Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ރިޔާސީ ޕްރައިމަރީ

އެމްޑީޕީ އިން ބޭނުންވާ ތާހިރު ދިރިއުޅުން ހޯދައިދެވޭނެ ބޭފުޅަކީ ރައީސް ޞާލިހު - ރޮޒައިނާ

5 ޖެނުއަރީ 2023 | ބުރާސްފަތި 02:11

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްްޤީގެ ކަންކަން ކޮށްދެއްވުމަށް ރައީސް ދެއްވާ އިސްކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޖެނުއަރީ 2023 | ބުރާސްފަތި 02:11
ރޮޒައިނާ އާދަމް

ރޮޒައިނާ އާދަމް

އެމްޑީޕީ އިން ބޭނުންވާ ތާހިރު ދިރިއުޅުން ހޯދާދެވޭނެ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ ރޭ، ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލީހު އަށް ތާއީދުކުރާ ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރޮޒައިނާ ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން "ފިކުރެއްގެ ދިރުމުގެ" ނަމުގައި އުޅުއްވަނީ ކޯޗެއް ދިރުވަންތޯ ސުވާލު އުފެދޭ ކަމަށް ރޮޒެެއިނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އަސާސީ ޚިދުމަތްތަައް ހަމަހަމަކަމާއެކު ދޭން ވައުދުވާ ޕާޓީއެއް ކަަމަށާއި އެމްޑީޕީގެ ސިޔާސަތަކީ ވެސް އެއީ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެ ފިކުރު ނުދިރުވާ ނަމަ ދެން ދިރުވަން އުޅެނީ ކޮން ފިކުރެއްތޯ ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަދައްކަވަމުން، އޭނާ ވިދާޅުވީ އެމްޑީޕީގެ ޚާއްސަކަމަކީ އެމްޑީޕީ އަކީ ގައުމު ކުރިއަރުވަން ރަނގަޅު ނިޔަތުގައި ޕާޓީ އަށް ވަންނަ ކޮންމެ މީހަކަށް މަރުޚަބާ ކިޔާ ޕާޓީއަކަށް ވުން ކަމަށެވެ. އެގޮތުން އެމްޑީޕީ އަކީ ތައްމިނަށް ހުޅުވިފައި ހުރި ޕާޓީއެއް ކަމަށާއި އެ ޕާޓީ ކުރިއަށް ގެންދެވޭނީ ގުޅިގެން މަސައްކަތްކުރުމުގެ ވިސްނުން ހުރި ބޭފުޅަކަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް ވާއިރު ގައުމުގެ ކުރިމަގު ބިނާކުރަން ވެރިކަމުގައި އެމްޑީޕީ އޮތުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވަނީ ރައީސް ސާލިހުގެ ސިޔާސަތުތަކަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްްޤީގެ ކަންކަން ކޮށްދެއްވުމަށް ރައީސް ދެއްވާ އިސްކަން ރޮޒެއިނާ ފާހަގަކުރެެއްވިއެވެ. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް