަރު ތަކެކެވެ. މިޓޭންކަރުތަކުގައި ހުންނަ ވަރުގަދަ ބަޑި މީޑިއާތަކުން ފާހަގަކުރެއެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ޔޫކްރެއިނަށް ދޭން މިފަދަ އެތައް ހާސް ޓޭންކަރު އެބަހުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ބްރެޑްލީ ޓޭންކަރު ފޯރުކޮށްދޭނެ ކަމަށް ބައިޑަން ވިދާޅުވި ނަމަވެސް، ޔޫކްރެއިނުން އެންމެ ފުރަތަމަ އެމެރިކާގައި އެދުނީ އަބްރަމްސް ޓޭންކަރު އެގައުމަށް ފޯރުކޮށްދިނުމަށެވެ.

ޔޫކްރެއިނަށް ފޯރުކޮށްދޭނީ ސީދާ ކިތައް ބްރެޑްލީ ޓޭންކަރު ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެމެރިކާއިން ދަނީ ޔޫކްރެއިނަށް އިތުރު ހަތިޔާރުގެ އެހީ ޕެކޭޖެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި އެ އެހީ ޕެކޭޖް ވަރަށް އަވަހަށް އިއުލާންކުރެވިގެންދާނެ ކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބައިޑަން ވަނީ ޔޫކްރެއިނަށް 1.85 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީދޭން ނިންމަަވައި އެކަން އިއުލާނުކުރައްވާފައެވެ.

މި އެހީގެތެރޭގައި ރަޝިއާގެ މިސައިލް ހަމަލާތަކުން ދިފާއުވުމަށް ޔޫކްރެއިނަށް ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމްވެސް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ. ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމަކީ އެމެރިކާގެ އެއަރ ޑިފެންސް ސިސްޓަމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސިސްޓަމެވެ. އެންމެ ފަހުގެ މި ސިސްޓަމަކީ ކްރޫޒް މިސައިލާ ބެލިސްޓިކް މިސައިލްގެ ހަމަލާތަކުން ދިފާއުވުމަށް ބޭނުންކުރެވޭނެ އެއަރ ޑިފެންސް ސިސްޓަމެކެވެ.

މި އެހީދޭން ބައިޑަން އިއުލާންކުރެއްވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އެމެރިކާގެ މިނިންމުމާ ގުޅިގެން ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، އެމެރިކާއިން ޔޫކްރެއިނަށް ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭން ނިންމުމަކީ އެގައުމުގެ ވައިގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ މިވަގުތު ރަޝިއާއިން އެގައުމަށް ދެމުންދާ ހަމަލާތަކުން ދިފާއުވެވެން އޮތް ހަމައެކަނި ގޮތް ކަމަށްވެސް ޒެލެންސްކީ ވަނީ ސިފަކުރައްވާފައެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން މިވަނީ މިހާތަނަށް 21.3 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. އެގޮތުން އެމެރިކާއިން ވަނީ ޔޫކްރެއިނަށް ސްޓިންގަރ އެންޓި-އެއަރކްރާފްޓް މިސައިލާ، ޖަވެލުން އެންޓި-ޓޭންކް މިސައިލް އަދި ހައި މޮބިލިޓީ އަރޓިލެރީ ރޮކެޓް ސިސްޓަމްގެ އިތުރުން ސަރފޭސް-ޓު-އެއަރ މިސައިލް ސިސްޓަމްތައްވެސް ފޮނުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް