Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ ފިކުރާއި ދިރުމަކީ މީހެއްގެ ވަށާލާ އެނބުރޭ އެއްޗެއް ނޫން: މާރިޔާ

5 ޖެނުއަރީ 2023 | ބުރާސްފަތި 02:05

ޕާޓީގެ އެތެރޭގެ ކޯޅުމުގެ ނަތީޖާ އަކީ ވެރިކަން ގެއްލުންކަމަށް ވެދާނެ ކަމަށް މާރިޔާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޖެނުއަރީ 2023 | ބުރާސްފަތި 02:05
މިނިސްޓަރު މާރިޔާ

މިނިސްޓަރު މާރިޔާ

އެމްޑީޕީގެ ފިކުރަކީ މީހެއްގެ ވަށާލާ އެނބުރޭ ފިކުރެއް ނޫން ކަމަށާއި އަދި އެ ޕާޓީގެ ދިރުމަކީ މީހެއް ވަށާލާ އެނބުރޭ ދިރުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ސްޕޯކްސްޕަރސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"އެމްޑީޕީ ކުރިއަށް" ނަމުގައި ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ހޮވަން ނުކުމެ ތިބީ ހުއްޓި ތިބެވެން ނެތުމުން ކަމަށާއި އެ މަސައްކަތަށް ނުކުމެ ތިބީ އެމްޑީޕީ ކުރިއަށް ގެންދިއުމަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އެމްޑީޕީގެ ބައެއް މީހުން ދެކޭ ގޮތުގައި ރާއްޖެ އަށް މިހާރު ޑިމޮކްރެސީ އައިސްފައިވާ ކަމަށާއި އެހެންކަމުން އެތެރޭގެ ކޯޅުންތައް ފަށަންވީ ކަމަށް ހިތަށް އަރާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ފަދަ ފަރާތްތަކުން ތިމަންނަމެން ނޫން އެހެން ބަޔަކު ޕާޓީގައި ހުރެގެން ނުވާނެ ކަމަށް ދެކޭ ކަމަށެވެ. ހަމައެހެންމެ ވެރިކަން ކުރަންޖެހޭނީ ވެސް ވަކި ބަޔެއް ކަމަށާއި އެފަދަ ފަރާތްތަކުގެ އަޑަކީ އެންމެންގެ ދިރުން ކަމަށް ހީވެފައިވާ ކަމަށް މާރިޔާ ތުހުމަތުކުރެއްވިއެވެ.

އެހެނަމަވެސް އެ ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ވިސްނާލުން މުހިންމު ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ އިން ނުކުތީ ވާހަކަދެއްކުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދަން ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. މިހާރު ޑިމޮކްރަސީ އައިސްފައިވާ ކަމަށް ދެކި އެތެރޭގެ އިންތިޚާބުގައި ކަންކަން ކުރާ ގޮތަށް ކުރާނަމަ، އެމްޑީޕީ އަށް ވެރިކަން ވެސް ގެއްލިގެން ހިނގައިދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ އެންމެންވެސް އެމްޑީޕީ ވެރިކަމުގައި އޮންނާނެ ގޮތެއް ވިސްނަން ޖެހޭ ކަމަށާއި 2018 ގައި އެމްޑީޕީ އިން ވެރިކަން ހޯދަން ނުކުތީ ބިރުވެރިކަމާއި އެކުގައި ކަމަށް އަދި އެ ދުވަހު ފެނުނީ ރައީސް ޞާލިހުގެ ކެތްތެރިކަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ ރައީސް ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. ރައީސް ޞާލިހު މަސައްކަތްކުރައްވަނީ މާލެ ސަރަހައްދާއި އަތޮޅުތެރެ އެކުގައި ތަރައްޤީކުރައްވަން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ރައީސް ކުރައްވަނީ ވިސްނުންތެރިކަމާއި އެކުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް